މާލެ އަތޮޅު ރަސްފަރި ކައިރިން ކަނދުފައްޗެއް އޮޔާދާތީ ސަމާލުވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެއެވެ.

މިކަން ހާމަކުރައްވައި އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ އަތޮޅު ރަސްފަރީގެ ހުޅަނގު ދެކުނުން އޮއިވާލި ކަނދުފަތްޗެއް އޮޔާދާކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ލިބިފައިވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:40 ހާއިރުކަމަށާއި، އެކަން ރިޕޯޓުކޮށްފައިވަނީ އެ ސަރަޙައްދުން ދަތުރުކުރި ލޯންޗަކަށް ފެނިގެން ކަމަށެވެ.

މި ކަނދުފަތި އޮޔާ ދާތީ މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމާއި، އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަސް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.