މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީލަންކާގެ ތިން ބޯޓުގައި ގިނައިން ހުރީ މިިޔަރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ ޤާނޫނާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ ތިން މަސް ބޯޓް، މާލެ ގެނަައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބުދަ ދުވަހުއެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވުނު ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް އެބޯޓުތަކުގައި ދެން ހުރީ ކޮން ބާވަތްތަކެއްގެ މަސްކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިޔަރު

    މިޔަރާ ހެދި މަހެއްބޭނޭ ވަރެއްނޫން ހަރާން އެއްޗެއްނޫން ތިމިޔަރާހެދި މިހާރުވަނީ މުސީބާތަކަށްވެފަ ބާނާހުސްކުރަންވީ ބަރާބަރު 3ބޯޓުފުރެންދެން މިޔަރުބޭނުމަކީ ދިވެހި މަސްބެރިން އުފާކުރާނެ ކަމެެއް މަސްވެރިން ވަނީ މިޔަރުގެ އަނިޔާވެރިކަމުގަ ސަލާމަތްނުވާ ހިސާބުގަ ރާއްޖޭގަ އިންސާނަކަށް ނުލިބޭވަރަަށް ހިމާޔަށްދީފަ އިންސާނަކު މަރާގެން މިފަހުގެ ތާރީހަކުނެއް ސާބިތުވެފަ ނެއް މިޔަރެއް ހިފާފިތަ އެމީހަކު ބުރިން ހަންދަމާނެ ޖޫރިމަނާކޮށް އެމީހަ ގަންހިންގާވަރު ކުރާނެ ހުރީ މަސްވެރިންވީ މިޔަރު ބާނާ އެވިޔަފަރިކުރަން ކޮންފަދަ ކަމެެއތަ މީ މިޔަރާހެދި ބަލާޔަކަށް ވެއްޖެ

    13
    1
  2. ށަވީން

    ކޮބާތޯ ރާޑަރުތައް، ސަރަހައްދަށް ވަނުމުގެ ކުރިން އިންޒާރު ނުދެވޭތޯ؟

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    މުޅިންވެސް ވަގަށް މަސްވެރިކަން ކުރަނީ އިންޑިއާގެ ބޯޓުތައް. އެކަމު މި އަތުޖެހެނީ ލަންކާ ބޯޓުތައް. ޙައިރާން ވެއްޖެ!

  4. ލަންކަ

    3 ބޯޓަށް ޝުކުރު އަދާކުރަން މިޔަރާހެދި މިރާއްޖޭގެ މަސްވެރިންނަށް ވަނީ ބޮޑު ތަކުލީފަކަށްވެފަ .

  5. ސާމު

    އިންޑިޔާ މަސްބޯޓެއް ނަމަ ތެލާއި ކާނާ އަރުވާފައި އަވަހަށް ދޫކޮށްލަނީ. އެހެން ގައުމެއްގެ ބޯޓެއްނަމަ ހިފަހައްޓަނީ