ގަވައިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ގެެންދިޔަ މަސްބޯޓެއް މާލެ އަތޮޅު ކައިރިން އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާލެ އަތޮޅު ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" މި ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދުގެ 17:25 ހާއިރު ވަނީ ގެނެސްފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަތުލައިގަތް މަސްބޯޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ ބޯޓު ފަހަރުތައް ޖޫރިމަނާ ކުރުމަށްފަހު، ޖޫރިމަނާގެ ފައިސާ ދެއްކުމުން ބޯޓު ދޫކޮށްލައެވެ. އޭގެ ކުރިން ބޯޓުގެ ފަޅުވެރިން ރާއްޖެ ދޫކޮށްދާން ވެސް ފުރުސަތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ތިބޯޓު މނޑފ ތެރެއަށް ނުވަންނަނީސް ކޯސްޓްގާޑަށް ފެނުނުކަން ރަގަޅު...ރާއްޖޭގެ ސަލާ މަތާ ރައްކާތެރިކަން ނުބަލާވަރު ތީގެންއެގުނީ. ސިފައިންނާ ފުލުހުން ފިނދަނައެއް ހި މާޔަތްކުރުން ނޫކަ މެނުކުރޭ.

    27
    1
  2. އުގުރި

    ތިޔަ ވީއާވާނީ އަހަރުމެންގެ މި ގައުމު ކުޑައަގެއް ދީފަ ގަނެލި އިންޑިޔާގެ މަސް ބޯޓަކަށް..

    16
  3. ވިކިލީކްސް

    ކޮބާހެ އޭރު ބުނި އިންޑިއާ ރާޑަރު؟
    ސަރުކާރު މުޅިން މިއޮތީ އޮރިޔާން ވެފަ.

    19
  4. ޖާނޭ

    ޔަޤީނުންވެސް އެގޭ ގޮތުގައި ތިޔައީ އިންޑިއާގެ މަސް ބޯޓެކެވެ. ޢެހެންވެގެން ކޮންޤައުމެއް ކަން ހާމަ ނުކުރީ. އޭރުން ޝަރީޢަތް ކުރުމަކާިނުލާ ޑީލްއެއްގެ ދަށުންސިއްރުން ފޮނުވާލަން ވެގެން. ރަގަޅަށް ވިއްޔާ ތިޔަ ބޯޓް އަތުލާފައިވާނީ ދިވެހި މަސްވެރިން.

    20
    1
  5. ވިލާ

    ތިޔަ ވާނީ މި ބުރިޖު އަޅާމިހުްންގެ އެއޗަކަށް

    10
  6. Anonymous

    ބޯޓު މާލެތެރޭގެ ނޫޅެނިސް އަތުލައިގަނެވުނީ ހުށިޔާރުކަމުން

  7. ފަތިހި

    ތިވާނީ ހަމަ އިންޑިއާ ބޯޓަކަށް. އެހެންވެ ނަން އެ ނުބުނީ...ހާދަ ބިރެކޭ ގަންނަނީ ..އެވެތިހަމަ މަސްކޮޅު ހިފައިގެން ދިޔަސް