ޖޫން 11 އިން 14 އަށް ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، މާލޭގެ ޖެޓީ ނަންބަރު 3, 2, 1 (ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް) ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ޖޫން 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނެގުމަށް ދަންނަވާ ކަމަށެވެ. އަދި ފަޅަށް ވަދެ ނުކުމެ ހެދުމުގައި، މެރިން ޕޮލިހާއި ކޯސްޓުގާޑުގެ އިރުޝާދާ އެއްގޮތަށް އުޅަނދުތަކުގެ ކެޕްޓަނުން އަމަލު ކުރެއްވުމަށް ވެސް ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތިކަންދޯ

    މިހާރުބޭރުންއަންނަމީހުނަށްބްރިޖްނުދައްކަންވެގެންފަޅުންފަޅަށްތިގޭރިއާކުރަނީ

    10
    3
  2. އިސްތިއުފާއޭ

    ސީޝެލްސް ރައީސް އިސްތިއުފާ ރާއްޖޭގެ ކަނޑު ރާއްޖެއަތުން ޖަހައިނުގަނެވޭނެއޭ ރައީސް އިބޫ އަށް ރިޝްވަތު ދީގެން ރާއްޖޭގެ ކަނޑު ރާއްޖޭގެ ރައްޔިތުން ބޭނުމެއް ނޫނޭ ވިއްކާލަން ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ އިސްތިއުފާ ކަނޑުކަައްވާ

    9
    2
  3. ހަނީ

    އާމްރައިތުންނަ އުދަގުނުވާގޮތަށް ރިސޯޓްގާބައަދަލްވުންތަށްބާވާނަމަ

    13
    1
  4. ސޯލޭ

    މީހަކު އަޔަސް ނޮހޮރުއްޕާން

    17
    1
    • ހުސޭނުބޭ

      ބަލަގަ ކަނޑު ވިއްކާލި މީހުން އެއްތަންވާއިރު ކަނޑު ތަޅުލަން ޖެހޭނެ!

  5. ހުރިހާކަމަކުނެވެސް ބަލާބޮޑު ސަރުކާރެއް

    މިއީ ކުރީގަ ކަންކުރާ ގޮތެއް ނޫން. ބުރިޖު ފޮރުވަންތަ ތިއުޅެނީ؟