ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިތުބާރު ދިވެހި ރައްޔިތުންނަށް ވަނީ ގެއްލިފައި ކަމަށް އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް މިފަދައިން ވިދާޅުވީ، މިރޭ "ދަ ޑިމޮކްރެޓްސް" އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އިމްތިޔާޒް ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދީ، ދިވެހިންގެ އިތުބާރު އެމްޑީޕީއަށް ގެއްލިފައި އޮތުރުމުން އާ ހިތްވަރަކާއި ރޫހަކާއި އެކީ ރާއްޖޭ ރަނގަޅު މަގަށް ގެނައުމަށް ކަމަށެވެ.
މި ޖަލްސާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިމްތިޔާޒް ވަނީ އެމްޑީޕީގެ މިހާރު ހާލަތު ވަރަށް ތަފްސީލުކޮށް ހިއްސާ ކޮށްފައެވެ.
"7 ފެބްރުއަރީގެ ބަޢާވާތުގެ ވާހަކަ ދައްކަން ނޫނީ 8 ފެބްރުއަރީގެ ވާހަކަ ދައްކަން އެމްޑީޕީގެ މަންދޫބެއްގެ ގޮތުގައި ރޮޒެއިނާ ހަމަޖެހުނީމަ އެމްޑީޕީ ވެފަ އޮތް ގޮތް އެއޮތީ ފެންނަން. އެމްޑީޕީގެ ހަރުގެއަށް މީގެ ކުރީގަ މަސައްކަތް ކުރެއްވި މަޝްހޫރު ހަރުގެ އަންބަރު ދައްކާފަ އެހެރީ ކޮން ނަމެއް ކިޔާ ކާކުތޯ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލު ކުރާ މެމްބަރުން ވިދާޅުވާ ހިސާބަށް ދިޔައީމަ އެމްޑީޕީ އޮތްގޮތް އެއޮތީ ފެންނަން" އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ، އެހެންކަމުން މިހާރު މި ހިނގަނީ އެމްޑީޕީއެއް ނޫން ކަމަށާއި މިއީ ވަގުންގެ ނެޓްވޯކެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
"ވަގުންގެ ނެޓްވޯކް ބާއި ބާއި. އެ ނެޓްވޯކް އަޅުގަނޑުމެން ފުނޑާލާނަން. ދަ ޑިމްރެޓްސް ނިކުމެ އިރާދަ ކުރެއްވިއްޔާ އެމްޑީޕީއާއި މި ރާއްޖޭގައި ހިންގާ ނާއިންސާފުތަކުން މި ގައުމު ސަލާމަތް ކޮށްދޭނެ." އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދަން އެދުމުން އެކަން ހުއްޓުވަން ކޯޓު އަމުރަކަށް އެދުނު ކަމަށާއި އެފަދަ އަމުރެއް ނެރެ ނުދިނުމުން ސިއްރިއްޔާތުގައި ވެސް ކޯޓު އަމުރެއް ނެރެދިނުމަށް އެމްޑީޕީން ކޯޓަށް ދިޔަ ކަމަށާއި އެހެން ކަމުން އެކަމުން ވެސް އެމްޑީޕީގެ ފެންވަރު އެނގޭ ކަމަށެވެ.
އެމްޑީޕީ އާއި ދަ ޑެމޮކްރެޓްސް އަކީ އެއް ފައިސާފޮތީގެ ދެފުއް. ވޯޓު މަތިން ހަނދާން ނައްތާލާ
ތީ އިހަށްދުވަހުވެސް މާ މޑޕ ވެގެން އުޅުނު ބައިގަނޑު. ދެން މާ ވެގެން އުޅޭނެ ކަމެއް ނެތް. ތީ ހަމަ ޔެލޯބައިގަނޑު. ތީ ހަމަ މޑޕ. ފިނޑި ބައިގަނޑެއް. ވެރިކަމުގެ ރާހަތް ކެނޑެންފެށީމަ ހޭބަލިވެގެން ތިއުޅެނީ.
ތިޕާޓީގެނަމަކީ އަލަމުގިިރިޕާޓީ ތިޕާޓީއާގުޅޭނީވެސް ގިރިއައްބީހިފަހުރިއޮޑިއެއް
ކަލޭވަރުގެ ލަދެއް ހަޔާތެއްނެތް މީހެއް މަނުދެކެން
އެއްކަލަ ބިންތި. ތީ ހަމަ ޔެލޯގެ އަޅެއް. ފަކުރެއްގެފަހަތުން ތެޅިބާލަނީ. ބޮޑު ޖޯކެއް. ކެކެކެ
ބަލަގަ އެއީ މިއަދާ ހަމައަށް ހަމަ ކަލޭގެވެސް ޕާޓީއޭ! ވީމާ އެމްޑީޕީއަށް ކަނޑާލި އިތުބާރެއް ދެން ވަކި ކަލެޔަށް އޮންނާނެތަ؟
ސިޔާސީ ގޮނޑީގައި ސޭލް، މާރުކޭޓް ގޮޅީގައި ވެސް ސޭލް !
މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މާރުކޭޓްގައި ސިޔާސީ މީހުން ސިޔާސީ ގޮޅިތަށް ބެހިފައިވަނީ 4 ކެޓަގަރީއަކަށް !
1/ ޖީއެމްއާރު ޗޯރުން
2/ އެމްއެމްޕީއާރުސީ ޗޯރުން
3/ ވެންޓިލޭޓަރު ޗޯރުން
4/ ފޯޅަވަހި ޗޯރުން
މިއިން ކެޓަގަރީއެއްގައި ނުލައްވާ ސިޔާސީ މީހަކު މަދުވާނެ !
ދިވެހިންގެ އިތުބާރު ގެއްލިފައިހުރި އަބަދު ހަމަހޭގައި ނުހުރެވޭ އަނިއްލަ އެދުމުން ފޯވެފައިހުރި ދޮގުވެރިއަކަށް ވެރިކަން ހޯދައިދޭން ތިއުޅެނީ ހުސް ޑިކްޓޭޓަރުންް.
ހެހެހެ ގިރިއަށް އެރި ބައިގަޑު އޮޑީގަ ނޫ ކުލަ ޖެއްސިޔަސް ރައްޔިތުންނަށް ނޯޅޭ. ވޯޓު ހޒޮދަން ގިތި ފެޖްޝސން، ޗޯރު ފެކްޝަން ހެދިޔަސް ރައްޔިތުންނަށް އެގޭ ގިރި އާ ޗޯރު އެއީ އެއް ބައެއްކަން.
އިންތި ތިޔަ އަތްޖެހުމެއް ދޮހޮއްކޮގެ ލަވަޖަހާގެން ވާނެ ކަމެތް ދެންނެތް ދެންތިޔަ ދަނީ ޗޮކުހުން
.