އެމެރިކާގެ ވޮޝިޓަންގައި ގާއިމް ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާ އަށް ވަޑައިގެން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާގައި ގާއިމް ކުރާ ދިވެހި ފުރަތަމަ އެމްބަސީ ހުޅުވުމަށް ވޮޝިންޓަންއަށް އައުމަކީ ލިބޭ އުފަލެއް ކަމަށެވެ. "މި ދަތުރުގައި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާއި މަޝްވަރާ ކުރެވޭނެ. އުފެއްދުންތެރި ދަތުރަކަށް ވާނެ ކަމަށް އިންތިޒާރު ކުރަން" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވިއެވެ. ނަމަވެސް އެމްބަސީއަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެމްބަސީ ވަނީ ބަންދުކޮށްފައެވެ.
2020 ވަނަ އަހަރު އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައި ވާކަން އިއުލާނު ކުރެއްވާފައިވެ އެވެ. އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
މިހާރު އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުންނަވަނީ ސްރީލަންކާ ގައެވެ. އެމެރިކާ އިން މިހާތަނަށް ރާއްޖެއަށް ކަނޑައަޅަމުން އައީ ނޮން ރެސިޑެންޓަލް ސަފީރެކެވެ. ނަމަވެސް ރާއްޖޭގައި އެމްބަސީއެއް ހުޅުވުމުން އެމެރިކާގެ ރެސިޑެންޓަލް ސަފީރެއް ރާއްޖެއަށް ކަނޑައަޅާނެއެވެ.
ހުޅުވާ! ހާދަގިނަ ދިވެހިން ދިރިއުޅޭ ތަނެކޭ ތީ . އާއިލާގެ ފަމިލީއެއް ބަދަލުކުރަން ކުރާކަމެއް.
މިގުރޫޕު ފިލަން އެއުޅެނީ
އިތުބާރު ނެއްކަމުގެ މައްސަލަ އޮތީ ކޮންއިރަކުތޯ !
ވަގު ޚާއިނު ކަލޭގެ މުޅި ދައުލަތް ބަނޑު އަޅާލައިފި. ގައުމުގެ މިނިވަންކަން ނަގާލައިފި. ރައްޔިތުންގެ ޚަޒާނާ ބަނޑު އަޅައިފި، މިހާރު އެމެރިކަން އެމްޕަޔާގެ ހިމާޔަތް ހޯދަން ހަރާންކޯރު ވަނީ. ހިފާ ހައްޔަރު ކުރޭ.
ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވިއެވެ. ނަމަވެސް އެމްބަސީއަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެމްބަސީ ވަނީ ބަންދުކޮށްފައެވެ.
މީނާ ހާދަވަރަކަށް މީހުނަށް އޮޅުވާލަން އެބައުޅެޔޭ. މީފުރަތަމަ އެމަބަސީއޭ ކިޔާގެން.
މީނާ މާލޭގައި މަޑުކުރަނީ ކޮންއިރަކުބާއެވެ. ފަސްޓް ކްލާހުގައި ދަތުތުކޮށް ބޮޑެތި ހޮޓާތަކުގައި އަރާމްކޯށް އެތަކެއް ފައިސާއެއް ދައުލަތުގެ ބަޖެޓުން އެދަނީ ކައި ހުސްކުރަމުންނެވެ. ދައުލަތުގެ ޚަޒާނާ ދަވާލާ އެންމެ ގިނަ ފައިސާނަގާ މީހަކީ މިއީ އެވެ. ރައްޔިތުންގެ ޙައްޤުތަށް ކާއިރު އެކަމުން ނަޖާވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
ބަލަދު އަރާ އާއިލާއެއް ސަރުކާރުގެ ހަރަދުގައި އެމެރިކާގައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކުރާކަމެއް ، ސާހިދު ވަރަށް އުފާވާނެ ދިވެހިންގެ ހަޒާނާ ލޫޓުވާލައިގެން ދަތުރުފަތުރު ކުރުމަށް މިއީ ދިވެހިން ދަންނަ ކަމެއް
އެހީހޯދުމުގެނަމުުގަ ރައްޔިތުންގެ ޓެކްސްފައިސާއިން ފާއިތުވި4އަހަރު މުޅިދުނިޔެވަށާ ބުރުޖަހާފަ ގެނެވުނުއެހީއެއްނެއް އަނެއްކާ ކޮންމެވެސް މޮޅުވާހަކައެއް ދައްކާފަ އެމެރިކާއައް ނައްޓާލީ
ހިފަހައްޓާފަ އޮތް ބޯޓް ސަލާމަތް ކުރެވޭތޯ ދޭބަލާށެވެ.