ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދާ މީހާއަށް އެންމެ ފަހުން ގުޅުނީ މިއަދު މެންދުރު ކަމަށް ހާއިރު ކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

އިއްޔެ އިން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ އެރަށު ރަތްވިލާގެ އައްސަދު އަހުމަދެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ވަގުތު"އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އިއްޔެ ހަވީރުން ފެށިގެން ކަމަށެވެ.

ވިޝާލް ވިދާޅުވީ އައްސަދު ފޯނަށް ކުރިން ގުޅޭ ކަމަށާއި ނަމަވެސް މިއަދު މެންދުރު އެކެއް ޖަހާކަންހާ އިރު ފަހުން އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށެވެ.

އެހެންވެ ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދުި ފޯނުން ލޮކޭޝަން ޓްރޭސްކޮށް ބަލަން ޖެހޭ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެރަށު ކައުންސިލް ފޭސްބުކް ޕޭޖްގައި މިއަދު ހަވީރު ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެރަށު ރަތްވިލާއާގެ އައްސަދު އަހްމަދު އިއްޔެއިން ފެށިގެން ގެއްލިފައިވާ ކަމަށެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހިއްސާ ކޮށްދިނުމަށް އެދޭ ކަަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އެ ޕޯސްޓްގައި ވަނީ އެރަށު ޕޮލިސް ސްޓޭޝަންގެ ނަމްބަރުވެސް ހިއްސާ ކޮށްފައެވެ. އެއީ 9792109 އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރޭ 1:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލް އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައްސަދު އަކީ އަމިއްލަ ފިހާރައަކާއި ކޮންސްޓްރަކްޝަންގެ ވިޔަފާރި ކުރަމުންދާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯހަލާކު

    ޢެމެޒާން ޖަންގަލި އަށްތުރެން ރާއްޖެ ބޮޑވެފަ މިނިކާ ގަނަވާރު ތަށްގިނަ،،،،،،މީހަކު ގެއްލިއްޖއެިޔާ ހޯދުމަކީ ފަސޭހަކަމެއްނޫން،،،،

  2. ބައްސަމް

    ޗޯރު އިބޫ ވެރިކަމަށް އައިފަހުން މީހުން ގެއްލުމަކީ އާންމު ކަމެއް. ކިހާ ބޑު ބލ އެއް