ރާއްޖެއަށް އެންމެ އެދެވޭ ހެޔޮ އިސްލާހެއް އަންނާނީ އިލްމުވެރިންގެ ފަހަތުގައި އެންމެން އެކީ ސާބިތުވެ ތިބެގެން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިމްރާން، އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރެއިން އަށާރަ އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ މުހިންމު ބަދަލުތައް ގެނައުމުގައި އަދާލަތު ޕާޓީގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.
އިމްރާން ވިދާޅުވީ، އިސްލާމްދީނާއި ގައުމަށް ޚިދުމަތް ކުރުމުގެ ވަރުގަދަ އަޒުމެއް އެޕާޓީގައި އޮންނަ ކަމަށާއި ބަދަލުތަކެއް ގެނެވުނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ޕާޓީއާއެކު ތިބުމުން ކަމަށެވެ.
އަދި އެޕާޓީގެ އަމާޒާއި މަގުސަދު އާންމު ރައްޔިތުން ކިޔައިދޭން ޖެހޭ ކަމަށާއި، އެ މަގުސަދު އާންމު ރައްޔިތުންނަށް ސާފު ކޮށްދެވުނު ވަރަކަށް އާންމު ރައްޔިތުން އެޕާޓީއާއެކު ސާބިތުވެ ތިބުމަށް މަގުފަހިވެގެން ދާނެކަމުގައި ވެސް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ ރާއްޖެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައި ވާނީ އެކަން ކުރަން ކުރަހާފަވާ މަގު ވަރަށް ސާފުކޮށް. އެ މަގާ ހަމައަށް ދަތުރުކުރެވެނީ، މިއަދުއްސުރެ ފެށިގެން އެ މަގުން ދަތުރުކުރުމުގެ އަޅަން ޖެހޭ ފިޔަވަޅުތައް ސާބިތުކަމާ ހަމަކަމާއެކު އަޅައިގެން ކުރިއަށް ގެންގޮސްގެން." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ފާއިތުވި ތިން ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީގެ ވިސްނުން ބައްޓަންކުރަމުން އައީ، އެޕާޓީގެ އަމާޒާ ހަމައަށް އައުމަށްޓަކައި ކަމަށާއި، އެ ވަގުތަކަށް އަދާކުރެވޭން އޮތް ދައުރު އެންމެ ފުޅާކޮށް އަދާކޮށްގެން ކަމަށެވެ.
އިމްރާން ވިދާޅުވީ، ދުނިޔޭގެ ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތައް މަސައްކަތް ކުރާ ގޮތާއި، ކުރިއަރާ ގޮތާއި، އެޕާޓީތަކުގެ ވިސްނުން ބައްޓަން ކުރަމުންދާ ގޮތާއި، ދަރުސްތަކުން އިބުރަތް ލިބިގަނެގެން އޭގެ މައްޗަށް މަސައްކަތް ބައްޓަން ކުރަންޖެހިފައިވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އޭގެ ތެރެއިން އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ކޯލިޝަންގެ އަނެއް ޕާޓްނަރު ކަމަށްވާ ޖުމްހޫރީ ޕާޓީން ވަނީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ.
ތިޔަކަހަލަ ސިޔާސީ މީހުންގެ ފަހަތުގަ ތިބޭ އިލްމިވެރިންގެ ފަހަތުގަ ތިބޭކަށް ހަމަގައިމުވެސް އިސްލާދީންގަ ނޯވޭ
އިމްރާނު ކައިރީ ބުނެދީބަލަ މީހުން ލައްވާ އަވަގުރާނަ ގޮއްވަން ނޫޅޭށޭ
އިމްރާނުމެން އިބުރާހިމަށް ދެވަނަ ދައުރެއް ދޭހިތުން ކޮންމެފަދަ މޮޔައެއްވެސް ގޮވާފާނެ. އަނހަ، އޭރުންނެއްނު ހިހޫތަނުން ރަނގަޅަށް ކާލެވޭނީ.
ރާއްޖެ އިސްލާހްވާނީ ތިޔަކަހަލަ ދެބޯގެރި ސެއިހުން ދީނޭ ކިޔައިގެން ދައްކާވާހަކަ ހުއްޓާލި ދުވަހަކުން
ކޮޅުފުށީ އިމްރާނާއި، ކަޅުބެ ޢަބްދުއްލަތީފުގެ އިޔާޒާއި ކުޑަހުވަދޫ އަލީ ޒައިދަކީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުން. އަދި އިލްޔާސް ހުސައިނާއި ޖުއްބާ ހުސޭނަކީ ވެސް މުނާފިގުން. މި ފަދަ މީސްމީހުންނަށް މިރާއްޖޭގެ 80 އިންސައްތަ މީހުން އިހުތިރާމެއް ނުކުރޭ. ޝައިޚު ޑރ. ޝަހީމާއި ޝައިޚު ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ގާސިމާއި، ޝައިޚު ސަމީރާއި މިފަދަ ބޭބޭފުޅުންނަށް މި ރާއްޖޭގެ 90 އިންސައްތަ ރައްޔިތުން އިހުުތިރާމް ކުރޭ.
އަދާލަތު ޕާޓީ ހެދިފަހުން ރާއްޖެ މަޑުމަޑުން ކާފަރު ދީނަށް އެނބުރެނީ ކުރީގެ އިލްމުވެރިން މުހައްމަދު ޖަމީލު މުހައމަދުރަސީދު އިބުރާހިމް އިބުރާހިމް ޒަކަރިޔާ މޫސާ އެފަދަ އެދުވަސްވަރުގެ އިލްމުވެރިންގެ ބަސްގަބޫލުކޮށް އުޅުނުއިރު ދިވެހިންގެ އީމާންކަމުގެ އަގީދާ ވާވަރުގަދަ
ކޮބައިހޭ އިސް؛ލާހުކުރާ ކިތާބީ ހެކި. ހުސް ކަރުދާސްބޮނޑިއެއްނަމަވެސް ދައްކާބަލަ!
ކަލޭ އަކީ އިލްމު ވެރިއެއްކަން ދެނެހުރީ ކަލޭ އަމިއްލައަށް އަހަރުމެން ނުދެކެން ތިޔައީ އިލްމުވެރިއެއް ކަމަށް ތިޔަށްވުރެން ޖުނުބުވެރިން ވެސް ރަނގަޅުވާނެ މުނާފިގު ވާހަކަ އަދި އެބަ ދައްކައޭ ދޮގުވެރިޔާ
ތިކަހަލަ ސޭކުން ފަހަތުގައި ތިބެގެން ވާނެ އިސްލާހް ވަރަށް ރަނގަޅަށް އެބަފެނޭ! ޤައުމު ބައެއްގެ އަޅުވެތި ކަމުގެދަށަށް ގޮސް ނިމޭއިތު ހަނު! އެއީތޯ ރަނގަޅު ގޮތަކީ!!! ތިކަހަލަ މީހުންގެ ފަހަތަށް ޖާހިލުންވެސް ނާރާނެ!
Àތީއަހަރެމެން ޤަބޫލް ކުރާ ބައިގަނޑެއް ނޫން ދީނާއި ގުޅުވައިގެން ބޭކާރު ވާހަކަ ދެއްކުމުގެ މާނަ އެއް ނެތް ކޮންމެ މީހަކު އަމިއްލަ ފައިދާ އިސްކޮށް އަމިއްލަ އަންބޮޑި ބޮޑު ކުރަނީ ތިޔަކު ނެތް އިޙްލާސްތެރި ކަމެެއް ތި އަދާލަތު ޕާކޮބާ ި
މި ސަރިކާރުން ދިނަށް ހަޖޫޖަހާ ފުރައްސާރަކޮށް މިވަރަށް ހަދާއިރު .ކަލޭ އެހެން ކަމަކާަ އުޅޭ
ތިޔަކަހަލަ އިލްމް ވެރިން ތިބެގެން މިރާއްޖެ އިސްލާހުވާނެކަމށް ދެކުމީ ކުންހީއެއް
ތިޔަކަހަލަ ސިޔާސީ މީހުންގެ ފަހަތުގަ ދެބޯގެރި ސެއިހުން ދީނޭ ކިޔައިގެން ދައްކާވާހަކަ ހުއްޓާލި ދުވަހަކުން ހެޔޮ އިސްލާހެއް އަންނާނީ
އިލްމުވެރިންނޭ ތިކިޔަނީ މިހާރު މިރާއްޖޭގެ އާއްމުރައްޔިތުންނައް ނޭގޭ އެއްޗެއް އެގޭބައެއްނޫން! 75% މީހުންނަކީ ރަނގަޅައް އިގިރޭސި ބަސް އެގޭމީހުން . ކަލޭމެން ބޮޑުކޮއްގެން ނޫޅެ ނެޓުގައެހެރީ ހުރިހާއެއްޗެއް އެއްވެސް މީހަކައް އަސާސީގޮތެއްގަ ތަފާތުއެއްޗެއް ނުބުނެވޭނެ ! ދެންއުޅޭނީ އިބިލީސް ބުނެގެން ގުސައްޔު އުޅުނުގޮތައް ތަލްބިޔާބަދަލުކޮއް އަމިއްލަ އާގޮތެއް ދައްކައިގެން މީހުން މަގުފުރައްދަން އުޅޭމީހުން . މިއަދަކު ކަލޭމެން ތި ހޯދަންއުޅޭ ގަދަރު ލިބޭނެގޮތެއް އޮޅުވާލަން އުޅޭ އޮޅުވާލުން ކާމިޔާބުވާނެ ގޮތެެއްނެތް!!!
ކަލޭ ތީ އިލްމްވެރިޔެއް ކަމަށް އަހަރުމެން ގަބޫލެއް ނުކުރަން . ޕާރޓީގަޑު އުފެއްދީ އަދާލަތޭ ކިޔާފަ ދީން ފަތުރާނަމުގަ. މިހާރު ތިހިރީ ވާވެދިފަ. ދީން ފަތުރާ މީހުންނަކީ ސިޔާސީ ކުޅީގައި ޖެހި ބަނދެވިފައި ވާ ބަޔެއް ނުން. ކަލޭ ތިހިރީ ސީޔާސީ ކުޅީގައި ޖެހި ހަލާކުވެފަ. ދީން ފޮތިފޮތްޗަށް ވިކުން ނުންކަމެއް ނުކުރެވޭ. ދެނެއް ތިމީހުން ކިޔާ އެއްޗެއް ގަބޫލްކުރެވޭކަށް ނެތް.
ޢިލްމުވެރިންނަށް ވިޔަސް ސިޔާސީ މީހުންނަށް ވިޔަސް އެމީހުންގެ ވާހަކަ ރައްޔިތުން ދައްކަނީ އެމީހުންނަށް އުޅެވޭ ނުވަތަ އުޅޭ ގިތަކުން. ހުރިހާ ޢިލްމުވެރިންގެ ވާހަކަ މީހުން ނުދައްކާކަން ޢިމްރާނަށް ވެސް އެނގޭނެ.
މިގައުމުގެ ގިނަ އުމުރުފުރާއިގެ މީހުންނަށް އެއްމެ ބެސްޓް އިލްމުވެރިއެއްކަމަށް ގަބޫލުކުރެވޭ އެބޭފުޅެއްގެ ފަހަތަށްއަރަން އެންމެ ކަމުދާ އިލްމުވެރިއަކީ ޑރ.ޝަހީމު، ނާއިބުރައީސްކަމަށް ކުރިމަސައްކަތް ނާކާމިޔާބުވި ހިސާބުންވެސް ސިޔާސީކަމުގެތެރެއަށް މާބޮޑަށް ނުވަދެ ދީނީ އިލްމު މުޖުތަމައުގައި އިތުރަށް ފުޅާކުރަމުންދާތަން ފެންނަނީ، (ކުޑަކުދިންގެ ސްކޫލާއި ބޮޑެތިމީހުންނަށް ޤުރުއާން އަދިވދީނީ ކްލާސްތައް އަދި ޢުމްރާ ދަތުރުފަދަ މާތްއަޅުކަންތައްވެސް ހިމަނައިގެން)، ގިނަ އެހެނިހެން ދީނީޢިލްމްވެރިންނާއި އަޅާބަލާއިރު ބުނެވޭނީ އެބޭފުޅާއަކީ ބަހާއި އަމަމަލުގައިވެސް އެހާމެ ސާދާސީދާ، ހެދުން އެޅުމުގައިވެސް ސާފުތާހިރުގޮތް އަދި މީހުންގެ ލޯމަތްޗަށް ފަސޭހަ ރީތިގޮތެއްހުރެއޭ، މިއީ ގިނަ އެހެނިހެން އިލްމުވެރިންނަށް ކުޑައިމީސްކުރާން ބުނިއެއްޗެއްނޫން، އިސްލާމް ދީނަކީ ސާފުތާހިރު އަދި ﷲއަށް ނުއުރެދޭގޮތަށް މީހުންގެ ލޯމަތްޗަށްވެސް ފަސޭހަގޮތަށް ތިބެންޖެހޭ ބައެއްކަމަށް ގަބޫލުކުރެވޭތީ، ބަޔަކު ގަބޫލު ނުކުރިޔަށްސް ހަގީގަތްވާނީ ހަގީގަތަށް.##
ތިޔަ ކަހަލަގެ އިލްމުވެއެއްގެ ފަހަތަށް އަރައިފި މީހެއްގެ ދުނިޔެއާއި އާޚިރަތްވެސްގެއްލޭނެ.. ކަލޭމެންގެ ވެސް އަރާނީ ހުސް ވަގުން އަދި ޖާހިލުން ތިޔައީީ މަލްޓިޕްްލް ކުލީ މީހުން..
ދީނީ ކަމެއްގައި އިމްރާން ޓްވީޓް ކުރެއްވި ތަނެއް ނުދެކެން. އަދާލަތު ޕާޓީ އަކީ އިބޫ ގެ ކޯލިޝަން ވީމާ އިބޫ ރުއްސޭތޯ އިމްރާން ބަލަނީ. މީގެ އެންމެ ހެއްވާ ކަމަކީ އިމްރާން-މެން ކުރާ މިފަދަ ހުޝާމަތު ތަކަށް އިބޫ ހެއްލޭތީ.
އިލްމުވެރިންގެ ފަހަތުގައި އެންމެން ތިބޭށޭ ކިޔައިގެން ތިޔަ ދައްކާ ވާހަކައަކީ ތިމަންނާ އަތުގައި މިހިރީ މިވެނި ކަމެއްގެ ކިތާބީ ހެތްކޭ ކިޔާފައި ދެއްކި ޒާތުގެ ކެހިވެރި ވާހަކަ. ފަހުން މި ބުނަނީ އެއީ ސިޔާސީ ވާހަކައޭ. މިހާރު ތިޔަ ބުނާ އެއްޗަކާ ގުޅުވައި ރަނގަޅަށް ވިއްޔާ ފަހުން ބުނާނީ ތިމަންނާމެން ބުނީ އިލްމުވެރިންގެ ފަހަތުގައި ތިބޭށޭޔޭ ތިމަންނާމެންނަކީ އިލްމުވެރިންނެކޭ ނުބުނަމޭ. މި ތިބީ އިލްމުވެރިންގެ ފަހަތުގައި. އެކަމަކު އިލްމުވެރިންގެ ތާޖުއަޅައިގެން އުޅޭ ފަސާދަކުރާމީހުންގެ ފަހަތަކު ނޫން!
8 އަހަރު ވަންދެކަށް ހުއްޓިފައި އިންދިރާސްވެފައި އޮތް ސްކޫލް ކުދިންގެ މިއުޒިކާއި ނެށުމާއި ލަވަ ކިއުމުގެ މުބާރާތް މިއަހަރު މިސަރުކާރުން ދިރުވައިގެން އުޅެނީ ވެސް އިލްވެރިން ބުނެގެންތޯ ؟
މޭޑޭގައި އަތުގައި ހުރިހެކި ކޮބާ
ކޮބާ ދީންލައިދޭން ގެންދިޔަ އަންހެން ކަބަލް
ނުފޫޒުން ވަޒީފާއިން ވެސް ކަނޑާލީ
ރާއްޖޭގައި އުޅޭނެ ދީނީތާކިހާއަޅައިގެންއުޅޭ ފައްކާހަތަރު މުނާފިގު.
1 ސޭކު އިމްރާނު
2 އަމިއްލަޔަށް ޑޮކްޓަރެކޭކިޔާ އިޔާޒް
3 " ސޭހުކިޔާ ޢަލީޒައިދު
4 " " ހުސައިންރަސީދު އަހުމަދު
މިއީ ފައްކާ ސިޔާސީ ސޭކުން
މިނިސްޓަރ އިމްރާން މިހާރު ޖޯކު ކިޔުއްވަން ފެއްޓެވީތޯ؟
ޑރ. ޢިޔާޒަކީ ސިޔާސީ މީހެއް! އަދި އިމްރާނަކީވެސް އެކަލަ މީހެއް! އެހެނެއްކަަމަކު މި ރާއްޖޭގައި ތިބި ޢިލްމުވެރިން އަށް އަހަރެމެން ރައްޔިތުން އިހްތިރާމް ކުރަން! އަދި އެމީހުން އަށް ތަބާވަން!
ސ. ޢިލްމުވެރިންނަކީ ކޮބައިހޭ؟
ޖ. ޢިލްމުވެރިންނަކީ އިލްމު ފަތުރާ މީހުންނެވެ.
ސ. ޚުރާފީންނަކީ ކޮބައިހޭ؟
ޖ. ބިދުޢަތަކާއި ދީނުގެ ނަމުގައި ބޮޑެިތި މުންކަރާތްތަކާއި ދޮގު ފަތުރާމީހުންނެވެ.
ސ. ދޮގުވެރިންނަކީ ކޮބައިހެއްޔެވެ؟
ޖ. ދޮގު ފަތުރާ މީގުންނެވެ.
މަނިކުފާނު ހެއްދެވި ދޮގުން ސަލާމަތް ނުވެވޭ ވަރުގެ ވަޒީފާއެއް މަނިކުފާނަށް ﷲ މިންވަރު ކުރައްވައިފި. ތެދުވެރިއެއްކަމުގައިވަނީ ނަމަ ޑރ. ޢަފުރާޝީމު އަލީެ ޤާތިލުންގެ ތަފްަީލު ތައް ހާމަކޮށްދެއްވާ. އޭރުން މަނިކުފާނަކީ ހައްޤަށް ނަސުރުދޭ ޢިލްމުވެރިއެއްގެ ދަރަޖަ ލިބޭނެ. ﷲ ގެ ދަރު
ސ. ޢިލްމުވެރިންނަކީ ކޮބައި؟
ޖ. ލޮޢަތުގައި ޢިލްމުވެރިންނަކީ އިލްމު ފަތުރާ މީހުންނެވެ.
ސ. ދޮގުވެރިނަނަކީ ކޮބައިހެއްޔެވެ؟
ޖ. ދޮގު ފަތުރާ މީހުންނެވެ.
މަނިކުފާނަކީ ވަރަށް ބޮޑު ދޮގުވެރިއެކެވެ. ސިޠާސީ ކަސްބީއެކެވެ. ޢިލްމުވެރިންގެ އަގުވެއްޓެނީ މަނިކުފާނާއި، ޒައިދު އާއި ޑރ. ޢިޔާޒުމެން ފަދަ މީހުންގެ ބަސްމަގާއި އަބުރާ ގޭސްދަޑުގެ ސަބަބުންނެވެ.
ރާއްޖެ އިސްލާހުވާނީ ބައެއްގެ އަޅުވެތި ކަމުގަ އޮވެގެންތަ މިކަމާ އެއްވެސް އިލްމު ވެރިއަކު އެއްޗެށް ނުބުނަނީކީއްވެޔޯ
ކަނޑަށް ރަނގަޅު ނަވެއްކަމަށް ހީކޮށް މި އެރެނީ ކޮންމެ ފަހަރަކު އަނގަމަތީ މަސް ދޯންޏަކަށް. ދެން 5 އަހަރު ނިމޭ އިރު ރައްޔިތުން މިތިބެނީ ކޮންމެ ފަހަރަކު 2 ވަރުން އެއްވަރު ވެފަ. ދޭހާ އަތްވެއްގަ ޖަހާހާ ރާޅެއް ގަ އެއްވެސް ނިވަލެއް ނެތް.
ސާފުކޮށްލަން ބޭނުމީ އޭނަގެ މިޖަލްސާގައި ކިތަކެއް މީހުން ބައިވެރިވިހޭ މިހެން ބުނަން ޖެހުނީ އިމްރާން އަލީ ޒައިދު އަދި ދެން ހުރި ރުންކުރު ޝޭހް މެންގެ ލިޔުމެއް ޓްވިޓަރގެ ވެސް ނޫހެއްގަވެސް ލިޔެފައި ހުންނަ އެއްޗެއްސަށް ކޮށްފަ ހުންނަ ކޮމެންޓް ކިޔާފައި ހަމަ ގައިމް ހެޔޮ ބަހެއް ނުހުރޭ ދެން ކީކޭ ބުނާނީ
ތީ ބޭކާރު އަނގަތަޅައިގެން މުޅިން އަގައިން ހިފަހައްޓާމީހެއް. 5 އަހަރު ވެގެންދާއިރު ފުލުހުންނަށް ކޮށްދެނުކަމެއްނެތް. މުޅިން ބޭކާރުއަނގަ.
އެންމެން އިމްރާންކަހަލަ އިލްމުވެރިންގެ ފަހަތުގަ ތިބެންވެއްޖެނަމަ ހުސްކަރުދާސްދައްކާފަ މިހުރީ ހެއްކޭ ކިޔާފަ އެންމެން ދޮގު ހަދަންފަށާފާނެ. ތެދުބުނާބަޔަކު މިގައުމުގަ ނެތިހިގައިދާނެ ކަމަށް ބިރުގަނޭ.
ރާއްޖެ އިސްލާހްވާނީ ތިކަހަލަ ހީލަތްތެރި މަކަރުވެރި މީހުންގެ ކިބައިން ރައްޔިތުން ނެއްޓެން އިނގުނު ދުވަހަކުން. ތީ އިލްމްވެރިންތަ؟ ހިހޫތަނުން ކާލައިގެން ދީން ވިއްކާގެން އުޅެން ދައްސެވެފައި ތިބި އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން ހުސް ތިޔަ. އިލްމްވެރިންނޭ ކިޔައިގެން ރައްޔިތުން ގުނބޯ ހެއްދޭނީ ވަކި ވަރަކަށް. ދީނީ އިލްމްވެރިން އުޅޭތަ ތިޔަފާޑަށް. އިލްމްވެރިއަކަށްވެގެން އުޅޭއިރު ނެރެވުނު ދީނީ ރިސާރޗެއް ،ފޮތެއް، ނެތް ، ދީން ކުރިއަރުވަން ކުރި ކަމެއް ފެންނާކަށް ނެތް .ފެންނަން އޮތްހާވެސް ކަމަކީ ދީނޭ ކިޔާގެން ބަޔަކު ބޯކާލައިގެން ސިޔާސީ ޕާޜޓީއެއް ހަދައި ޕޯޑިއަމްތަކުގައި ކަރުން ނާރު ފަޅައިގެން ދާވަރަށް ހަޅޭއްލަވުން. ބަލަ ޓީވީއަށް ދެ އިރު ދެ ދަޅައަށްއަރާ ނުވަތަ މިސްކިތަކަށް އަރާ ދީނީ ދަރުސެއް ދެވުނީމަ ނުވަތަ ސިޔާސީ ޕޯޑިއަމަކަށް އަރާ ހަޅޭފަޅޭ ޖެހުނީމަ އެއީ ތިމާ މާ ބޮޑު އިލްމުވެރިއަކަށް ވީ ކަމަށް ހީނުކުރަނީތަ! މޮޔަފުޅުވީތޯ؟
ކަލޭފަހަތުގައި ތިއޮތީ ފުލުހުންގެ ފޯސް ، ވީކަމެއް އެބައޮތްތަ ،އެމުއައްސަސާގެ އަބުރާއި އިއްޒަތާއި ކަރާމާތް ވެއްޔާއި މޮޑެލާފި ،، ކަލޭގެ ނުބާކަމުން ، އެބޭކަލުންނަށްވެސް ވަޒީފާގެ ބިރުވެތިކަމުގައި ކަލޭގެ އަމުރުއެދަނީ ތަންފީޒުކުރަމުން ، ފާސިޤުކަލޭގެ
ކޮބައިތޯ ތިޔަ ވިދާޅުވާ ޢިލްމުވެރިންނަކީ ޢިމްރާނުގެ ނަންހިމެނޭ ގޮތަށް ލިސްޓެއް ޢާއްމުކޮއްބަލަ. މިސްމީޑިއާގައި ފެންނަނީ ތިޔަވިދާލުވާ ސިޔާސީ ސަެކުން..
ރާއްޖެއިސްލާހުވާނީ ދުއާދެއްވި ވެރިމީހާޔާ އެހެންބުނިމީހުން މިގައުމުންބޭރުކޮށް ނޫނީ ޖަލަށްލައިގެންހެން ހީވަނީ.
ތިކަހަލަ މުނާފިގުންގެ ފަތައް އެރިވަޔަކުވެސް ނަރަކައިން ސަލާމަތެއްނުވާނެ.
ފަހަރި ފަހަތުން ދުވާއިރުގަވެސް !!!!!
ތިޔަ ކަހަލަ އިލްމްވެރިއެއް ފަހަހަތައް ނާރާނެ އެކަކުވެސް
އަދާލަތު ޕާޓީ އޮވާލަންވީ