މާލެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް މިއަދު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

އަދި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރަހީނުކޮށްފައި ތިބީ ތިން ފިރިހެނެކެވެ. އެ މީހުންނަށް އެކި ވަރުގެ އަނިޔާތައް ދީފައި ވެއެވެ.

ފުލުހުން ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް އެ މީހުން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުންނަށް ލިބިފައި ވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ނޭނގެއެވެ. އަދި އެއީ ކޮން އުމުރެއްގެ ބައެއް ކަމެއްވެސް ނޭނގެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަންޑިކުޑަ

    އޯ ސަޅި އިނގޭ! ނޫނޭ މިއީ ފިސާރި ޤައުމެއްދޮތަ! އަދި ކިރިޔާ ދޯ މި ޤައުމު އިންޓަރނޭޝަލްމިވީ! ބޯހަލާކު.

    61
  2. ށަަވިޔަ ނި

    ސާބަސް ސާބަސް ސާބަސް
    ޢެނޫންތަ އެބުނާ ކަންމަތީ ފިހާރާގެ އުސޫލުން ޑުރަގް ވިއްކާގެ ތިމީހުން ރަގަލޭއް ނުވާނެ
    ޜަހީނޭ ބުނީމަ ދެން ޑްރަގުގެ ވާހަކަ އެނިމުނީ ދޯ
    ގަބޫކުބކުރިޔަސް ނުކުރިޔަސް ހ.ހީލިއަމް ހަނިގޯޅީގާ ތިހިންގާ ޑްރަގް ވިޔަފާރިޔަކީ ބޮޑުން ބައިވެރިވާ އެގިގެން ބާއަޅާގޮތައް ކުރާ ވިޔަފާރިޔެއް
    ޢެހެން ނޫންންނަމް އެހާފާޅުކޮއް އެކަން ކުރާކައް ނުކެރޭނެ
    ސުކުރިއްޔާ

  3. Anonymous

    އެކަކަށް ފެންނަނީ ރަށްތަކުގެ ވަށައިގެން އަމާން ކަން ފުރިއުތުރި އަރާތަނޯ. މިއީ ތޯ އެވިދާޅުވާ.....

    27
    0
  4. ާދަލޭކް

    ފުލުހުން އަބަދު ބުނާނެ ބަލަނީ ދުވަހަކު ބެލި ކަމެއް ހާމައެއް ނުކުރޭ ރަޝީދު ގެ ވާހަކަވެސް ބަލަނީ ބަލަނީ ހުޅަގުން އިރުއަރާއިރުވެސް އެހެން ބަލަން ތިބޭނީ.

    28
  5. #މިނިވަން ޤައުމު

    ތިޔަބަޔަކު ދަައްކާލަބަލަ

    24
  6. ހުސެން

    އެކީއްވެ މި ޓެރަރިޒަމް އަކަށް ނުވީ ހަމީދޫ

  7. ހަސަނަ

    17 އަހަރާ 11 މަސްބައިގެ ކުޑަފިރިހެންކުއްޖެއް މިވެސްހަދާވަލުއީގާނޫނުތަކުގެ ދޯހަޅިކަން އަސްލާމީސަރީއަތާ އެއްގޮތައްހަދާގާނޫނު ތަކުން މިކަންފެއިލް އެއްނުވާނެ..

  8. ވިސްނާ

    އެމް.އެން.ޑީ.އެފް ގެ ތިކަހަލަ ކަންކަމުގެ ޓްރޭނިން ހަދާފައިވާ މީހުނާ ތިކަން ހަވާލުނުކޮޮށް ފުލުހުން ތިކަންކުރުމަކީ ރަހީނުކޮށްފައިތިބި މީހުނަށް ވަރަށް ނުރައްކާކަމެއް

  9. ތިބުނާ ރައްކާ ތެރިކަމަކީ ކޮބާ ހުސްދޮގުނ އ

    ނާޒިމް އައްތިހައްލު ހޯދޭނީ ދެން ނެއްގާބިލު މީހެއް ހުކުމް ތަންފީޒުކޮއްބަލަ ގުރުއާން ގަ ބޫލުކޮއްބަލަ މަރުގެ ހުކުމް ބާރައަހަރު ތަ ގުރުއާނުގަ އޮތީއައްލާހުގެހަޒުރަތުން ހުކުމް އައިސްފަހުރި އެއްތަކައް އަލުންހުކުމް ހެދޭނެތަ ނުހެދޭނެ ނޫން މަގުލިސް އޯކޭއި