އަމިއްލަފުޅު ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅު ފެއްޓެވީ މިދިޔަ އަންގާރަ ދުވަހެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދެވެ.

ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ނުދެއެވެ.

ރައީސް ސޯލިހް ވަނީ މިދިޔަ އަހަރު ސިންގަޕޫރުގައި ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާފައެވެ. އެއޮޕަރޭޝަނަށް ފަހު ރައީސް ސޯލިހް ވަނީ ފަހުން ވެސް ގިނަ ދަތުރުތަކެއް ސިންގަޕޫރަށް ކުރައްވާފައެވެ.

ރައީސް އަމިއްލަފުޅު ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިއިރު، ފާއިތުވި މަހެއްހައި ދުވަސް ތެރޭގައި އެމަނިކުފާނު ވަނީ ފ.އަތޮޅާއި އައްޑު އަށް ވެސް ދަތުރުތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް

    އިބޫ ދިޔައީ ތައިތޮއިޑް ގެ "ޗެކްއަޕް" އަކަށް ކަމަށް ދެކެން. އިބޫ ގެ މެޑިކަލް ރިޕޯޓް މަޖްލިސް އަށް ލިބެން ޖެހޭނެ ކަމަށް ދެކެން. އެއީ އިބޫ ކުރިން ތައިރޮއިޑް އޮޕަރޭޝަން ކޮށްފައި ވާތީ. ތައިރޮއިޑް އަކީ ހަށިގަނޑު ގެ އެންމެ ބޮޑެތި ގުނަވަނުގެ ތެރޭގައި ހިމެނޭ ގުނަވަނަކަށް ވެފައި މި ގުނަވަން ނަގައިފިނަމަ، ކެންސަރު ގެ ޓެސްޓް ކުރާނެތީ ރައްޔިތުން ޙަވާލު ކުރި މައްސޫލިއްޔަތު އިބޫ އަށް މިހާރު ޢަދާ ކުރެވޭނެ ތޯ މަޖްލިސް އަށް އެނގެން ޖެހޭނެ! އިބޫ ވަނީ ކުރިން ވެސް ހިތުގެ ނާރުތައް ހިމަވެ، ފިތޭތީ ދެ ފަހަރަށް ހިތުގެ ބޮޑެތި އޮޕަރޭޝަން ތައް ކޮށްފައި.

    • ސުރައްޔާ/ތޮއްޑޫ

      ތެދުފުޅެއް. ތައިރޮއިޑް އަކީ މޭޖަރ ކުނަވަނެއް.

  2. ސަލީމް

    ތިގޮތަށް ފްލޭޓަށް އަރާ ފާއިބާ މަންޒަރު ހިންދީފިލްމްތަކުންވެސްވަރަށްފެނޭ އޭގެތެރާގާހުރޭޕާކްތަކުގާހަދާފާހުންނަފްލޭޓްވެސް

    6
    1
  3. ހަންކެޑެ

    ފިލުމުގެ ކަންތަށް އިންތިޒާމުކުރަން ދިޔަދަތުރެއް އެއީ ގަވައިދާ ހިލާފުދަތުރެއް މަޖުލިހަށް ދަތުރުގެ ތަފުސީލު އެންގުމަށް ގޮވާލަން ދަތުރުދިޔައީ ރަށްޔަތުންގެ ފައިސާއިންތޯ ނުވަތަނޫންތޯ މަޖުލީހަށް އެގެންޖެހޭނެ.

  4. ނާދިރާ

    އަބަދުވެސް އުޅުއްވަނީ ސިންގަޕޫރުން ލަންޑަނުން ޖަރުމަނުން ނުނީ ކޮންމެވެސް އެހެން މަނަކުން ދަތުރުކޮށްލަ ކޮށްލާ. ރައްޔިތުން މިތިބީ އަނގަޔާ އަތާ ދިމާނުވެފަ. ފާއިތު އެއްމަސް ދުވަހުގެ ތެރޭގައިވެސް ޕްލާސްޓިކް ކޮތަޅުން 1.3 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ކަޅާކޮށްލައިފި. ކަރަންޓާ ފެން ބިލުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ. އަދި ނުވީތާކަށް ކުނީބިލޭ ކިޔާފާވެސް ހުރިހާ ކަރަންޓު ބިލަކަށް 150ރުފިޔާ ކުނިއުކިޔަސް ނޫކިޔަސް. މަސްވެރިން ބާނާ މަސްކޮޅުވެސް މިޖެހެނީ އުކާލަން. މަސްގަންނަން ބޮޑުއަގުގައި ގެނައިބޯޓު ގުޑައެއްނުލާ. ތިމާވަށީގެ ތަހުލީލުތަކަށް ގެނައި ބޯޓު ފޫގޮއްސި. ދުވާލަކު ދެދަޅަޔަށް ޒަރޫރީ ކަންކަމުގައި މަޑުކޮށްލިޔަސް ސްޓީކާ ފުންޏެއް. އިންސާފެއް ނުލިބޭ. އަމާންކަމެއް ގާއިމެއް ނުކުރެވޭ. 18 އަހަރު ނުފުރޭ ކުދިންވެސް ބޮޑެތި މީޙުން ރަހީނުކޮށްގެން ޖަރީމާތައް ހިންގަނީ. ހިޔާލު ތަފާތުވެއްޖެނަމަ ވަޒީފާއިން އެއްލާލަނީ.

    2
    1
  5. އިބްރާހިމް

    ދެންއޮތީ ބާކީ 80ވަރަކަށްދުވަސް. މީނާ މިދަނީ ދަތުރުތަށް ގިނަކުރަމުން ދައުލަތް ބަނގުރޫޓްކުރަމުން. ރައްޔިތުންނާއިމެދު މިހައިބޮޑަށް އިހްމާލުވީ މީހަކު އަޑުވެސް ނާހަމެވެ. ރ ނަޝީދުވެސް އެމަނިކުފާނަށް ވެރިކަން ނުކުރެވޭނެކަމަށް ފެނުމުން ރައްޔިތުންނަށްޓަކައި ވަނީ ވެރިކަން ދޫކޮށްލައްވާފައެވެ.

    2
    1
  6. ކޮބަޑި

    މިވަރު ބަލިމީހަކު ރ ޔާމީނަށް ކޮން ބަލާވެރިކަމެއް މިޖަށްސަނީ މީހަކަށް ބަލާވެރިކަން ޖަށްސާމީހަކަށް ކިތަންމެވަރަކަށް ސިންގަޕޯރަށް ދިޔައަސް ބަލި ރަނގަލު ވާނެކަމަށް ހީނުކުރަށްވާ ބަލި ފަސޭހަވާނީވެސް މީހުންނަށް ޖެއްސުންނުކޮށް އިހުތިރާމް ކޮށްގެން ރަނގަޅަށް އުޅުނީމަ .