ކުރިން އިއުލާން ކުރުމެއްނެތި މާލޭގައި ހަވާ އެރުވީ ސިފައިންގެ ތަމްރީނަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ރޭ 12:00 ވާން ކައިރިވެފައި ވަނިކޮށް ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ވަނީ ވަރަށް ކުޑަ އިރުކޮޅަކަށް ހަވާ އަރުވާފައެވެ. ކުއްލިއަކަށް ހަވާގެ އަޑު އިވުމުން އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެކަން ފާހަގަ ކޮށްފައެވެ.

މާލޭގެ އެއްވެސް ސަރަހައްދެއްގައި ހަވާ އަރުވާނަމަ އާއްމު ގޮތެއްގައި އެމްއެންޑީއެފް އިން އެކަން އިއުލާން ކުރެއެވެ. ކައިވެނި ޕާޓީތަކާއި، މީހުންގެ އުފަންދުވަހާއި ގުޅުވައިގެން ހަވާ އެރުވި ނަމަވެސް އެމްއެންޑީއެފް އިން އެކަން އާއްމުކޮށް އިއުލާން ކުރެއެވެ. ނަމަވެސް ރޭ ހަވާ އެރުވުމުގެ ކުރިން އެކަން އިއުލާނެއް ނުކުރެއެވެ.

ހަވާ އެރުވުމުގެ ހަރަކާތް ނިމުނުފަހުން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސިފައިންގެ ފަރިތަކުރުމެއްގައި ކަޅުތުއްކަލާ ކޮށިން ގާތްގަނޑަކަށް 10 ސިކުންތުގެ ފަޔަވޯކްސް ޑިސްޕްލޭއެއް ކުރިއަށް ގެންދެވުނު ކަމަށެވެ.

ހަވާ އެރުވުމުގެ ކުރިން ރޭ އެކަން އިއުލާން ނުކުރީ ކީއްވެކަމެއް އެމްއެންޑީއެފް އިން ނުބުނެއެވެ.

ރޭ ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތަފްސީލެއް ވެސް އެމްއެންޑީއެފް އިން ނުދެއެވެ.

ފަހަކަށް އައިސް މާލޭގައި އެކި މުނާސަބަތުތަކާއި ގުޅިގެން ހަވާ އެރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ހަވާ ބަލަން ގިނަ ބަޔަކު ޖަމާވެއެވެ. ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނަމަ މާލޭގެ ޓްރެފިކް ތޮއްޖެހި، އާއްމު ދަތުރުފަތުރަށް ވެސް އެކަމުގެ އަސަރު ކުރެއެވެ.

ހަވާ އެރުވުމުގެ ކަންކަން އާއްމު ފަރާތްތަކަށް ވެސް ކޮށްދެމުން އަންނަނީ ވިޔަފާރި އުސޫލުން އެމްއެންޑީއެފްގެ ކުންފުނި ސިފްކޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤައުމީދޫ

    އަންނަ ސަރުކާރުން ސިފައިންގެ ތެރޭގައިތިބި އިންޑިއާގެ އަޅުންތަށް ވަކިކޮށް މި ޤައުމުދެކެ ލޯބިވާ މީހުންނަށް އިސްމަޤާމްތަށްދީ ، ތަމްރީނުތަކަށް އިންޑިއާއަށް ދިވެހި ސިފައިން ފޮނުވުންވެސް ނިމުމަކަށް ގެންނަންޖެހޭ.

  2. އަޙުމަދު

    ޔޯގާ ދުވަސް ފާހަގަކުރުމަށް ކުރިކަމަކަށް ވެދާނެބާ ؟

  3. އަލީ

    ހަވާގުދަން އޮޓޯއެއްލެވުނީ ކަމައްވާނި ބައެއްގައުމުތަކުގެގުދަންތަކަކުންވެސް ހަވާއަރުވާ މިގޮތައް ޗައިނާ އިންޑިއާއިން ވެސް އެމީހުން އަރުވާލަނީ ބޮޑެތި ބޮޑެތި ގުދަންތައް

  4. މަށަށް ހުރެވުނުތަން ވެސް ނޭނގުނު

    އެވަގުތު މަށަށް އިނދެވުނީ ކަޅުތުއްކަލާކޮށީ ކައިރީގައި ހުންނަ ގެއެއްގަ އެވެ. ކުއްލިއަކަށް ރާސްލާފައި ބަޑިތަކެއްޖެހި އަޑުކަހަލަ އަޑުފަށްގަނޑެއް އިވުމުން ގަންނާކުރެއްވި ބިރެއް ބުނެދޭންވެސް ނޭނގެއެވެ. (މަށަށް ހީވަނީ އެއީ އަތްމުނިމުނިކަވާ މީހަކު ކުރިކަމެއް ހެންނެވެ.)

  5. ކިސް

    ތިއީ ރަގަޅު ވާހަކައެއްނޫން ވަރައް ގިނަމީހުން ވާނުވާނޭގިގެން ވަރައް ބިރުންތިބީ،، ކުއްލިޔަކައް ވަރައް ބިރުވެރި އަޑުތަކެއް އިވުނީ ނިދަން ތިއްބާ..

  6. ކަތީބު

    ތިއެރުވި ހަވާގެ ސަބަބުން ކިރިޔާ ބިރުން ހިތް ނުހުއްޓުނީ