ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އަންނަ ހަފްތާ އިން ފެށިގެން އަނެއްކާވެސް ހަފުތާގެ ހަތަރު ދުވަހު މަސައްކަތަށް ނުކުންނަން ނިންމައިފިއެވެ.

ޕީޖީ ހުސެއިން ޝަމީމް ނިންމަވާފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރާ ގޮތަށެވެ. މިގޮތަށް ކަނޑައެޅި ނަމަވެސް ހަފްތާއަކު ފަސް ދުވަހު ލިބުނު ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ވެސް ލިބޭނެއެވެ.

މިގޮތަށް ނިންމީ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާ އާއި އާއްމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފްސާނީ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޕީޖީ އޮފީހުން ގެންގުޅޭ ތަސައްވުރުގެ ދަށުންނެވެ.

އެގޮތުން ޕީޖީ އޮފީހުން ވަނީ ގޭގައި މަސައްކަތް ކުރާ ދުވަސްތަކުގައި ވެސް ޕްރޮސެކިއުޓަރުން ކޯޓަށް ދާން ޖެހުން ފަދަ، އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ ފަދަ އެ ނޫން ވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތް ކުރަން ނިންމައިފައެވެ.

މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީއެއް ނެގިޔަސް ޖެހިގެން އަންނަ ހަފްތާގައި އާންމު އުސޫލުން ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހޭނެއެވެ.

އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލާނެއެވެ.

މިދިޔަ ރޯދަމަހު ވެސް ޕީޖީ އޮފީހުން މަސައްކަތްކުރީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެގެންނެވެ. އަދި ފަސް ވަނަ ދުވަހު މަސައްކަތްކޮށްފައި ވަނީ ގޭގައެވެ. ޕީޖީން ބުނެފައި ވަނީ އެ ތަޖުރިބާ ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑިމޮކްރަސީ

    ވަކި މުވައްސަސާތަކުން އެމީހުން ބޭނުންގޮތަކަށް 3 ދުވަހު 4 ދުވަހު މަސައްކަތްކުރަން ހަމަޖައްސާ އިރު ދޭހަވަނީ މިޤަވްމަުގަ ހިގަމުންދަނީ ކުޅޭ ކުޅޭ ސަރުކާރެއް ކަން

  2. Anonymous

    ދައުލަތުގެ ނިޒާމް ހަލާކުކޮށްގެން ވަކި ދައުލަތެއް ހަދައިގެން ވަކި ޤައުމެއް ހަދައިގެން ކޮންމެ ބަޔަކު މިއުޅެނީ !

  3. އަދުހަމު

    އަހަރަކު 1 ދުވަހު ނިކުްންނަންވީ

  4. ހައިރާން

    އެއްގޮތަކަށް އޮފީހަށް ނުކުންނާނެ ކަމެއް ނެތް. ފުރިހަމައަށް ތަޖުރިބާ ކޮށްފައި އިންސާފު ލިބޭނީ އޭރުން.

  5. މުޖުތަބާ

    ނެތްތަ 1 ދުވަހަށް ބަދަލުކުރުމުގެ ތަޖުރިބާ ކޮށްލެވޭކަށް.

  6. ހަނާން

    އެއްގޮތަކަށްވެސް އޮފީހަށް ނުގޮސް ގޭގައި އޮވެބަލަ މުސާރަކާން!

    18
  7. ފަނާން

    ކީއްކުރަން ހަތަރު ދުވަހުވެސް ދާންވީ. ޖުޑީޝަރީ ހިންގެނީކީ ނޫން، ސަރުކާރުގެ ޕީޖީގެ ޒިންމާއަކީ ހަމައެކަނި ޔާމީން ޖަލުގަ ބެހެއްޓުން. ގޭންގުތަކުން ލިބޭ ފައިސާއާ ޕޮލިޓިކަލް ޕާޓީން ލިބޭ މަންފާ ގުނަން ގޭގަ ނުތިބޭންވީ ކީއްވެ.

  8. އާދަނާ

    ރާއްޖޭގެ ސްކޫލްތަކުގަ މަސައްކަތްކުރާ ޓީޗަރުންނަކީ އާއިލާއެއްވެސް އެއްވެސް އަމިއްލަދިރުއުޅުމުގަ ޒިންމާއެއް ނެތްބަޔަކީތޯ!؟؟؟ 24 ގަޑިއިރު ސްކޫލްގެ 24 ގަޑިއިރު އެމީހުންލައްވާ މަސައްކަތްކުރުވާފަ ނުވީތާކަށް ދަރިވަރުންނަށް ނޭވާނުލެވޭވަރަށް ކަންތައް ޖައްސަމުންދަނީ ސަރުކާރުގެވެރިން ހަމަހޭގަތިބެގެންބާއޭ ހިތައްއަރާ! ޓީޗަރުންނަކީވެސް އިންސާނުން އެމީހުންގެވެސް އާއިލާއެއްއޮވޭ އެއާއިލާއަށްވެސް ވަގުތުދޭންޖެހޭ، އެމީހުނަށްވެސް ރެސްޓްބޭނުންވޭ! މިކަންތައް ނޭގޭވަރުގެ ގަމާރުމީހުން އެޑިއުކޭޝަން މިނިސްޓްރީގަ އުޅުމަކީ ރައީސަކަށްހުންނަމީހާ ޒިންމާނަގަންޖެހޭކަންތައް!!! ވޯޓްހޯދަން އަނގަފުޅާކޮށްފަ ނައަންނާތި މިވަރުގެވެރިން!

  9. ހަހަހަ

    ތީދެން ފުކެއް ބޮޑުވަރު!

  10. ހުސޭނުބޭ

    ޙަލާލު ވާނީ 4 ދުވަހު މުސާރަ. އަނެއް ބަޔަކީ އަލިފާން