ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ މިއަދަށް ތާވަލް ކުރި ޝަރީއަތް ކެންސަލް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ފަށަން ތާވަލްކޮށްފައި ވަނީ މިއަދު 9:00 ގައެވެ.

މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ކުރާއިރު، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ އެ މައްސަލައިގެ ހެކި ބަސް ނެގުމެވެ. ނަމަވެސް އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް ކްރިކް ރިޒާ އެދިފައިވާ ކަމަށް ކޯޓުން ބުންޏެވެ.

މި ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން ހައި ކޯޓުގައި ކުރިއަށް ގެންދާ އިސްތިއުނާފީ ޝަރީއަތުގެ މަޖިލިސްތައް ބޭއްވުމަށް ހުރަސް އެޅޭ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތް ހިނގަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓްރީޓޮޕް

    ތިޔަ ކުރިކް އިބައިން މާފަންނުކޮޅުގަ ކޮފީބޯން

  2. އަލީ

    އިތުރު ފުޅުހެއްދެވިޔަސް ބޮޑުވަރު ދިވެހިގިނަރައްޔިތުން މިހާރު ރޮއެހިތާމަކުރޭ ތިކަހަލަ ނުބައި ނުލަފާ ރައީސެއް ގެނުވުނީތީ، ވާނުވާނޭނގޭ ކުޑަކުއްޖަކުވެސް ނެތްމިހާރަކު ކޮބާތަ ދެންތިބި މީހުނާ ދައުލަތަށް ހޯދަންޖެހޭ ތޮމާމެންގެ މީހުން އަތުން ނަގަން ޖެހޭހާ ފައިސާތަށް..... ރައީސް ކަމުގަހުންމީހާ އަތްބާނަނީ