ހުޅުމާލޭގައި އިންޑިއާ އެމްބަސީ ހުންނަ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން އެތަނުގައި މިއަދު ހެނދުނު ޔޯގާ ދުވަސް ފާހަގަ ކޮށްފިއެވެ.

ކޮންމެ ޖޫން މަހެއްގެ 21 ވަނަ ދުވަހު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ޔޯގާ ދުވަސް ފާހަގަ ކުރަން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގިއެވެ. އެމައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

އިންޑިއާ އެމްބަސީ ހިންގާ އިމާރާތުގައި މިއަދު ޔޯގާ ދުވަސް ފާހަގަ ކުރިއިރު ގިނަ އަދަދެއްގެ ފުލުހުން އެމްބަސީ ހުންނަ ގޯޅި ބަންދުކޮށްގެން ދަންފޯރިއަށް ތިއްބެވެ.

މިއަދު ހެނދުނު 06:00 ގައި ފެށި ހަރަކާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިވިކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ. ޔޯގާ ހަރަކާތުގެ ފޮޓޯއެއް ވެސް އަދި އެއްވެސް އިދާރާއަކުން އާއްމެއް ނުކުރެއެވެ.

މިއަދު ސިއްރުން ޔޯގާ ހަރަކާތެއް ބޭއްވުމުގެ ކުރިން ރޭ ބައެއް މީހުން ވަނީ މިއަދު ރަސްމީ އެއްވެސް ޔޯގާ ހަރަކާތެއް ކުރިއަށް ގެންދޭތޯ ސާފު ކުރަން މީސް މީޑިއާގައި ސުވާލު ކޮށްފައެވެ. ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން މިއަދު ޔޯގާގެ އެއްވެސް ހަރަކާތެއް ބާއްވާކަން އިއުލާނެއް ނުކުރެއެވެ.

ޔޯގާ އަކީ ކަސްރަތެއްގެ ގޮތުގައި ކުރާކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޔޯގާ އަކީ ހިންދޫންގެ ދީނީ އަޅުކަމަކާއި ގުޅިފައިވާ ހަރަކާތެކެވެ. އެހެންކަމުން އެފަދަ ހަރަކާތެއްގައި މުސްލިމުން ބައިވެރިވެގެން ނުވާނެ ކަމަށާއި އަދި އިސްލާމީ ގައުމެއްގައި އެފަދަ ހަރަކާތެއް ބާއްވައިގެން ވެސް ނުވާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސަން

    ލާދީނީ ސަރުކާރު އިސްތިއުފާ!!!

    29
    1
  2. އިކުރާމު

    ކޮބާ އަދާލަތު ސޭހުން

    32
    1
  3. ޔޯގޭޝް ވަރާޔަ

    ތަހުޒީބު ވުމަށް ގޮވާލަން! ދީނީ ކަންކަމާ އަޅާނުކިޔުމަށް ވެސް ގޮވާލަން!

    6
    35
    • Anonymous

      ކޮންމެ ލާދީނީ މީހަކު ހީކުރަނީ ޔޯގާ އަކީ ކަސްރަތެއްގެ ގޮތުގައި އަދި އެކަން ކުރުމަކީ މައްސަލައެއް ނޫންކަމައް. ނަމަވެސް ހަގީގަތަކީ އެއީ ކަސްރަތަކައް ވުރެން ބޮޑައް ހިންދޫންގެ އަޅުކަމެއް. އެވަރު ނޭގެންޏާ ހޯދީމަ އެނގޭނެ.

      21
      2
    • ކަހީނުބެ

      އިސްލާމްދީން ނޫން ދީނެއްގެ ޙަރަކާތްތައް މިތާނގައި ހިންގުމަށް ޖާގަދިނުމަކީ ތަހުޒީބުވުމެއްނޫން ވަރާ،

      17
      1
    • އައްމަޓީ

      ތަހުޒީބުވުމަކީ ހިތުހުރިގޮތަކަށް އުޅުންތޯ

  4. އާސް

    އާކަމެއްނޫން. މިއީ މިއަދު މި އިސްލާމްވަންތަ ގައުމު ވަކިބަޔަކު ގެންދަން ބޭނުންވާ މިސްރާބަށް ގެންދާތަން. މިހާރަކު އަންނިއެކޭ ބުނާނެ ޖާގައެއްނެތް. ސަރުކާރުން ކުރުވާކަމެއް.

    24
  5. Anonymous

    ރައްޔިތުންނޭ ހަމަހޭވެރިކަން ބަހައްޓާ. މިސަރުކާރު ބަދަލުކުރަން ހިތްވަރާއެކު މަސައްކަތްކުރޭ!

    29
    1
  6. އުގުރި

    މިހާރު އިގޭ މުޅި ގައުމު ބަންދު ކޮއްފައި ވެސް މިމީހުން މިކަން ކުރާނެ ކަން..

    26
    1
    • އިސްލާމީ ބިމެއްގައި ކާފަރަކަށް އެއްވެސް ގޮތެއްގައި ހިމާޔަތެއް ދެވިއްޖެ ނަމަ އެމީހަކު އުޅޭ ތަނެއްގެ ތެރޭގައި އާންމު ނުވާހެން އެމީހެއްގެ ދީނުގެ އަޅުކަން ކުރުމުގެ ހައްގު ދިނުން އިސްލާމީ ޝަރީއާއިން ލިއްބައިދޭ…އަހަރެންވެސް ޔޯގާ އާންމުކޮށް ބޭއްވުމާ ދެކޮޅު އެހެނަސް އިސްލާމީ ޝަރީއާއިން އެއްވެސް މީހަކަށް ލިބިދޭ އެއްވެސް ހައްގަކަށް އުނިކަމެއް އައުމަކަށް ނޭދެން…އެމްބަސީތެރޭގައި ހަމަ އެކަނި އެދީނުގެ މީހުން އެކަން ކުރުން މަނާކުރާ ގޮތެއް އިސްލާމް ދީނުން އަހަރެން ނުދެކެން…

      2
      5
  7. މަރީ

    ލާދީނީ އިބުރޭ.

  8. އެޑްމުންޑޯ

    އެއްކަލަ ބޮޑު އަނގަ ޝެއިޚް ޒައިދު ކޮބާބާ ،

    11
  9. ހުސޭނުބޭ

    ކޮބައިތަ އިޔާޒާއި ޒައިދު!

    10
  10. ޢަހުމަދު

    މިގައުމުގަ މިނިވަނއ ކަން ނެތީ ދިވެހިންނަށް އެކަނި. އިންޑިއާ މީހުން މިތަނުން ފައިބަން އެބަޖެހޭ. ގައުމަށް ގައްދާރުވި ވެރިން ގަދަބާރުން ބާލަން ޖެހޭ. ގައުމު މިނިވަން ކަންމަތީ ދިވެހިންނަށް އިސްކަން ދީގެން ހިންގެވީ ޔާމީނު އެކަނި!

    11
  11. Anonymous

    ކުޑަ ވަރެއްގެ ބައްޔެއް މިއީ
    މިގޮތަށް ހެދީމަ ކިހިނެތްތޯ ވޯޓް ދޭނީ

    10
    1
  12. Anonymous

    އެކަން ކުރުމައްޓަކައި ފޯރިމަރަން ހުރި ކޮންމެ ފުލުހަކު އެވަނީ ދީނުން ބޭރުވެ މުރުތައްދު ވެފަ.

    9
    4
  13. މަރުމޯލް

    ދެންބުނާނެ މިގައުމަށްބޭނުންވަނީ ވަރިބޯ އެކުވެރިއެކޭ ވަރިބޯއެކުވެރިން ގައުމުގަ ލާދީނީ ކަންތަށްހިންގިޔަސް އެނުވޭ ވަރިބޯ ލާދީނީކަމަކަށް ކީކޭބުނާބީ މިގައުމުގަމިހިރަ ޗޯރޭ އިންޑިއާއިން އަދި ވަރިބޯކޮށްދޭނެ ފިސާރިރަށްޔަތުން ބަލަންތިބޭތި.

  14. ހުސެން.

    މިކަލޭގެ ބޭލުމަކީ ދިވެހި އުއްމަތަށް އޮށް ވާޖިބެއް.

    14
    1
  15. ތަޑު

    އެމްބަސީ ތެރޭ ތިމީހުން އަމިއްލަޔަށް ތި ދުވަހެއް ފާހަގަކުރުމަށް ހެޔޮ. ހިމާޔަތްދިނަސް ހެޔޮ. ދޭކަށް ނުވެސް ޖެހޭނެ އެހެންނަމަ.

    ކުރިން އުޅުނީ ދިވެހިން ތެރޭ އެ ފަތުރަން ވިއްޔާ. ގޮސް ހަދާފަ ވިކްޓިމް ހެދެން މިހާރު.

    8
    1
  16. ޔޯގޭޝް ވަރާޔަ

    ކޯޗެއްގަތޯއޮތީ ޙަރާމޭ، ރޯނުއެދުރުން ގިނަވެއްޖެ. މިކޮމެންޓް ޖަހާލަދެއްވާތި!

    2
    10
    • ސަންޕަތު

      އެހެން ދީންތަކުގެ އަޅުކަމެއް ކަސްރަތެކޭ ކިޔަގެން ރިބޭންޑުކުރަން އުޅުނަސް އަޅުކަމެއް ވާނީ ހަރާމް އަޅުކަމަކަށް.

      ޕިލާޓީސް އެޔާ ވަރަށް ވައްތަރު ކަސްރަތެއް އެއީ ، އެކަމަކު އެ ހަދާށެކޭ ނުކިޔައެއްނު. އެއީ ހަމަ ޔޯގާއާ ތަފާތުކުރަން އަޅުކަމަކަށް ވީމަ