ސިޔާސީ ޕާޓީތަކުން ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސް އަޅާ އެތަންތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި، އެކަން ބަލައިނުގަނެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހުރަސް އަޅާ އެތަންތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ.
"މިއީ ކަންބޮޑުވާ ކަމެއް، އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާ އަދި އޮފީސްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަަށް ބުރޫ އެރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން". މިިއުވާން ވިދާޅުވިއެވެ.
މިއުވާން ވަނީ ސިޔާސީ ޕާޓީތަކުން އޮންނަ އުސޫލުގެ ތެރެއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެެވެ.
މިއުވާން މިގޮތަށް ވިދާޅުވިއިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންތަކެއް ދާދި ފަހުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީސް (އެޗްއާރްސީއެމް) އަށް ވަޑައިގެން، އެ ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރެވެންދެން އެތަނުގައި މަޑުކޮށްގެން ތިބެފައެވެ. އިދިކޮޅު މެންބަރުން އެތަނުގައި ފަސް ގަޑިއިރަށް ވުރެ ގިނަ އިރު މަޑުކޮށްގެން ތިއްބެވެ.
އެކަމާއި ގުޅިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅުން ކޮމިޝަނުގެ އޮފީސްތެރެއަށް ވަދެ، އެހެން ބައްދަލުވުމެއް ކުރިއަށްދިޔަ ވަގުތު، ކޮމިޝަންގެ މެމްބަރުންނާ ބައްދަލުނުކޮށް އެތަނުން ނުކުންނަ ދެކޮޅު ހަދައި، އޮފީސް ތެރޭގައި އަޑުގަދަކުރި ކަމަށެވެ.
އަދި އިދިކޮޅުން އަމަލުކުރި ގޮތުގެ ސަބަބުން ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދި، މަސައްކަތުގެ މާހައުލުގައި އެ މުވައްޒަފުންނަށް ލިބެންޖެހޭ ރައްކާތެރިކަމަށް ހުރަސްއެޅިފައިވާ ކަމަށް ވެސް އެ ކޮމިޝަންގެ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ވެސް ބުރޫއެރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުުރުންވެސް ރައީސް އޮފީހަށާއި، އެކި އޮފީސްތަކަށް އިދިކޮޅުން ވަޑައިގެން ބައްދަލު ކުރައްވަން އެދޭތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އަސްލު ބިރުދައްކަނީ ސަރުކާރުން
ޔާމީނު ހިމާޔަތުގޭ ކިޔައިގެން ކޮން ޖެއްސުމެއް ކުރާކަށް ޔާމީނު ޖަލަށްލީ ވައްކަން ކޮށްގެން ސަރިއްޔަތަށް ސާބިތުވެގެން ދައުރު ހަމަވަންދެން މަޑުން ތިބެބަލަ ދައުރު ހަމަވީމަ ވަގު ކަލޭގެ ޔާމީނު ނަގާ ވެރިކަމުގައި ބައިންދައިގެން ތެޅިބާލަބަލަ
އިންސާފައް ހަމަ ރަނގަޅައް މައްސަލަ ބަލާފިއްޔާ އިބޫ ވާނީ އެންމެ ބޮޑުވަގައް
ބޮޑު ވަގުގެ ކުޑަ ބޮޓު ވަގެއް އަވަދިނެތި ކޮމެންޓް ކުރުމުގަ މިއުޅެނީ
މިއުވާންތީކާކުތޯ ތަނެއްގައި އިށީންދެ ވިސްނާލާ ތިމާގެ އަމިއްލަ ނަފުސާމެދު މާދަން ނުވަވަތަ މިވަގުނޫންކަމެއްނޭންގެ މިފަނާކުރަނިވި ތަނާއި ވަކިވާންޖެހޭނީ!
2017 މިސަރުކާރުގަ މިހާރުބޮޑުންނައް ތިބިމީހުނެއްނޫންތަ އިންޑިއާގެ ޓީވީޗެނެލްތަކައްއަރާ ރާއްޖެއައް އިންޑިއާސިފައިންފުނުވާ ވެރިކަންބަދަލުކުރަންގޮވާހެދީ
ޗޯރު ކިނބޫ 5 އަހަރު ވެއްޖެ ބިރު ދައްކާތާ..ބިރު ފަހަނަ އަޅާ ގޮއްފި ހަލިމަހޫރު..2023 ރައީސް ޔާމީން..އިންޝާﷲ..އާމީން
ފިނޑި ސަރުކާރެއް، ޖުއްލާބު ކައިގެންވެސް ހަޖަމު ނުވޭ، ޖަވާބުދާރީ ނުވެވޭތާ ސުވާލު އަޑުއެހުމަށްވެސް ކުޅެދުންތެރިކަމެއް ނެތް ސަރުކާރެއް.
ތަފާތުކުރުންބޮޑު ސަރުކާރެއްމިއީ މިވަރުގެ ތަފާތުކުރުންބޮޑު ހަމައެއްލަމައެއްނެތް ސަރުކާރެއް އަދި ދިވެހިން ނުދެކޭ
ބަލަ މިހިރަ ގިރުވާނާ އިދިކޮޅުގަ ކަލޭމެން ތިބިއިރު ތެޅުނީ ކޮންފާޑަކައް އޭރުގަ ކަލޭމެންނާހެދި މީހަކައްނޯވޭ ހަމަނޭވާލެވޭކައް މިހާރުދެން މާއަބުއިވެގެން ތިޔައުޅެނީ މިހާރު އިދިކޮޅުން އެހިނގަނީ ކަލޭމެން ދެއްކިމަގުން
ޒުރާރު ކަލޭވައްކަން ކުރީ ކަލެއައް ސާފުތަ؟
މުވައްސަސާ އަށް ވަދެ އެތަނުގައި ތިބޭ މީހުންނަށް ބިރުދައްކައި ތިމާމެން ވަރުގެ ބަޔަކު ނެތް ކަމަށް ހެދިގެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ތިގޮތަށް ނޫޅޭ ގޭންގުތައްވެސް
ކިތައްމެވަރަކަށް މަޝްއޫރުވާން އުޅުނަސް ކުރަން ނުޖެހޭ ކަންތައްތައް ހުންނާނެ
އަމައްޔާއި. ކޮބާތަ ކަލޭމެން ގޮސް ނޫސްވެރިންނަށް ވެގެން މުވައްސަސާތަކަށް ބިރު ދެއްކި ދުވަސް؟ މިހާރު ހާދަ ޖަޒުބާތު ވާހަކައެއް ފަށައިގެން ތިޔާ އުޅެނީ މިއުވާނޯ
މިހާރު އެހާ އަަވަހަށް ހިތް ބިރުގަންނަން ފެށީ ދޯ. ވަގުންތައް އަޅާ ޖަލު ފުރާލާ ދުވަސް މިއޮއްގެން އަންނަނީ.