ކްރިމިނަލް ކޯޓުން އެހެން އެއްވެސް މައްސަލައެއް ތާވަލް ކުރުމުގައި ނުގެންގުޅޭ އުސޫލެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ މައްޗަށް ހިންގައި، ފުލުފުލުގައި އެމައްސަލަ ތާވަލް ކޮށްފިއެވެ.

ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މަހުގެ 2، 4، 6، 9، 11 އަދި 13 ވަނަ ދުވަހަށް ތާވަލްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އަދި ޔާމީންގެ ވަކީލުންނަށް ވެސް ޗިޓް ފޮނުވާފައެވެ.

ގާތްގަނޑަކަށް ކޮންމެ ދެދުވަހުން އެދުވަހު ޔާމީންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވާއިރު ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ހައިކޯޓުން ކުރިއަށް ގެންދާ ޝަރީއަތް ވެސް ތާވަލް ކުރުމަށް ހުރަސް އެޅިފައި ވަނީ ކްރިމިނަލް ކޯޓުން ޝަރީއަތްތައް އަވަސް އަވަހަށް ތާވަލް ކުރުމެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔަ ނަމަވެސް ކްރިމިނަލް ކޯޓުގައި އޮތް އެތައް މައްސަލައެއްގެ ޝަރީއަތްތައް މިހާރު ކުރިއަށް ވުރެވެސް ލަހެވެ. މިހާރު ކްރިމިނަލް ކޯޓު އިމާރާތް ބޭނުން ކުރުން މަނާކޮށްފައި އޮތުމުން އެކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ވަރަށް މަދުންނެވެ. އެހެންވެ އެތައް މައްސަލައެއްގެ ޝަރީއަތް ވަނީ ލަސްވެފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ޔާމީންގެ މައްޗަށް މިހާރު އޮތް 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރިނަމަވެސް ކްރިމިނަލް ކޯޓުން އިތުރު ހުކުމެއް އިއްވައިފިނަމަ އަނެއްކާވެސް ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރުސަތު ގެއްލޭނެއެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ހައިކޯޓުން ޔާމީން މިނިވަން ވެދާނެކަމަށް ބަލައި، ދަށު ކޯޓުން އަނެއްކާވެސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަސަން

    ޟީދެން ހާދަހެއްވާކަމެކޭ ތިޔަހެން ވިއްޔާ

    20
    3
  2. ޖޖޖ

    އަވަސް ކޮއްގެންވެސް ކަމަކު ނުދޭ ލަސްކޮށްގެން ވެސްކަމަކުނުދޭ

    5
    30
    • ސޯލޭ

      ހޭބައްޔާ!! ކަމުނުދަނީ ރޭވުން ރާވައިގެން ހަރާން ހުކުމް އިއްވަން އުޅޭތީ.

      41
      4
  3. ނޫނޭ ނުލަފާ

    إِنَّ اللّهَ مَعَ الصَّابِرِينَ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. މި މުބައި ނުލަފާ މީހުންގެ ނުބައި ރޭވުންތެރިކަމަށްވުރެ ﷲ ތަޢާލާގެ ރޭވުންތެރިކަން މާމޮޅެވެ.

    41
  4. ނައިފަރު ޝިޔާމް

    އަވަސް ކޮށްގެން އަދި ލަސްކޮށްގެން ވެސް ކަމަކުނުދޭ! ރަނގަޅުނެތް އެއްގޮތެއްވެސް. އެހެންވީމާ، އެންމެ ރަނގަޅުގޮތަކީ އަވަހަށް މައްސަލަ ބަލާ ނިންމާ، ސާބިތުވާނަމަ، ސާބިތުވާކަމަށް އަދި ނުވާނަމަ، ނުވާކަމަށް ޙުކުމްކޮށް ތިކަން ނިންމުން.

    3
    18
  5. Anonymous

    ޔާމީން އަށް ކެއްތެރިކަން ދެއްވައި މިޖައްބާރުންގެ އަށްދަށުން މިގައުމު މިނިވަން ކޮށް ދެއްވުމަށް އެދި ހައަޖުވެރިން ވެސް ދުައާ ކޮށް ދެއްވުން އެދި އާދޭސް ކުރަމެވެ.

  6. ޓިނު

    ވަގުންގެ ސަރިޔަތްތަށް އަވަސްކުރަންޖެހޭ.

  7. ކެރިބަލަ

    ފިނޑި އިބުރާހިމާ ތިގޮތަކައް ސަރުކާރެއްނުހިންގޭނެ ރައްޔިތުންނުކުމެ ވޯޓުން ބޭރުކުރުމުގެކުރިން ތިމަންނައަކައް ނުވާނޭ ބުނެފަ ގެއައް ކަނޑާލާ ރައްޔިތުންދެވަނަފުރުސަތެއް ނުދޭނެ

  8. ކަނބިލި ބިލްޑިންގ

    އިންސާފު މޮހޮރީ ސޮހޮރީ

  9. މަތާރަން

    ޗޯރޭގެ ދުވަސްދަނީ ޗޯރު ފިލިޔަނުދީ ރަށްޔަތުން އޭނަ ހިފަހަށްޓަންޖެހޭނެ ރ ޔާމީނަށް ދުއްތުރާކޮށްފަ ތިހެން އުޅެވޭނެ ސުންގަޑި ޖެހުމުގެ ކުރިން ރ ޔާމިން މިނިވަންކުރޭ.