ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީއާ ވަނުމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދައުވަތު ދެއްވައިފިއެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެ ޕާޓީއާއި ގުޅެންހުރި ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮންމެ ރަށެއްގެ، ކޮންމެ އާއިލާއަކުން އައި މީހެއް ނަމަވެސް އޭނާއަށް އެންމެ މަތީ މަގާމާއި ހަމައަށް ވާސިލްކޮށްދިނުމަށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު އިލްތިމާސް ކުރަން އަދި ދައުވަތު ދެން މެމްބަރު ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށް. ޖެންޒީ އޮތީ ޗެނާއަށް ޖާބުރާ އެކު." ފައްޔާޒު ވިދާޅުވިއެވެ.

ޖާބިރު ކުރިން ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރެއްގެ މަގާމުގައެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އީސީން ވަނީ އެ ޕާޓީ އުވާލާފައެވެ.

ޑީއާރްޕީ އުވާލީ ޕާޓީގެ ގާނޫނުގައި ޕާޓީ ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިކްމް ކުރާ އަދަދަށް މެންބަރުން ހަމަނުވުމަކީ، އީސީން ޕާޓީ އުވާލުމަށް ނިންމަން ޖެހޭ ހާލަތެއް މެދުވެރިވުމުން ކަމަށް އީސީއިން އޭރުގައި ބުނެފައި ވެއެވެ.

ޑީއާރްޕީ އުވާލި ފަހުން ޖާބިރު އަދި އެއްވެސް ޕާޓީއަކަށް ގުޅިވަޑައެއްނުގަނެވެ. ނަމަވެސް އޭނާ ވަނީ ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް)ގެ ނަމުގައި ޕާޓީއެއް އުފައްދަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ގޯއްޗަކާއި ނުވަތަ ފުލެޓަކާއި މަގާމެއް ދިނީމާ އެމްޑީޕީއަށް ވަންނަން ތައްޔާރު