ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރާ މައްސަލަ އާއި އަދި މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް މައްސަލަ ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނިންމަން ވަގުތު އެބައޮތް ކަމަށާއި، އެކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަތައް ނިންމައި ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އެދިފައި އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ އެދުވަހަށް (03 ސެޕްޓެމްބަރުގެ ކުރިއަށް) ނިންމޭނެ ކަމަށް. ދެމައްސަލަ ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރަނީ. ކޯޓުގައި ވެސް އަޅުގަނޑުމެން މިދަންނަވަނީ މިވާހަކަ އެބޭފުޅުން އެބަދައްކަވައޭ. އެހެންވީމަ ކޯޓުން ވެސް މަސައްކަތް ކޮށްދެއްވާށޭ އެދުވަހަށް ނިންމަވައި ދެއްވަން. އަޅުގަނޑު އުއްމީދު ކުރަނީ އެހައި ތަނަށް ކޮންމެވެސް ހުކުމަކާއި ހަމައަށް އެދެމައްސަލަގަ ވެސް ދެވިދާނެ ކަމަށް." ޝަމީމް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުލުފުލުގައި ތާވަލް ކުރަމުން ގެންދާތީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބޭނުންވަނީ ވީހާވެސް އަވަހަށް މައްސަލަތައް ނިންމަން ކަމަށް އޭނާ އަރިހުގައި ވިދާޅުވި ކަމަށެވެ.

އަދި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ރިޔާސީ ކެންޑިޑޭޓް ވުމުން ވީހާވެސް އަވަހަކަށް ރައީސް ޔާމީންގެ މައްސަލަ ނިންމަން ބާރު އަޅުއްވަމުން ގެންދަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަވަހަށް މައްސަލަ ނިންމަން އަޅުގަނޑުމެން ވެސް އެދިފައި އޮންނާނީ. ނަމަވެސް އޭގެ މާނައެއް ނޫން 24 ގަޑިއިރު ޝަރީއަތް ކުރާށެކޭ. ދިފާއީ ވަކީލުން ވެސް އެއްބަސްވެގެން ޝަރީއަތްތައް ކުރިއަށް ގެންދަން ތާވަލް ކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީ އަޅުގަނޑުމެން ފަރާތުން ޝަރީއަތް ލަސްވިޔަ ނުދިނުމަށް." ޝަމީމް ވިދާޅުވިއެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ކްރިމިނަލް ކޯޓުން މަސައްކަތް ކުރަމުން ގެންދަނީ ހައިކޯޓުން ޔާމީން މިނިވަން ވެއްޖެނަމަ އަނެއްކާވެސް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއްކޮށް ޔާމީންގެ އިންތިހާބީ ހައްގު ގެއްލުވާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހްމަދު

    އެއްގޮތުން ނޫން އަނެއްގޮތުން ޔަމީން ޖަލުގައި ބޭއްވޭތޯ މަސައްކަތް ކުރާނެ! ބައެއްބޭރުގެ ފަރަތްތަކުންވެސް މިކަން ބޭނުންވާނެ!!!

    36
    2
  2. އަނގަ

    ރާއްޖޭގައި ހިންގާ ބައެއްގެ ކޮލެޖުތަކާމެދު ފިޔަވަޅު އަޅަން މާލަސްވެއްޖެ. އިންތިހާބު އަޔަސް ނަޔަސް މީކުރަންވެއްޖެކަމެއް. މިތަންތަނަކީ މީ ބޮޑު ސްކޭމް ހިންގާތަންތަން. ފްރީޑިގްރީން ކިޔަވާ ދަރިވަރުން އަތުން ވެސް އެކިއެކި ކަންކަމުގައި އެތައް ހާސް ރުފިޔާ މިމީހުން އެބަ ނަގާ. އަދި ބައެއް ލެކްޗަރާއިން ދަރިވަރުންގެ މެދުގައި ތަފާތު ކުރުން އެބަ ގެންގުޅޭ. ހަދަނީ ހަދާނެ އެއްޗެއް. ހާއްސަކޮށް މައިކޮލެޖުގެ ބައެއް ލެކްޗަރާއިން ދަރިވަރުންނާއިމެދު މުއާމަލާތު ކުރާ ގޮތް ވަރަށް ހަޑިކަމަށް މައުލޫމާތު ލިބޭ.

    21
    • Anonymous

      އާނ ވަރަށް ގިނަ ކުދިން ކެނޑޭނެ ތި އެމް އައި ކޮލެޖުގެ މެނޭޖުމަންޓު ވަރަށް ކަޑަ ލޯކަލް ެކްޗަރާއިން އެހާ ކަޑަ ހާއްސަކޮށް މާލޭގެ

  3. ހުސޭނުބޭ

    ކަލޭ ތި ހުންނަނީ ނިންމިޔަ ނުދޭން! އެއީ ކަލެޔަށް އެއްޗެތިތަކެއް ނުދޭތީ!

    31
  4. އާނިޔާ

    ކަލެއާ ކަލޭގެ ބައިވެރިން ރޔާމީނަށް ތިދޭ އަނިޔާ ދުނިޔޭގާވެސް ކަލެއަށް ދަށްކަވާނެ.

    37
    3
  5. ޢައިނާ

    މީސްތަކުން ގެ ޢަބުރުކަތިލައި ފުރައްސާރަ ކޮށް އަނިޔާވެރި ކަންތައްތަކަށް ހަމްދަރުދީ ނުވާ އިޙްސާންތެރި ކަމެއް ނެތް ބަޔަކު ކިތަމެ ވަރަކަށް އިންސާފޭ ކިޔަސް ޤަބޫލުކުރާނީ ކިހިނަކުން. ޖޭ.އެސް.ސީ ގެ މެންބަރު ހއ.ކައުންސިލަށް ގާއުކި މައްސަލައިގެ ދަޢްވާ އަނބުރާ ގިންދިޔައީ ކީއްވެ.؟

    28
    1
  6. ގޮވެލި

    ވޯޓުލާން އެއްދުވަހައްވީމަތަ ނޫނީ ކެޑިޑޭޓުންގެ ނަންތައް އިވީމަދޯ

    31
    1
  7. ރަން ރީނދޫ

    ދެން މިނިވަން ވިޔަސް ،ރަނގަޅު ކެމްޕެއިނެއް ކުރާނެ ދުވަހެއް ވެސް ނެތް ވޯޓާއި މި ދެމެދަކު. ތިޔައީ ހިތުން ޔާމީނަށް ކެއްސެއް ދޭން ކުރާކަމެއް. އެކަމަކު އަސްލު ކެހި ލިބޭނެ ބަޔަކީ ޗޯރު އިބްރާހިމާއި އޭނާގެ ބައިގަނޑު. ތިޔަ ކަމުގެ ނަތީޖާ ވަރަށް ހިތި ވާނެކަން ދަންނާތި.

  8. ދިވެހީން

    ކްރިމިނަލް ކޯޓުން ރޭވިގެން ތި ހިންގާ ޖަރީމާ "ދިވެހިން" މިތިބީ ގާތުން ބަލަން. ބައިވެރީން ހީކޮށްގެން ނުވާނެ އެފަދައިން ކަންކޮށް މަގުމަތީ ތިމަންމީހާ ދުއްވާލާ، ހިނގާލާ ކޮފީބޯލާ އުޅެލުމީ ފަސޭހަ ކަމެކޭ! ހަގީގަތަކީ މިހާރު ބޮޑުވާނީ ޔާމީނަށް ތާއީދު ކުރާ މީހުން. ބަލަންތިބޭ ސިޓިން ޕްރެޒިޑެންޓަކަށް ތާރީޚުގަ ލިބޭނެ އެންމެ ދަށް އަދަދުން މިފަހަރު މިގައުމުގެ ވެރިޔަކަށްހުރި ގމރ ވޯޓު ހޯދާނެ.

  9. ސަދޫމް

    ކަލޭމެން ނުހައްޤުން އެމަނިކުފާނު ޖަލައްލައިގެން ތިގެންގުޅެނީ
    އެންމެބޮޑު އިދިކޮޅުޕާޓީގެ 2023ގެ ކެންޑިޑޭޓަކީ އެމނިކުފާނު
    ކަމައް އިޢުލާން ކުރިފަހުން އެއީ ދުނިޔޭގެ ޤައުމުތަކުގަ ކަން
    ހިގާގޮތެއްނޫން ފަހަރެއްގަ ދުނިޔޭންބޭރުގަ ކަންހިނގާގޮތްކަމައް
    ޥެދާނެ އެހެންވީމާ ދުނިޔޭގެ ޤައުމުތަކުންވެސް ގޮވާނެ ދޫކުރަން
    އެކަމަކު ސަދޫމް ސިޓީގެ ޝަރީއަތް ވަރައްތަފާތުވާނެ

  10. ހަނޫމާން ސިންގް

    ޕީޖީއަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާނެ މައްސަލަތަކަށް ދައުވާކުރެއްވުމާއި ނުކުރެއްވުމާއި އަދި ދައުވާ އުފުއްލަވާފަ ކޯޓުތަކުގައި ހިންގަހިންގައި ހުރި މައްސަލައެއް ވެސް އަނބުރާ ގެންދެވުމުގެ ބާރު، ރައިސް ޔާމީނުގެ މައްސަލަތަށް އަނބުރާ ގެންދެވީމަ ނިމުނީ. ދެން ރައްޔިތުން ގޮތެއް ނިންމަފާނެތާ ރައިސްކަން ލިބިވަޑައި ނުގަނެފިއްޔާ އަލުން ދައުވާ އުފުއްލަވާނީ. ވަރަށް ގިނަ ރައްޔިތުންގެ މައްސަލަހަތު އެބަ ގެއްލޭ ރައިސް ޔާމީންްއަށް އިންތިހާބުގައި ބައިވެރި ވެވަޑައިނުގެންނެ ވިއްޖެޔާ

  11. ކޮމެންޓް

    ގައުމަށް ގައްދާރު މީހުންގެ ލިސްޓުގައި މިކަލޭގެވެސް ހިމެނޭނެ.

  12. ޢަލ

    ތެދެއް ހަދާނެކަމަކަށް ގަބޫލެއް ނުރުރެވޭ