އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް/ޕީއެންސީ އާއި އަލަށް އުފައްދަން މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ގުޅިގެން ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތައް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ބާރުގެ ދަށުން ހިންގަމުން އަންނަ ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުން އުފައްދަވަން މަސައްކަތް ކުރައްވާ ޑިމޮކްރެޓްސްގެ ބައްދަލުވުން މިއަދު 11:00 ގައި އޯޝަން ލައިބްރަރީ (މއ. ސައުތު ޝައިން، ޗާންދަނީ މަގު ދެކުނު) ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި އެ ބައްދަލުވުމަށް ފަހު 11:40 ގައި ނޫސްވެރިންނާ ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައިވެއެވެ.

ޕީޕީއެމް/ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަމުން އަންނަ އިރު، މި ފަހުން މާލޭގައި ބޭއްވި އިހްތިޖާޖުތަކުގައި އެކުގައި ބައިވެރިވެ، ސަރުކާރަށް ފާޑު ކިޔާފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ޕާޓީން ވެސް ވާދަކުރާނެ ކަން އިއުލާންކޮށްފައިވާ އިރު، ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް އެމަނިކުފާނުގެ ނަންފުޅު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތް އެ ކޯޓުގައި ދަނީ ހިނގަމުންނެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އަނެއްކޮޅުން ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނަމުންދާ އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުން ގާތީ ނަޝީދެވެ. އެ ޕާޓީން ވެސް ބުނަމުން އަންނަނީ މިވެރިކަން ނިމުމަކަށް ގެނައުމަށް ކޯލިޝަން ހަދަން ޖެހުނު ކޮންމެ ބަޔަކާ ކޯލިޝަން ހަދަން ތައްޔާރަށް ތިބި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރޮމްބަސް

    ލާދީނީ ޑިމޮކްރެޓްސް ބަލައެއް ނުގަންނަން. އެމީހުނާ އެކު ނުކުންނަ ބަޔަކައް ވޯޓު ނުދޭނަން.

    3
    2
    • ލޮލް

      ލަނޑަޔާ ވާނީ ލަނޑަޔާ.. ވެރިކަމާއި ދައުލަތުގެ މުސާރަބޮޑެތި ވަޒީފާތައް ހޯދަން ތިމާމެން ގަބޫލުކުރާ އުސޫލުތައް ބޮލާލާ ޖަހާ ބައެއްގެ އިޚުލާސްތެރިކަމެއް ނުހުންނާނެ.. އެފަދަ ބައެއްގެ ފަރާތުން ހެވެއް ނުނިކުންނާނެ..

  2. ޔާރި

    ޔާމީނަށް ވޯޓު ދިން ވަރަށް ގިނަ މީހުނަކީ ނަޝީދާއި ދެކޮޅަށް ވޯޓު ލާން ޔާމީނައް ތާއީދުކުރި މީހުން. ނަޝީދު ފަހަތައް ޕީޕީއެމް އެރީމާ ލިބޭ ވޯޓައްވުރެ ގެއްލޭ ވޯޓު މާގިނަވާނެ.

    3
    1
  3. ޔާރި

    ޔާމީނަށް ވޯޓު ދިން ވަރަށް ގިނަ މީހުނަކީ ނަޝީދާއި ދެކޮޅަށް ވޯޓު ލާން ޔާމީނައް ތާއީދުކުރި މީހުން. ނަޝީދު ފަހަތައް ޕީޕީއެމް އެރީމާ ލިބޭ ވޯޓައްވުރެ ގެއްލޭ ވޯޓު މާގިނަވާނެ!

    3
    1
  4. ކޯލިޝަންރައީސް

    އައްނި އާއި އެކު ކޯލިޝަން ހަދައިގެން އައްނި އަށް ވެރިކަން ހޯދަދޭން ޕީޕީއެމުން ނިކުންނަނީއޭތަ؟ ޕީޕީއެމް ހަމަ އެހާ ދަށުދަރަޖައަށް ވެއްޓުނީތަ؟ އައްނިއަކީ އަދި މިވީހާތަނަށް ދުވަހަކުވެސް ބަހާއި ޢަމަލުދިމާވި މީހެއްނޫން، އޭނާ ވެރިކަމަށް އަރާ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އޮއްނާނީ ކޯލިޝަން ރޫޅާލުމުގެ މަސައްކަތްކުރުން، އޭނާ ބުނާނީ ރައްޔިތުން ވޯޓުދިނީ ތިމަންނައަށޭ. ކޯލިޝަނަކަށް ނޫނޭ، ކޯލިޝަނަކީ އޭނާއެހާ ރުޅިއައްނަ އެއްޗެއް، ދިވެހިން ހާދަ ހަނދާންބަލިއޭދޯ؟

  5. Anonymous

    ދަނޑިމޮކްރޭޓްސް ( ދަނޑި ޕާރޓީ ) އަދިވެސް ރަސްމީ ސިފައެއްގަ ހުއްދަ ނުލިބޭ ދޯ!

    3
    1
  6. ސޭކިސްޓް

    ގުޑް ނިއުސް ފޯރ ދަ ގައުމު

    1
    3
  7. ނަމަސްތޭ

    ދައްކަވަން އޮތްތަނެއް ދައްކަވާނެ . . ކަލޭމެން ލާދީނީއަށާ ގަންޖާބޯއަށް ގޮވިމީހާތި ހެހެހެ އެއްމެ ފަހުން އެސޮރުކާރިއަށްވެސްދާން ޖެހިއްޖެތާދޯ . . ލަދު

    4
    1
  8. ހިޔާލު

    ގައްދާރު ފަކުރު، މީދާ ޕާޓީ މީހުނާ ކައިރި ނުވިއްޔާ ރަނގަޅުވާނީ

  9. ތުއްތުނާ

    ހެ ހެ ހެ. ދަނޑި މޮހޮރު ޕާޓީވެސް ވެރިކަމާ ؟ ކާކު އެންމެބޮޑުވަޒީރަކަށްވާނީ؟؟

    2
    0
  10. އަބްދޫ

    މައުމޫނު ނަސީދުގެ ފަހަތަށް އެރިއޭ ކިޔައިގެން ހަޅެއްލެވި މީހުން ނަސީދުގެ ފައިބުޑަށް ވެއްޓުނީމަ ލަދުގަނޭ.

    3
    2
  11. އަބްދޫ

    މައުމޫނު ނަސީދުގެ ފަހަތަށް އެރިއޭ ކިޔައިގެން ހަޅެއްލެވި މީހުން ނަސީދުގެ ފައިބުޑަށް ވެއްޓުނީމަ އެވީ ކޯންޗަކަށް

    1
    1
  12. ޤައުމިއްޔަތު

    ތީތިކަޑަ

    3
    1
  13. ހުސެން

    ވެއްޓިދާނެތީ ބިރުގަންނަނީދޯ ބިރުގަތަސް ﷲ އިރާދަކުރެއްވިއްޔާ މިވެރިކަމެއް ދެވަނަފަރަކު(އަންނަދައުރަކު)ނޯންނާނެ

    4
    3
  14. ހަގީގަތް

    އިބޫވެސް ވެރިކަމަށް އައީ ހުރިހާ ލާދީނީ ބަޔަކާއި ދީނީ މީހުނާ އެއްކޮއް ކޯލިޝަން ހަދައިގެން.
    ޕީޕީއެމް ޕީއެންސީން ނޫޅޭ ކޯލިޝަން ހަދާކަށް އުޅުނީ ގުޅިގެން ބަލިކުރަން

  15. ބަރުގޮނު

    2008 އިން ފެށިގެން އެކިި ނަންނަމުގައި ފެންނަމުން ދިޔަ ވާދަވެރި ދެފަރާތް އެކުވެގެން ކުޅެންމިއުޅޭ ޑްރާމާ ދެފަރާތުން އެދޭ ގޮތަށް ކުޅެވިއްޖެ ނަމަ ، " ދެބުޅަލުގެ އަރާރުން " ޖެހޭނެކަމާމެދު ޝައްކެއްނެތް. އެހެން ދިމާވެއްޖެ ނަމަ ރާމާމަކުނު ތަމްސީލު ކުރާ ފަރާތަކަށް މޮޅުވާނެ.