މާލޭގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ގެދޮރުގެ މައްސަލައިގެ ނިޒާމަށް ގެނައި ހައްލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެނެސްދެއްވި ނިޒާމީ ހައްލެއް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ރައީސްކަން ވެސް ކުރައްވާ އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދު ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނދާން ހުންނަން ފެށީއްސުރެ ވެސް މާލޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ ގޯތީގެ މަައްސަލަ ކަމަށެވެ.

މާލޭ ސަރަހައްދުން ގޯތި ދިނުމަކީ އެމައްސަލައަށް ގެނައި ނިޒާމީ ހައްލެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ ވެސް އޮތް އެންމެބޮޑު މައްސަލަ މާލޭ ރައްޔިތުންގެ ގޯތީގެ މަައްސަލައަށް އިންގިލާބީ ހައްލެއް ގެނެސްދެއްވާ މާލޭ ސަރަހައްދުގެ އެންމެ ބޮޑު މައްްސަލައިގެ ނިޒާމަށް މިގެނެސްްދެއްވި ބަދަލަށްޓަކައި ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއަށް އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ޝުކުރާއި މަރުހަބާ ދަންނަވަން." ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ޓްވީޓްގައި ވަނީ ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭންގައި ބޭނުން ކުރައްވާ ހޭޝްޓެގް ކަމަށްވާ #Ibu2023 ވެސް ހިމަނުއްވާފައެވެ.

އިއްޔެ ސަރުކާރުން ވަނީ 5000 ގޯތި ލިބޭނެ މީހުންގެ ވަގުތީ ލިސްޓް އިއުލާންކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އިއްޔެ އިއުލާން ކުރި 5000 ގޯތި ލިބުނު މީހުންގެ އިތުރުން ގޯއްޗަށް ކުރިމަތިލި 9544 މީހުންނަށް ވެސް ގޯތި ލިބުމުގެ ޝަރުތު ހަމަވާ ކަމަށާއި އެފަރާތްތަކަށް ވެސް ގޯތި ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާޟި

    ހީ ނުކުރާ ވަރުގެ ޑީ ގުރޭޑު މީހުން ވެސް އުޅޭ

    28
    1
  2. ކާފަބޭ2020

    ވުޖޫދުވާނެކަންވެސްނޭންގޭގޯތިތަކަށް ހޭނެތިފަނުވަތަ ހުވަފެނުގައިވެސް ވޯޓުލާންނުދެވޭނެ! ކުރިންވޯޓުދެވުނީތީމިއޮތީ އަމިއްލަދުފާއެތިކޮޅުވެސް މޯގޭޖްކޮށްފަނުވަތަވިއްކާލާފަ! ވީމާ، ދެންވޯޓްދެވޭނީ އަމިއްލަމަސްލަހަތަށްވުރެ ޤައުމުގެމަސްލަހަތު އިސްކޮށް ދައުލަތަށްލިބެންޖެހޭފައިސާތަށް މަޢާފުކުރުމެއްނެތި ދައުލަތަށްހޯދަދެވޭނެމީހަކަށް ރައިއްޔަތުންގެފައިސާ އަމިއްލަ މަސްލަޙަތަށް ބަހާމީހަކަށްވޯޓުލާކަށްބޭނުމެއްނޫން އޯކޭ!!!!!!!

    10
  3. ހުސެން ކިރުޓޭ

    ސިޔާމޫ އަހަރެންވެސް އުފާވަނީ އެޔެއް މިޔެއް ނުބަލާ ހިތުހުރި ގޮތަކައް ބަހާލީ ކަރުދާސް ތަކެއް ދެން ގޯތި ލިބުނު މީހުން ޖެހޭނީ ލޯމަރާލާގެން ހިތައް ގެނުވަން މިތަން 10 ބުރިޔައް ހެދިފަކަމައް މިހިރީ ކުލިލިބެނީ ލިބޭކުލިން އެމެރިކާގެ ލަސްވެގާސްގަ ޕާޓީކޮއްލާ މަޖާކޮއްލުމުގަ

    10
    1
  4. އަހްމަދު

    ޝިޔާމް ދެންކަލޭގެ ހުދުއަހުގަ ސޯލިހް ގޮވައިގެން މާލޭގެމަގުތަކުގަ ބުރެއްޖައްސަވާލަދެއްވަންވީނޫންތޯ

    13
    1
  5. ޟޮޑާ

    މޮޔަގޮވާ
    ކާކު ހިއްކި ބިމަކުން ގޯތި ދިނީ ލަދުނުގަނޭތަ ތިކަހަ ގޮތަށް ގޯނި ފުލައްލާން

    13
    1
  6. ޙެހެހ

    ކަނޑުފަޅުން ގޯތިދޫކުރުމަކީ ވމޮޅު ހައްލެއް ، އެމީހަކު އަމިއްލައަށް ހިއްކަންވީދޯ

    12
    1
  7. މޫސަ

    ސިޔާމޫ ހިލްޓަންއަށް 24 މިލިޔަން ޑޮލަރު ދައްކާފަ އަގަ ހުޅުވަބަލަ.

    14
    1
  8. އއ

    ހީލަތ

  9. ރިއްފަތު ފަންކާ

    ލަދު ހަޔާތްކުޑަކަން ބަލާބަލަ.ޔާމީން ބިންހިތްކީމަ ހިލޭބަހަލަނި.ހަލީހެދީމަ ބިސްއަޅާ އުސޫލު

    3
    1
  10. ސަމްކުޅިބޭ

    ރަޢިސް ޔާމީނު ހިއްކި ބިމުން ގޯތި ދިނުމުން ހުރިހާ ޝުކުރެއް ރައްދުވަނީ ރައީސް ޔާމީނަށް. ޝުކުރިއްޔާ ރައީސް ޔާމީން