މާލޭގެ ސަލަމްނާ މިސްކިތު ގޯތި ތެރޭގައި ބިދޭސީންތަކެއް ޓިކްޓޮކް ހެދި މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންވެސް، އެކި ތަންތަނުގައި ތިބެގެން ޓިކްޓޮކް ގަދާ އާއްމު ކުރެއެވެ. އަދި މިފަދަ ޓިކްޓޮކްތަކަށްވެސް ސަމާލުކަން ލިބޭއިރު، އެކަމަކު މިސްކިތު ގޯތި ތެރޭގައި ބަޔަކު ނަށާ ޓިކްޓޮކް އާއްމު ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ.
މިހާރު އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ އަންހެނުން ތަކެއް ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި ނަށާ ތަނެވެ. 12 ސިކުންތުގެ އެ ވީޑިއޯގައި ހަތަރު އަންހެނަކު ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި ނަށާ ތަނެވެ.
އެ ވީޑިއޯ އާއްމުކޮށްފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެެވެ. އެ ވީޑިއޯއަށް 17 ހާސްއަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެ ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، މި މުޑުދާރު ގާނޫނާ ހިލާފު އަމަލު ހިންގި މީހުން ހޯދާ މިހާރުން މިހާރަށް ފޮނުވާލަން ޖެހޭ ކަަމަށް ބުނެފައެވެ.
"ކޮމާ ސެކިއުރިޓީ، ކޮބާ މޯލްޑިވްސް ޕޮލިސް ސާވިސް، ސައިކަލުތަކުގައި ސްޓިކާ ޖަހަމުން ޖޫރިމަނާ ކުރަމުން ދުވީމަ ނިމުނީ ދޯ". އިތުރު މީހަކު ކޮމެންޓް ކޮށްފައި ވެއެވެ.
އެ ވީޑިއޯއަށް ކޮމެންޓް ކުރި ރާއްޖޭގެ ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ، މި ވީޑިއޯގައި މި ފެންނަނީ ގޮތެއް ފޮތެއް ނެތް އަމަލެއް ކަަމަށެވެ. އަދި މިފަދަ ނުބައެއް ތަކުރާރު ނުވާނެ ފަދައަކުން ކަންކަން ތަރުތީބުވެ، އެކަށީގެންވާ ފިޔަވަޅު އެޅެން ޖެހޭ ކަމުގައި ދެކޭ ކަަމަށް ވިދާޅުވިއެވެ.
"މިސްކިތްތަކުގެ ހުރުމަތް މުސްލިމުން ހިފަހައްޓަން ވާން. މިސްކިތްތަކަކީ މުސްލިމުންގެ މުގައްދަސް ތަނެއް". އޭނާ ވިދާޅުވިއެވެ.
އިތުރު މީހަކު ވަނީ މިސްކިތްތަކުގެ ހުރުމަތް ކަނޑާއިރުވެސް ފުލުހުންނާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓްރީ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަޅާނުލާ ކަމަށެވެ. އަދި މި އަންހެނުން ހައްޔަރު ކުރުމަށް ގޮވާލާފައި ވެއެވެ.
މިސްކިތައް އޮރިޔާމާ ފަތުރުވެރިން ވަނަސް ކުރެވޭކަމެއް ނެތް.
kiyavaa ކުއްޖަކަށް އޮޅިގެންވެސް ނިދިފިޔައެއް ޖެހުނަސް މަސައްކަތު މީހާ އައިސް ފޮޓޯނަގާ ހަނގާކޮށް ބޭރުކުރޭ.
ލާދީނީވެރިން އިސްތިއުފާދީ ބަލަ ކާފަރުވެރިން
ވަށައިގެން ކެމެރާ ހަރު ކޮށްފަ އޮންނަ ތަނެކެވެ.
އޭ ޒައިދު، ކަލޭ މޮޔަނުވެ، ކަލޭ އިބޫ ސޯލިހާ ވަގު ޑީލިހަދައިގެން ހޯދި ވަގުބިމުގަ ގެއަޅަންދޭ... ދިވެހިންނަން ދީން ކިޔަވައިދޭނެ އުރައްޕެއް ކަލޭގަޔަކު ނެތް.
ތިކަމެއް ފެއްޓީ ހަމަ ދިވެހި އަންހެނުން. މިސްކިތްތަކުގެ ގޯތިތެރެ އެމީހުން ވިއްކާ ހެދުންތައް އިސްތިހާރު ކުރަން ފޮޓޯޝޫޓު ޖައްސާ ސްޓޫޑިއޯއަކަށް ބޭނުންކުރީ. ދެން އެހެންމީހުންނަށް ކިހިނެއް އެނގޭނީ ކުރެވިދާނެ ނުކުރެވިދާނެކަމެއް ތިތާ.
އެއީ އިންޑިއާ މީހުންނެއް ނޫންތޯ؟ އޯކޭ ވާނެ
ދިވެހިންނަށް ވަރިހަމަވާނެ ކޮންމެ ކަމެއްވެސް.
ރާބޮއެގެންމިސްކޖތަށްއަރާ ގޮރުނުލައިފިއްޔާވާސާބަސް..
މީވާގައުމެއްއިނގޭ...ޕޮލިހުންނަށް ވެސް ފެންނަނީ ދިވެހިންކަމެއްކޮއްފިއްޔާ..އުފުލާލައިގެން ގެންދާނެ..މާތްކަލާކޯ...މިސްކިތެއްމަގުމައްޗެއް ޕާކެއްނޯވެ..ހަމަހަމަ
ނުޖޫމީ ގޮތުން ބަލާއިރު ތިޔަކަން ހުއްދަވާނެ މިސަރުކާރުގައި- ފަތުވާ - ސޭކުން ގެ ޕާޓި.
ފުލުހުންނާ ސިފައިން މިހާރުވެސް ތިބީ ގާނޫނާ ހިލާފުވެފަ އެއީ ގާނޫނާ ހިލާފައް އިންޑިއާ ސިފައިން މިގައުމުގަ ބޭތިއްބިއިރުވެސް އެއްޗެއްބުނާކައްނުކެރުނު. ދެންކޮންކަމެއްރަނގަޅުވާނީ