ށ. ފޭދޫ ބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށު ބަޔަކު ރުޅިގަދަވެ، ދަނޑުގައި ގަސް އިންދައިފިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް "ވަގުތަށް" ވިދާޅުވީ ރޭގެ ވަގުތެއްގައި އެ ދަނޑުގައި ފަތްކެޔޮ ގަހާއި ރުކާއި އަދި ފަޅޯ ގަސް އިންދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގަސްތައް އަދިވެސް ދަނޑުގައި އިންދާފައި އެބަހުރި ކަމަށާއި އަދި މިއަދަކީ އީދު ދުވަސް ކަމަށް ވުމާއެކު އެ ގަސްތައް ނަގަން އަދި ނޫޅެވޭ ކަމަށެވެ.

ނަމަވެސް ގަސް އިންދުން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައިސަމް ވިދާޅުވީ ދަނޑުގައި ގަސް އިންދީ އެތައް އަހަރެއް ވީ އިރު ވެސް ދަނޑުގެ މަސައްކަތް ނުނިމި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭންއަށް އެ ރަށަށް ވަޑައިގެން ޓާފް ދަނޑު އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެ ވައުދު މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ވެސް ތަަކުރާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދައުރު ނިމެންދާ އިރު ވެސް ނިމިފައި ވަނީ ދަނޑުގެ ވަރަށް ކުދިކުދި މަސައްކަތްތައް ކަމަށާއި ދަނޑުގެ މަސައްކަތް ހަވާލު ކުރި ފަހުންވެސް އަހަރެއްވާން ކައިރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހަދަން ނިންމާފައިވާ ދަނޑުތައް ލަސްވެގެން ރައްޔިތުން ނުކުމެ ގަސް އިންދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    ތީ އަސްލު ވަރައްރަނގަޅު ގޮތެއް ކުޅެގެން ތިރަށު މީހުންނައް ފައިސާއެއް ނުލިބޭނެ އެކަމު ކެޔޮގަޑެއް 400ވިަކާލެވޭނެ އަދި ފަޅޯވެސް ވިއްކޭނެ ހަމަ ޒުވާނުން ދަނޑުހައްދާ ބިމަކައް މާރަނގަޅުވާނެ

    15
    • ހުވަދޫމީހާ

      މައްސަލައަކީ އެފްއޭއެމްގެ ސިޔާސަތެވެ. މިހާރު ގެ ސިޔާސަތު ދައްކުވައިދޭމަންޒަރަކީ ފުޓްބޯޅަޔަށްވުރެ ބޮޑަށް ފުޓްސަލް ކުރިއަރުވަން ކުރާމަސަތްކަތެވެ. ސަބަބަކީ ފުޓްސަލް އަކީ މާލޭގެ ބޮޑެތި ގޭންގް ތަކުން ހިންގާ ޓީމްތަށް ވާދަކުރާ ކުޅިވަރަކަށް ވުމުން ގޭންގް ތަކުގެ ނުފޫޒް ސަރުކާރާއި އެފްއޭއެމްގެ ތެރޭގައި ގަދަވުމެވެ. ބައްސާމް ގެ މަގާމް ދިފާއުކުރުމަށް ގޭންގްތަށް ކުރާ ބުރަ މަސަތްކަތެވެ.

  2. ހުސޭނުބޭ

    ރާއްޖޭގައި ކަރާ ދަނޑާއި ފަޅޯދަނޑާއި ފަތްކެޔޮ ދަނޑު ހަދާ ވާހަކަ ބުނުމުން ފީފާގެ ރައީސް ހުރީ ކޮސްވެފައި "މައުލޫފް"

  3. ދަރަނި ދަންތުރަ

    މަހުލޫފް ހަދާ ފުޓްބޯޅަ ދަނޑުތައް ފެއްނާނީ ޕުރައިވެޓް ޖެޓު ގައި ދަނޑު މަތިން އުދުހުނީމައި ، ފޭދޫ ރައްޔިތުން ކޮންމެ މީހަކު ޕުރައިވެޓް ޖެޓެއް ގަނެލާ ދެން ރަށް މަތިން އުދުހެން ފަށާ މަހުލޫފް ހަދައިދިން ފުޓްބޯޅަ ދަނޑުތައް ފެއްނާނެ ، ފީފާގެ ރައީސް ހޭނެތިގެން ދަނޑުމަށްޗަށް ވެއްޓިފައިވާ މަންޒަރު ވެސް ފެއްނާނެ

    2
    2
  4. އަޙްމަދު

    ދަނޑު ތިއޮތީ ލިބިފައި، ދެން ކުޅެން ފަށާ.... އަދިވެސް ވޯޓް ދީ
    މާލޭ ގައި ވެސް ގޯތި ދިނީ ފަޅުން... ގޯތިދޭން މަޖުބޫރުވީ
    ގޯތި ލިބޭތަން ދައްކަނީ ޗާޓުންނޯ - ޖުލައި 15ގެ ފަހުން ގޯތި ބަލަން ދާން މާސްކާއި ފިންސް ހަމަ ކުރެވޭތޯ މިބަލަނީ..