ރައީސް، ޑރ. މުހައްމަދު މުއިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.

މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރަފަކައްދަ

    ރާއްޖޭގައި ބޭންކް ތައް މަދުވެގެންތޯ ޤައުމު ތަރައްޤީ ނުކުރެވިގެން މި އުލެނީ! ވެރިކަމަށް އަރާ ވެރިޔާ އާއި ދެންތިބޭ ވެރިންގެ އިޙްލާސް ތެރިކަން ނެތީމަ ޤައުމެއް އަދި ރައްޔިތުން ނެއްވެސް ތަރައްޤީ އެއް ނުވާނެ!އަބަދުވެސް ބަލަނީ ތިމާ އާއި ތިމާގެ އަޢުވާނުންގެ އަންބޮނޑި ބޮޑު ކުރެވޭނެ ގޮތެއް ވޭތޯ!

    • ކަރީމް

      ކަންކަން ނޭންގެންޔާމު ކޮމެންޓު ނުކުރޭ އިނގޭ