މިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކުގެ ތެރެެއިން މިހާތަނަށް ހަވާލުކޮށްފައިވާ ނުވާ ގޯތިތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ޤާނޫނަށް ގެނައު އިސްލާހުގެ ބިލު ތަސްދީގު ނުކޮށް، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

މި ބިލަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، މިމަހުގެ 2 ވަނަ ދުވަހު ރައީސްގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ބިލެކެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް، ރައްޔިތުން ދޫނުކޮށް އެތަކެއް ދުވަހެއް ފާއިތުވެގެން ގޮސްފައިވާތީއެވެ. ގޯތިތައް ހަވާލު ނުކުރާ ކަމަށް ބުނެ އެ އިސްލާހު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، މީކާއީލް ނަސީމްއެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙެހެހ

    ޝުކުރިއްޔާ ރައީސް ، އަބަދު މިޤައުމުގެ ބިންތައް އެމްޑީޕީ މީހުނަށް ނުފޭރެވޭނެ ، މިމީހުން މީހުނަށް ނުލިބެންޏާ ނާއިންސާފް

    24
    3
  2. ރައްދު

    މޑޕ އިންދަމާ ގުއިރޯނުގައި ޖެހޭނީ ހަމަ އެމީހުންނެވެ އެހެން ބަޔަކު ނޫނެވެ.

  3. ތުްއްތުބޭބެ

    ސާބަހޭ ރައީސް މިދަނޑިވަޅުގައި ކުރެވުނުކަމެއް ކުރެވޭނީ މަދުނުވާވަރުކުރާތި ކުރިޔަށްއޮތް ދައުރެއް ނުލިބޭނެ ބިންބިމާ ހުރިހާތަކެއްޗަކާ ބޭތެލްމާލު އެއްކޮށް ހުސްކޮލާ ތިޔަވީ މުވެގެން އުލުނުކަންތަށް

  4. ތުްއްތުބޭބެ

    ޞަރުތީލަކުރަން