މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރިއިރު، ގޯތި ލިބޭ ރަށްވެހިކަން ބަދަލު ކުރި އިންޑިއާ މީހާގެ އަންހެނުން އޭނާގެ ދިފާއުގައި ނުކުމެއްޖެއެވެ.
ހައުސިންގ މިނިސްޓްރީ އާއި 'ގެދޮރުވެރިޔާ ކޮމިޓީ'ން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި ހަބީބް ރަހިމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ އެ މީހާއަށް ވަނީ ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައެވެ.
އެލިސްޓުން ދައްކާ ގޮތުގައި ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އެމީހާއަށް އޮވެއެވެ.
އޭނާއަށް ގޯތި ލިބޭތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، އެތައް ބަޔަކު ވާހަކަދައްކަމުންދާއިރު، އޭނާގެ އަންހެނުން ރައުނާ މުހައްމަދު ރަޝާދު ވަނީ އެކަމާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދީ ކޮމެންޓްކޮށްފައެވެ. އެގޮތުން އޭނާ ބުނީ ފިރިމީހާއަށް ލިބެން ޖެހޭ ހައްގަށް ޔުނިކަން އަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، ހުރިހާ ވިޔަފާރިއެއްވެސް ކުރަނީ ސަރުކާރަށް ދައްކަން ޖެހޭ ހުުރިހާ އެއްޗެއް ދައްކައިގެން ކަމަށެވެ.
އޭނާ މިގޮތަށް ބުނުމުންވެސް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ޓެކްސްތައް ދެއްކުމަކީ އެއީ މާލެ އިން ގޯތި ހައްގުވާން ޖެހޭ ސަބބަެއް ނޫން ކަމަށް އެކަކު ޓްވީޓްކޮށްފައި ވެއެވެ.
Firimeehaa ah libenjehey haggan unikan annan jehey kamen noon hurihaa viyafaari eh ves kuranee sharukaaran dhankkanjehey hurihaa ehchen dhakkagen eh ves kamen nuhaggun nukuran raees Nasheed ah varan ragalhan egi lavvane alhugadhu hurihaa ehchen raees Nasheed ah dhennevin
— RAUNA MOHAMED RASHAD (@RaunaRashad) June 27, 2023
އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާގެ ރައީސް މިދުއަމް ސައުދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެމީހާ މާލޭގެ ރައްވެއްސަކަށް ބަދަލުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ކަމަށެވެ. އަދި އޭނާއަކީ ކްލަބް ހައުސްގައި ވަރަށް އަޑުހަރުކޮށް އުޅޭ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވެސް މިދުއަމް ވިދާޅުވިއެވެ.
އޭނާއަށް ގޯތިލުމުގެ ޝަރުތު ފުރިހަމަވެފައިވާއިރު، ސަރުކާރުން އާންމު ކުރި އެލިސްޓުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްއެމްޕިއާރުސީގެ ހިޔާނާތުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ހިމެނޭތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އަތޮޅުތަކުގެ މީހުން މިގައުމުގަ އުޅެނީ ޗޯރުންހެންތަ؟
ނޫނޭ އިންޑިޔާ މީހަކަށް ވާތީވެސް ގޯތި ދޭންޖެހޭނެ
ޓެކުސް ދެއްކުން ބިންވެރިއަކަށް ވާނަވީ ސަބަބެކަމަށް އިގިފައެއްނެތް
ޓެކްސް ދައްކައިގެން ބޭރު ގައުމުތަކުގައި ދިވެހިން އުޅެނީވެސް. ގޯތި ނުލިބޭ
އެމްޑީޕީ މީހުންގެ ވިސްނުން ހުންނާނީ ސެކިއުކަރ ކޮށް. ޓެކްސް ދެއްކުމަށް ނޫން ބަލަން ޖެހެނީ މިބިމުން ގޯތި ދޭއިރު. އެމެރިކާ އަށް ދަގަ
ފަތުރުވެރިންވެސް ޓެކްސް ދައްކާ.
އަހަރެމެން މާލޭ ދަފްތަރުގައި ޖެހިގެން 20 އަހަރުވީ އެކަމަކު ޝަރުތު ހަމައެއް ނުވި...އިންޑިއާ މީހާ ޝަރުތުހަމަވެ ގޯތި ލިބެނީ ...ރާކަނި މަސް ކެވެިފައެއްނު މިތިބީ...ޤައުމުން ފައިބައިގެން ދާށޭ އިބުނަނީ ރީތިކޮށް....
ގޯތި ދެނީ ޓެކްސް ދައްކާތީއެއްނޫން ، ގޯތި ދެނީ މާލެއަށް އުފަން ރަޢިއްޔަތުންނަށް.. ޥީމާ ރާއްޖެއަށްވެސް އުފަންނުވާމީހަކަށް ކިހިނެތްތަ ގޯތި ދެނީ ،އަދި ޝަރުޠު ހަމަވާނީ
މާލެއަށް އުފަންވެދާނެ އިންޑިއާ މީހަކު ވެސް. މިހާރު ވަރަށް ގިނަ ދިވެހިންގެ ދަރިންވެސް އުފަންވޭ ރާއްޖެއިން ބޭރުގަ ވއެކިބގައުމު ތަކުގަ އެކަމަކު އެ ނުވާނެ އެތަނެއްގެ ރައްޔިތަކަށް. އެލިސްޓްގަ އޮންނަ ކަމަށްވޭ ކުރިން ރާއްޖެ ނޫންތަނެއްގައި ރަޖިސްޓްްރީ ވެފައިވާ މީހަކަށް ނުވުން. މިކަލޭގެ އަންހެނުން ރަގަޅަށް ފޯމް ނުކިޔާ ދޯ މިތެޅިބާލަނީ
އަހަންނަކީ ދިވެއްސެކެވެ. ކުރިން ރާއްޖެތެރޭ މީހެއް މިހާރުމާލޭ މީހެއް އަދި ޓެކްސްވެސް ދައްކަމެވެ. އެކަމަކު މަގޭ ފޯމްލާން ޝަރުތުވެސް ހަމަނުވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ކަނބުޅޯ! ޓެކްސް ދައްކައިގެން މި ޤައުމުގާ ވަރަށް ގިނަ ބިދޭސީން ވިޔަފާރި ކުރަމުން ދިވެހިން ނާއި ކައިވެނި ކޮއްގެންވެސް އުލޭ. ޙާއްސަ ކޮއް ބަންގްލަދޭސް މީހުން. މި ހުރިހާ މީހުނަށް މި ޤައުމުން ގޯތި ދޭންވެއްޖެ ނަމަ ކޮބާހޭ ސަލާމަތަކީ! އަޅުގަނޑަކީ އިންޑިއާގެ ބެންގަލޫރު މީހަކާއި އެނދެގެން އެޤައުމުގައި ވިޔަފާރި ކުރާތާ 30 އަހަރު ވެފައިވާ މީހެއް. ތިޔަ ބުނާ ގޯއްޗެއް މޯދީ ޖީ މަށަކައް ދޭނަމޭ ހިތައްވެސް ނާރާ. އެކަމަކު ތިޔަ ބުނާގޮތުން މަށައްވެސް ލިބެންޖެހޭނެތާ! ވ ވެދުން.
ދިވެހިން ހޭދަކުރި ލާރިން ތިޔަބުނާ އިންޑިޔާގެ ޓްރިވެންޑްރަމް ތަރައްގީ ވެފަ އެއޮތީ.. އާސަންދަގެ ބޮޑުބައިހޭދަވަނީ އިންޑިޔާއަށް އެހެންވީމަ، ދިވެހިންގެ ދަރިންގެ ދަރިން އަަށްވެސް ތިޔަ އިންޑިޔާ އިން ގޯތިލިބެންޖެހޭނެ.. އެހެންނުން؟
ޖެހުނީ އޮޅުމަކުންނެވެ. އެކަމު ލިސްޓް އަށް ބަދަލެއް ނާދެ އެވެ.
އަހަރެންންކީ ހަތަރު ކަށިމަތި ރާޖެ ރެފިޖީ މީހެއް އަހަރެންވެސް ދިވެހި ދައުލަތައް ޓެކްސް ދައްކައް
ޓެކްސް އެކަނިތަ އޭނަ ދައްކަނީ!!!
އިންޑިއާމީހާގެ އަންހެނުން ކައިރީގަބުނޭ، ޓެކުހަކީ ކަލޭމެންއެކަނި ދައްކާއެއްޗެއްނޫނޭ
އެމީހާ އެއީ ގާނޫނީ ގޮތުން ދިވެހި ރައްޔިތެއް. ރަށްވެހިވެފައި ވަނީ މާލޭގަ. ކުޅުދުއްފުއްޓަކު ނައިފަރަކު ނޫން. މާލޭ ރައްޔިތެއްގެ ހައިސިއްޔަތުން ގޯއްޗަށް ހުށަހެޅީ ޖޮއިންޓު ފޯމެއްގަ. ދެން ދެއްކޭނެ ވާހަކައެއް ނެތް ތިޔަކު. ތިޔަށް ވުރެ ނާއިންސާފު މާލޭގައި ގެދެރުހުރެމެ މީހުންނަށް އިތުރަށް ގޯތި ލިބުން. ބޭރު މީހަކު ގާނޫނީ ގޮތުން ދިވެއްސަކަށް ވުމަށް ފަހު އެވާނީ ދިވެއްސަކަށް.
އިންޑިޔާ މީހަކަށް ގޯތި ދޭންޖެހޭ ނަމަ، އިިިންޑިޔާގަ އުޅޭ ދިވެހިންނަށްވެސް އިންޑިޔާ އިން ބިން ދޭންޖެހޭނެ. ރާއްޖެ ކުޑަވުމަކީ އިންޑިޔާގެ އަޅުވެތިކަމަށް ދާންޖެހޭ ސަބަބެއް ނޫން.
އަމައްޔާއި ޤައުމުތަކަށް ގޮސް ހުރިހާ މީހުންވެސް އެގައުމެއްގެ ޓެކުސް ދައްކާ، އަހަރުމެން އިންޑިޔާ އަށް ގޮސްފަވެސް ޓެކުސް ދައްކަން އިންޑިޔާކުން ގޯތި ނުލިބޭ !
ނުޖެހޭ ލިބޭކަށް. ދިވެހި ލޭ ހިނގާ ދިވެހި ދަރިންނަށް ލިބެންޖެހޭނީ. އެއޮށް ބޮޑު އިންޑިޔާގައި ގޯތި އޮށްވާ މިއޮށް ދަތި ހާލުގައި ކުދިކުދި ތަންތަންކޮޅުގައި އުޅޭ ދިވެހިންގެ ބިމުންތަ އަދި ގޯތި ހޯދަނީ. ލަދުގަނެބަލަ.
މާލެ ރައްވެއްސަކަށް ވީމަ ލިބޭތަ، މަންމަ ނުވަތަ ބައްޕަ މާލެ މީހަކަށް މިހާރު ވާން ނުޖެހެނީތަ؟
ޓެކުސް ދެއްކުން ބިންވެރިއަކަށް ވާނަވީ ސަބަބެކަމަށް އިގިފައެއްނެތް