ސަރުކާރުން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާދަޔާ ޚިލާފަށް ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މާލެއިން ގޯތި ލިބިފައިވާ ބިދޭސީން ކަމަށް ބުނެ ބައެއް މީހުން މީސް މީޑިއާގައި ފަތުރަމުންދާ ލިސްޓެއް އާންމުކުރެއްވުމަށްފަހުއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އުޅުއްވަނީ ދިވެހިރައްޔިތުންގެ ބަހެއް ނެތި ދިވެހި ގައުމުގެ ކަންކަން ނިންމެވުމަށް ކަމަށާއި، ދިވެހިންނަށް ނުލިބި ދިވެހި ބިމުން ބިދޭސީންނަށް ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނުގޮތެއް އޭސީސީން ބަލަން ޖެހޭކަމަށެވެ.

" މިފަހަރު އިބްރާހީމް މުހައްމަދު ސޯލިހު ހިފާފަ މިހުރީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ގައުމުގެ ކަންކަން ނިންމަން. ދިވެހިންނަށް ނުލިބި ބިދޭސީންނަށް ދިވެހި ބިމުން ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަންޖެހޭ" ޝިޔާމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން މީހުންނަށް ގޯތިދިން އިރު އެ ލިސްޓުގައި އިންޑިއާ މީހަކަށް ގޯތި ވަނީ ލިބިފައެވެ. ނަމަވެސް އެކަމާމެދު ސުވާލު އުފައްދައި ބައެއް މީހުން އަންނަނީ އެކިއެކި ލިސްޓުތައް އާއްމުކޮށް ސަރުކާރަށް ފާޑުކިޔައި މާލެއިން ގޯތި ދިންގޮތާމެދު ސުވާލު އުފައްދަމުންނެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، އަކްރަމް "ވަގުތު" އަށް ވިދާޅުވީ، އިންޑިއާ މީހަކަށް ގޯތި ދީފައި ނުވާނެ ކަމަށާއި އެމީހާއަކީ އެއީ މާލޭ ރައްޔިތެއް ކަމަށެވެ.

"އިންޑިއާ ރައްޔިތަކަށް ގޯތި ދީފައެއް ނުވާނެ، އެއީ މާލެ ރައްޔިތެއް، އެކަން ވަނީ ސަމާލުކަމަށް އައިސްފައި، އެކަމަކު ގޯތި ދިނުމުގެ އުސޫލުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުތު އޭނާގެ ހަމައެއް ނުވޭ، އެކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އަކްރަމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަންޑިކުޑަ

    ލަފާ ކުރެވޭގޮތުގައި މިފަހަރު ގިނަ އަދަދެއްގެ އިންޑިއާގެ ދަރިފަސްކޮލާއި ، ބަންގްލަދޭސްގެ ރައްޔިތުން 2023 ގެ ރިޔާސީ އިންތިޙާބުގައި ވޯޓުލުން އެކަށީގެންވޭ. ސަބަބަކަށް ވެދާނެ ރާއްޖޭގެ ގިނަ އަދަދެއްގެ އަންހެން ކަނބަލުން ނާއި އެވެރިން ކައިވެނި ބައްލަވައިގަނެގެން އުލުއްވާތީ އާއި ނުވަތަ ޅަފަތުގައި ލޯބީގެ ގުލުން ފެށިފައި ވާތީ ކަމަށް. މިހެންކަމުން އިދިކޮލުގެ ފަރާތުގެ ޒިންމާއެއް މިހިރަ މިހިރަ ކަންކަން ކަށަވަރު ކުރުމަކީ. އުއްމީދު ކުރަން އެދިކޮލުގެ ކުދިންކޮލު ހިތްވަރާއި އެކު މި މަސައްކަތް ވަރަށް ގާތުން ބަލާނެކަމަށް.

    11
    1
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މިފަހަރު ވޯޓު ގެ ކައްތައް ވަރަށް ގޯސް ވާނެއެވެ. "ޗޯރު އިބުރޭ" އަށް ހެދުނު ހުރިހާ މަކަރެއް ހަދާނެއެވެ. ގުރައިދޫ އަށް މެންބަރަކު މިފަހުން ހޮވިއިރު ވެސް "ޗޯރު އިބުރޭ" ވަނީ އެއް ގަޑިއިރު އިތުރަށް ދީގެން ފައިސާ ބަހާފައެވެ. ނަމަވެސް ރިޔާސީ އިންތިޙާބު ގައި "ޗޯރު އިބުރޭ" ވޯޓަށް އަތް ބާނަން އުޅެފި ނަމަ، ދެން ދާނީ ލޭ އޮހޮރުވުމަކަށެވެ.

    8
    1
  3. Anonymous

    ޝިޔާމު ހާސްވާނެ ކަމެއް ނެތް. ގޯތި ބެހި ގޮތަށް މަކަރާ ހީލަތުން ވޯޓުގެ ކަންތައް ވެސް ނިންމާލާނެ. މީހަކު ވޯޓު ލާން ނުދިޔަޔަސް ރާއްޖޭގެ އެންމެން ޗޯރު އިބުރޭ އަށް ވޯޓުލީކަމަށް ހަދައި 100% ވޯޓު ލިބުނުކަމަށް ހަދައި ދެވަނަ ދައުރަކަށް ހޮވިގަންނާނެ.

    7
    1