ނިޔާވެފައިވާ އެތައް ބަޔަކަށް ވެސް މާލެ ސަރަހައްދުން ގޯތި ލިބިފައިވާކަން ސަރުކާރުން އާއްމު ކޮށްފައިވާ ގޯތި ލިބުނު މީހުންގެ ލިސްޓުން ކަށަވަރު ކުރެވިއްޖެއެވެ.

ސަރުކާރުން އާއްމު ކުރި ލިސްޓަށް ބަލާއިރު ނިޔާވެފައިވާ 595 މީހެއްގެ ނަން ގޯތި ލިސްޓްގައި އެބައޮތެވެ. އޭގެތެރެއިން ވަރަށް މަަދު އަދަދެއްގެ މީހުން ފިޔަވައި އެންމެނަށް ވެސް ގޯތި ވަނީ ލިބިފައެވެ.

ނިޔާވެފައިވާ މީހުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ ގޮތުގައި ބައެއް މީހުން ލިސްޓް ކޮށްފައި ވަނީ ޖޮއިންޓްކޮށް ފޯމް ލާފައި އޮތުމުންނެވެ. ނަމަވެސް ނިޔާވެފައިވާ ބައެއް މީހުން ގޯއްޗަށް ކުރިމަތިލާފައި އޮތީ އިތުރު މީހަކާއި ޖޮއިންޓްނުވެ އެކަނި ކަމަށް ވެސް ލިސްޓުން ދައްކައެވެ.

ލިސްޓަށް ބަލާއިރު ދެމީހަކު ޖޮއިންޓް ވެގެން ގޯއްޗަށް ކުރިމަތިލިފަހުން އޭގެ ތެރެއިން އެކަކު ނިޔާވެފައިވެެއެވެ. އެފަދަ މީހުންގެ ތެރެއިން ދުނިޔޭގައި ހުރި މީހާގެ ޕޮއިންޓަށް ދެން އަންނާނެ ބަދަލެއް، އަދި ނިޔާވެފައިވާ މީހަކާއި ޖޮއިންޓް ވެފައި އޮތުމުން ގޯތި ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސަރުކާރުން ސާފުކޮށެއް ނުދެއެވެ.

ނިޔާވެފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ގޯތި ލިބިފައިވާ ކަމަށް ލިސްޓުން ދައްކާއިރު ދެން އެގޯތިތައް ލިބޭނީ އެމީހުންގެ ވާރިސުންނަށް ކަމެއް ނުވަތަ ގޯތި ލިސްޓުން އެމީހުންގެ ނަން އުނިކުރާނީ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ.

ގޯތި ދިނުމަށް ސަރުކާރުން އިއުލާން ކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި ގޯތި ދޭނީ މީހުންގެ ދިރިއުޅުމުގެ ހާލަތައް ވެސް ބެލުމަށްފަހު އެވެ. ނިޔާވެފައިވާ މީހެއްކަން ލިޔެކިޔުމުން ފެންނަން އޮތް މީހަކަށް ގޯތި ލިބޭ ކަމަށް ލިސްޓްކޮށްފައި ވަނީ ކޮން އުސޫލަކުން ކަމެއް ސަރުކާރުން ސާފުކޮށެއް ނުދެއެވެ.

ގޯތި ހައްގު ނޫން އެތައް ބަޔަކަށް ސަރުކާރުން ގޯތި ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ އުސޫލަށް ފާޑުކިޔުން އަމާޒުވި އެއްސަބަބަކީ ކިތަންމެ ގިނަ ދުވަހަކު މާލޭގައި ދިރިއުޅެފައި ވީނަމަވެސް މާލެ ނޫން ރަށެއްގައި ރަޖިސްޓްރީ ވެފައި އޮތްނަމަ ގޯއްޗަށް ކުރިމަތިނުލެވޭ ގޮތައް އޮތުމުންނެވެ.

އޭގެ އިތުރުން މާލޭ ސަރަހައްދުން ބިން ހިއްކެން އޮތީ ނިސްބަތުން ބަލާއިރު ކުޑަ ޖާގައެއް ނަމަވެސް ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށް ހިލޭ ބިންތައް ބަހާލަން ނިންމުމުން އެކަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    "ޗޯރު އިބުރޭ" އަމިއްލަ އަމިއްލަ އަށް "ޗޯރު އިބުރޭ" އަށް ހުޝާމަތު ކޮށް، ލަވަ ކިޔާދީގެން އުޅޭ އެންމެންނަށް ގޯތި ދީގެން އުޅެވިދާނެ އޭ ހިތަށް އެރިޔަސް، މާތް ﷲ މާ ކުޅަދުން ވަންތަވެރި އެވެ. މިއޮތީ "ޗޯރު އިބުރޭ" ގެ "ޗޯރު ލިސްޓް" އަތަށް ގޮވާ ފައެވެ. މި ގޯތި ލިސްޓޭ ކިޔާ، "ޗޯރު އިބުރޭ" ހަދައިގެން މި އުޅޭ ލިސްޓު ޗެކު ކުރަން ވެއްޖެއެވެ!

    38
    1
    • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް

      މުޅި ލިސްޓު، ބަޔަކުވެގެން ޗެކު ކުރަންވީ!!! މުޅި ލިސްޓު ގައި ވެސް "ޗޯރު" ކަން ކޮށްފަ މިއޮތީ. މުޅި ލިސްޓު ބަލައިފިއްޔާ "ޗޯރު އިބުރޭ" ކޮށްފަ ހުރި ވަރަށް ގިނަ "ޗޯރު" ކަންތައް މުޅި ލިސްޓުން ވެސް ފެންނާނެ ކަން ވަރަށް ބޮޑަށް ޔަޤީން. ލިސްޓު ފޮރުވައިގެން އުޅެނީ ފަޅާއަރާނެ ވަރު ބޮޑުކަމުން! މުޅި ލިސްޓު ވެސް ސައްޙަ އެއް ނޫން!

      15
      2
      • އަލީ

        ގަޅިބޮލާ ލިސްޓު ފޮރުވައިފަ އޮތީމަތަ ދޯ ގެޒެޓުކޮށްފަ އޮތީ. މިވަރު ގަމާރު ހޭބުއްދި ފިލައިފަ ހުރި ޑޮކްޓަރަކު މި ކޮމެންޓު ކުރަނީ

        • ޑރ. ރާމީ ޙަސަން މަނިކު

          ކޮންތާކު އޮތް ލިސްޓެއް ތަ ޢާއްމުން ނަށް ދައްކައިގެން މި އުޅެނީ؟ ސައިޓް ގެ އެޑްރެސް މިތާ ޖަހާލަ ބަލަ! ވަގު "ޗޯރު" ކަން "ޗޯރު އިބުރޭ" ކޮއްގެން މިއުޅެނީ!

          • އަހުމަދު

            ކަލެޔަށް އެނގޭނީ ނޫސްތަކުގެ ކޮމެންޓު ބޮކްސް އެކަނި

        • ވަގުއިބޫ

          މީކީ މުސްލިމުންނެއްނޫންކަން ކަލޭމެނަށް އެނގޭނީ ކިހާވަރެއްވީމަބާ؟ސައިތާނަށް އަޅުކަންކުރާ އެތީސްޓު ބައިގަނޑު ކަނޑު އެކަނިއެއްނޫން ވެރިކަމުން ފައިބައިގެން ދަމުން ގައުމުވެސް އެއްކޮށް ވިއްކާލާނެެ....ކުރިން އަތްޖެ ހި އެންމެން ފޫކޮޅުގަރޯވީމަ ދެންތިބޭނީ ބަވަން 😂

    • ޑރ. ބަނާނާ

      ބަލަ ދުވާލަކު އެތައް ބަޔަކު ވިހާ މަރުވާކަން ޑޮކްޓަރަކަށްވެހުރެ ނޭނގުމަކީ ދެރަކަމެއް. ފޯމު ލީ ފަހުން ވެސް ފޯމުލީ އެތައް ބަޔަކަށް ދަރިން ލިބި ފޯމުލީ އެތައް ބަޔަކު ނިޔާވެފަ ވަނީ. ވަގުތީ ލިސްޓު ނެރުމުގެ ބޭނުމަކީ މިކަންކަން ފާހަގަ ކޮށް އިސްލާހުކޮށް ދާއިމީ ލިސްޓެއް ނެރުން. އެހެންވެ އެބަ އެނގޭ ކަލޭ ތިއުޅެނީ ފިތުނަ އުފައްދަންކަން. މާތް ﷲ ގެ ކުޅަދުން ވަންތަ ކަމޭ ކިޔައި ދެން ކޮމާކޯޅީގަ ތި ލިޔަނީ ކީކޭ ކަން ވިސްނައިލުން އެދެން

      1
      1
      • ޑރ. ރާމީ ޙަސަން މަނިކު

        ގޭގެ-އަށް ގޮސް ފޯމު ހުށައެޅި މީހުންގެ އުޅޭ ޙާލު ބަލަން އޮވޭ ލިސްޓު ނެރުމުގެ ކުރިން. ކުރަން ޖެހޭ ކަންކަން ކުރިނަމަ އެނގުނީސް މަރުވެފަ ކަން. ކުރަންޖެހޭ ކަންކަން ނުކުރީ "ޗޯރު އިބުރޭ" ޗޯރު ކަން ކުރަންވެގެން.

      • ޑރ. ރާމީ ޙަސަން މަނިކު

        ކޮން ފިތުނަ އެކޭ ފަސާދަ އެކޭ ކިޔާކަށް! "ކަނޑު ފޭރޭ ޗޯރޭ" އަށް ދެން ވެރިކަމަށް އާދެވުނަކަ ނުދޭނަން!!

        • އަލީ

          ކަލޭ އޮޅިގެން ތިއުޅެނީ. ކަލެޔެއް ނޫން މީހުން ވެރިކަމަށް އަޔަދެނީ. އެއީ ކަލޭވެސް މަވެސް ހެއްދެވި ފަރާތުގެ ބާރުން ވާ ކަމެއް

  2. ސޯލޭ

    ވޯޓްލާ ދުވަހު ސޯލިހައް ވޯޓްދެން އެދުވަހު އަންނަނީ ކަމައްވާނި ނިޔާވެފަ ތިބިމީހުން ސޯލިހަކީ ގަމާރެއް އޭނަހީކުރަނީ ދެންތިބީވެސް އޭނަ ކަހަލަ ގަމާރުން ކަކަމައް

    31
    4
    • ކައިދާ

      ޗޯރު އިބުރޭ އެއްނޫންް އާއްމު ކިތައްމެ ބަޔަކުވެސް އެބަ އޮތް ތި ލިސްޓްްގަ އެންމެ ފަހުން މައުމޫނު ވެރިކަމުގަ ގޯތި ދިނީވެސް މައުމޫނުގެ ގާތް މީހުނާ އިލްޔާްސްގެ ގާތް މީހުނަށް ސަނަރޭގެ ގާތް މީހުނަށް މާފަންނު ބޯޅަދަނޑުންގޯތި ދިން އިރުވެސް އޭރުގެ ވެރިންނާ ގާތް މީހުނަށް ލިބިފަ ހުރީ އެސްޓީއޯގެ ތިންމީހުނަށް ގޯތި ދިން އެފަހަތުވެސް. ދެން މިފަހަރު ތިޔަހާ އައްސި އަރައިގެން ތި ްުޅެނީ ކީއްވެ. ރާއްޖޭގަަ އަބަދުވެސް ކަންކުރާ ގޮތް އިބޫ އަލަކަށްް ކުރި ކަމެއް ނޫން މިފަހަތުވާ އާއްމުންގެ ވަރަށް ގިނަ ބަޔަކު ވެސް އެބަ ތިބިތާ

      3
      13
      • އިބޫ ހޯލިސް

        އޭރުގަ އެގޮތައް ކަންކުރީމަ އެގޮތް ކަމު ނުގޮސްގެންގެން އިބޫ ވެރިކަމަށް ގެނައީ
        އެހެންވީމަ ކަމު ނުގޮސްގެން މިއުޅެނީ

  3. ސަރުދާރު

    މިއީ، ބޮޑު ޖަރީމާއެއް! އެޗްއާރުސީއެމް މީގެ ތެރެއަށް ވަންނަންޖެހޭ! ސިވިލް ކޯޓުން މި ލިސްޓް ބާތިލް ކުރަންޖެހޭ!

    40
    2
    • ހުސޭނުބޭ

      އެޗްއާރުޗީއެމް އާއި އޭސީސީގައިވެސް ތިބީ ޗޯރޭގެ އައުވާނުން. ތިކަމުން އިތުރަށް ގަޑުބަޑުވާނީ!

      19
      1
    • މ

      ބަޔަކަށް ބޯހިޔާވަހިކަން ލިބޭތީ އެކަން ހިއްޓުވާނެ ފޯމިއުލާ ދޯ ތިނެރުނީ! 😡

      7
      18
    • އެޖެންޑާ19

      އެތަގެ ބޮޑުންނަ ބޮޑުންގެ އައުލާދަށް ހުރި ގޯތި ބަހާހަ. އެތަނަށް ވެއްދުމައްވުރެ ކުނިކޮއްޓައް ވައްދަންވެސް ތިމައްސަޔަ ރަގަޅުވާނެ

  4. Anonymous

    ލިސްޓް އާއްމު ކުރަނީ އާންމުންގެ ޝަކުވާ އަޑުއަހާ، ބަދަލު ގެންނަން.

    ކެތްކޮށްލާ

    24
    15
    • ސަފީރު

      މާލެ މީހުން މަރެއްވެސް ނުވާނެ، މާލޭ އޭރިއާއިން ގޯތިވެސް ހައްގުވާނީވެސް، ސަރުތުވާނީވެސް، ހަމަ މާލޭމީހުންނަށް، އެވަރިހަމަ ކޮންމެ ގައުމެއްވިޔަސް މާލެ ކިޔައިފިއްޔާ އެ ސަރުތު ހަމަވީ.

      4
      2
  5. ސަރަފަކައްދަ

    މަނިކުފާނޫ! މިހާރު ދެން ތިކަމުގައި މި ނިކަމެތި އަޅާ ކުރާނެ ކޮމެންޓް އެއްނެތް. ހަމަ ރަގަލަށްވެސް މިހިރީ އަންތަރީސްވެފާ މަނިކުފާނުމެންގެ ކުޅަދާނަކަން ތިކަމުގައި ފެނިފައި. ވ ވެދުން.

    13
    1
  6. މޫސަ

    ވަގުތީ ލިސްޓް ނެެރުނީ ޝަކުވާ ހުށއެޅުމަށް. އެއީ ގޯތިލިބޭ މީހުންގެ ފައިނަލް ލިސްޓެއްނޫން. ލިސްޓް ފައިނަލް ލިސްޓް ނެރުނީމަ ވާނުވާ އެގެންދެން މަޑުކޮށްލައްވާ. ރައްޔަތުންގެ ޓެކްސްފައިސާއިން ރާއްޖޭގެ ހުރިހާ ރައްތަކެއްގައިވެސް ބިންހައްކާ ދިރިއުޅުމަށް ބިންދެނީ ހިލޭސާބަހަށް. އެވާހަކަ ނުދައްކަނީ ކީއްވެބާ

    11
    9
  7. ޫުޔޔ

    މިތިބަ ބައެއް. ފޯމު ހުށަހެޅިއިރު ދުނިޔޭގަ ތިބި މީހުން . ދެން ގޯތި ދޭއިރު ނުބަލާނެ ދުނިޔޭގަ ތިބިތޯ ނެއްތޯއެއްް. ލިސްޓު ނެރުމީނަ އިނގޭނީ ދުނިޔޭގަ ނެތަސް

    12
    5
    • ފަނާ ކާކު

      ޫޔޔ ތިޔަ ބުނީ ކުށްވާހަކައެއް. ފޯމު ލިއިރުގައި އޮފިސް ފްލެޓަށް ނުހޮވިތިބި މިީހުންވެސް ފޯމްލީފަހުން އެތަންތަން ލިބުނީމަ އެބަހުރި އެތަން ލިބިފައޭ ކިޔާފައި ޝަރުތު ހަމަ ނުވެފައި. ޕްރެސްއަށް އަރާކީތީ އަޑުއެހިން ހުރިހާ ސަރުކާރުގެ އިދާރާއަކުން ޗެކްވެގެން ނޭ މިހުރީ ދީފައި. ލިސްޓުން އުނިކުރާކަށް ނުޖެހޭނެއޭ ފައިނަލް ލިސްޓަށް ޖެހޭނީ ކުރަންޏާ އިތުރޭ ކުރަން. ހަހަހަ ފައްކާ ވަރަށް.

  8. ކަބައްޓި

    ގޯތި ނުލިބޭ މީހުން ދެން ޖަހަމް ކޮށްލަބަލަ ޕްލީޒް. ހަޤީގަތަކީ ޔާމިނުގެ އެތައް ސަޕޯޓަރުންގެ ނަންވެސް ގޯތި ލިސްޓުގައި އޮތްކަން.

    3
    1
  9. އަލީރާޖާ

    ތިއީ އަދި ގޯތި ލިބުނު މީހުންނެއް ނޫން. ތިއި މައްސަލަ ހުރިތޯ ބަލަން ނެރުނު ފުރުތަމަ ލިސްޓު. ފައިނަލް ލިސްޓު ނެރެނީ ޖުލައި މަހު. ގޯތި ލިބޭނީ މީހަކު ފޯމު ހުށަހެޅީމަ. ފޯނު ހުށަހަޅާ ފަހުންވެސް މީހަކު މަރުވެދާނެތާ!

  10. މަޖާ

    މީކީ މުސްލިމުންނެއްނޫންކަން ކަލޭމެނަށް އެނގޭނީ ކިހާވަރެއްވީމަބާ؟ސައިތާނަށް އަޅުކަންކުރާ އެތީސްޓު ބައިގަނޑު ކަނޑު އެކަނިއެއްނޫން ވެރިކަމުން ފައިބައިގެން ދަމުން ގައުމުވެސް އެއްކޮށް ވިއްކާލާނެެ .... ކުރިން އަތްޖެ ހި އެންމެން ފޫކޮޅުގަރޯވީމަ ދެންތިބޭނީ ބަވަން 😂