މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުމުގެ ގޮތުން "ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އިން ދެވެން އޮތީ 700 ގޯތި ކަމަށާއި ދެން ހުރި ގޯތިތައް ދޭނީ ކޮންތާކުންތޯ ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރައްވައިފިއެވެ.

އާޒިމް އެގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޓެގު ކުރައްވައި އާޒިމް ވިދާޅުވީ ވެރިކަން ނިމެން ބާކީ އޮތީ 71 ދުވަސް ކަމަށެވެ.

އަދި ގޯތި ދޭން އިއުލާން ކުރިއިރު ހުޅުމާލެއިން ދެވެންއޮތީ 700 ގޯތި ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯ ސާފުކޮށް ރައްޔިތުންގެ ކައިރީގައި ބުނެދިނުމަށް އެދިވަޑައިގެންނެވިއެވެ.

"ގޯތި ލިބިގެން އުފަލުން ރޮވުނު ފަރާތްތައް ތިޔަ އުޅެނީ މޮޔަކޮށްލަންތޯ" އާޒިމްގެ ޓުވީޓުގައި ވެއެވެ.

ބިންވެރިޔާގެ ޕްރޮގްރާމުން ހުޅުމާލެއިން ދޭން ފުރަތަމަ ނިންމާފައި އޮތީ 5000 ގޯއްޗެވެ. ގޯއްޗަށް 23،088 މީހުން ކުރިމަތިލި އިރު 10،314 މީހުންނަށް ގޯތި ދޭން ވަނީ ނިންމައިފައެވެ. އެ ހުރިހާ އެންމެނަށް ގޯތި ދޭން ގިރާވަރު ފަޅާއި އަދި ގުޅި ފަޅު ވެސް ހިއްކާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާ އިރު މާލޭގެ ބޮޑެތި މުއްސަނދިންނާއި މަޖިލިސް މެމްބަރުން އަދި ކުރިން ރާއްޖެއިން ބޭރުގެ ރަށްވެހިކަން އޮންނަ މީހުން ވެސް ލިސްޓުގައި އޮތުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ސަރުކާރުން ބުނީ ކުރިން ރާއްޖެއިން ބޭރުގެ ރަށްވެހިކަން އޮންނަ މީހުން ލިސްޓުގައި ހިމެނުނީ އޮޅުމަކުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަޓި

    މަނިކުފާނު ބޮލައް ތެޔޮ އަރައިގެން އުޅެގެން ގެނައި ސަރުކާރު މިއީ. މިހާރު ޓައީގެ ކުލަ ބަދަލުކޮއްލާފަ، ނޫން ކަމައްހެދިގެން އުޅުނަސް. މަނިކުފާނު ވިދާޅުވޭ އެކަން ކުރާނެގޮތް

  2. ޗާބީބޮކާ ބިން ޗޯޓީ

    "އޮޅިގެން ލިސްޓައް މިއެރީ މުޅީންވެސް އިންޑިޔާ މީހުން" އޮޅިގެން ކީއްވެތޯ ބަނގުލަދޭސް މީހުންނެތީ ލަންކާ އެނޫން ކަރަކަރައިގެ މީހުންނެތީ

    9
    1
  3. އަބްދޫ

    މިހާރު ގޯތި ދިނުމުގެ ނަމުގަ އައިލީ ޕޮއިންޓް ދީފައިވަނީ މީންޒަމާނެއްގަ ގޯއްޗާއި ފްލެޓަށް ސަރުތު ހަމަކުރުމަށް ކަނޑައަޅާފަިވާ އުސޫލުތަކާއި ތަފާތު ގޮތަކަށް. މިހާރު ގޯތިދޭން ކަނޑައަޅާފައިވަނީ އާއިލާއަކަށް ގޯއްޗެއްދޭ އުސޫލަކުން .ހުޅުމާލޭގެ ބިމަކީ އެތައް މިލިއްނ ރުފިޔާގެ އަގުހުރި ބިމެއް. އެ ބިމުން ހިލޭ ގޯތި މިދެނީ އާއިލާ ތަކަކަށް. ކޮންމެ އާއިލާ އަކަށް 10 މިލިއަން ރުފިޔާގެ އަގުހުރި ބިމެއް. ވޯޓާއި ދިމާކޮށް މިދެވޭ ގޯއްޗަކީ ކޮންމެ އައިލާއަކަށް ދަވްލަތުގެ ފައިސާއިން 10 މިލިއން ރުފިޔާ ހިލޭ ބަހާފަދިނުމެކޭ ތަފާތު ގޮތަކަށް ވިސްނިދާނެކަމެއްބާ؟ 10 މިލިއަން ރުފިޔާގެ ގޯތި ދިނުމުންއެ އާއިލާގެ ވޯޓް އިބްރާހީމަށް ދިނުން ވޯޓް ރިސްވަރަށް ވެދާނެބާ؟

    5
    3
  4. އަބްދޫ

    700 ގޯއްޗަކީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ ގިނަ ވޯތް ތަކެއް، ކޮންމެ އާއިލާ އަކަށް އެދެވެނީ ހުޅުމާލޭގެ ބިމުގެ އަގުގެ ނިސްބަތަށް ބަލާއިރު 10 މިލިއަން ރުފިޔާ. މިއީ ގޯތިތަ ؟ ރުފިޔާތަ ؟ ރިސްވަތުތަ؟ ކޯންޗެެްބާ؟

    5
    2
  5. ނަރުގިސް

    މީގެ ކުރިން ތިގޮތައް ބުނުއްވި ޔާމީނު އުފަންނުވާ ފުލެޓް ދޭން އުޅޭވާހަކަވެސް/ ހަމަ ރައީސް ސޯލިޙް ދެއްވާނެ މި ހުރިހާ ގޯއްޗެއްޗެސް ބައްލަވަން ހުންނަވާތި

    2
    4
  6. ޢުނގޫފާރޭ

    ޢެކަންކުރާނީ ރައީސްނަސީދު ބުރިޖެއް ނޭޅޭނެޔޭ ބުނިގޮތައް ކަލޯ އަދި މާފަހަތުގަ ތިޔަ އުޅެނީ

    2
    1
  7. ކައްސަލި

    އާޒިމް އަށް ސުވާލެއް: އާޒިމް އަދިބު އަތުން ކަޅު ދަބަހެއްގައި ގެންދިޔައީ ކޮން ދިޔާ އެއްޗެއް؟ އެއީ ނަޝީދު އާއި އީވާ އާއި އެކު ބޯލާ ނައިސް ވާ ދިޔާ ތަކެތިތޯ؟ ހަމަ އަހާލީ