ހުކުރު ދުވަހު މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ އެގެއިން ކަރަންޓް ކޭބަލެއް ވަގަށް ނަގަން އުޅެނިކޮށް ކަރަންޓްގައި ޖެހިގެން މަރުވި މީހެއް ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޖޫން 30 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާއަކީ އެގެއިން ކަރަންޓް ކޭބަލެއް ވަގަށް ނެގުމަށް އެގެއަށް ވަދެ އުޅުނު މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ ކަރަންޓް ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހްގީގަށް ބެލެވޭ ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑުން ކަރަންޓްގައި ޖެހިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި އަދި އޭނާ ބިންމައްޗަށް ވެއްޓިފައި އޮތް ތަނުން ވައްކަން ކުރަން ބޭނުން ކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ނަސީބެއް ނު ތި ތަހުގީގު ނިމުނުއިރު ކޭބަލް މަރުވެއްޖެކަމަށް ނުނިންމިކަން.
ފުލުހުން މިފަހަރު ތިބުނީ ތެދެއް. ޕާޓޭންނަކައް ނޭގޭގެ ކަރަންޓު ކޭބަލު މަސައްކަތްކުރާ ގޮތެއް.
އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. ލަފާކުރެވެނީ ކޭބަލް ވަގަށްނަގަން ދިޔައީވެސް މަސްތުވާ ތަކެތި ގަތުމަށެވެ
ވީމާ ތިޔަ މަރުގެ ޒިންމާ ނަގަންޖެހޭނީ މަސްތުވާ ތަކެތި އެތެރެކުރާމީހުންނާއި އަދި މަސްތުވާ ތަކެތި ވިއްކާ މީހުންނެވެ. މުޖުތަމައު ފަސާދަކުރާ މިބައިގަނޑަށް މަރުގެ އަދަބުދޭން ފަށާއިރަށް މަސްތުވާވަބާ ހުއްޓުނީއެވެ. މަގުފޭރުމާ ވައްކަމާ މާރާމާރީވެސް ހުއްޓުނީ އެވެ.
ވައްކަން ކުރަން ވަދުނީމަ ކަރަންޓްގައި ޖައްސާ ބަޔަކު އޭނަ މަރާލިކަމަށްވެސް ވެދާނެދޯ..
ކޮބާ ވަނަވަރު
ކަލޯ އީދުގައި ހިންމަފުއްޓައްގޮސްފަ އައީރު ގޭގެޓީވީ ބަދިގެސާމާނުކޮޅު ފަންކާ އަށްދަންދެން ނަގާފަ ހުރީ ހަމައެކަނިހުރީ ފަރުނީޗަރުކޮޅާ ގޭގެލާފަހުރިކުލަ މީދެން ކިހާބޮޑު މިސީބާތެތް
ތިޔަ މައްސަލައިގަ ގޭގެ ވެރިމީހާ ކުއްވެރިނުވެ ސަލާމަތްވާނެބާ،
ހީވާގޮތުން ގޭގެ ވެރިމީހާ ކުއްވެރިވާނެ ގެއަށް ކަރަންޓުލާފަ ހުރީމަ
ނުބައި މަރެއް؟!