ގާނޫނު މިހާރު އޮތް ގޮތުން ޕްލޭނިން މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އަހްމަދު މުއިއްޒު މިހެން ވިދާޅުވީ މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ގެޒެޓްކޮށް، ގޯތިތައް ބަހާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަނިކޮށެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ގާނޫނުގައި އޮތް މާއްދާ މިހާރު އޮތް ގޮތުން މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށެވެ.

ބިމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ. ނަމަވެސް މާލޭ ސަރަހައްދުން ގޯތި ބަހާލުމުގައި ސަރުކާރުން އެއްވެސް ވަރަކަށް މާލޭ ސިޓީ ކައުންސިލް ބައިވެރިއެއް ނުކުރެއެވެ. ގޯއްޗަށް އެދި ފޯމް ހުށަހެޅުމާއި، ގޯއްޗަށް ކުރިމަތި މީހުންނަށް ޕޮއިންޓް ދިނުމާއި އަދި ގޯއްޗާއި ގުޅޭ ހުރިހާ ކަމެއް ކުރަމުން ގެންދަނީ ޕްލޭނިން މިނިސްޓްރީންނެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ގޯއްޗަށް ކުރިމަތިލި 19800 މީހުންނަށް ވެސް ހިލޭ ގޯތި ދިނުމަށެވެ. އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން މާލޭ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ނާފިޔާ ޒިންޝީ

    ރާއްޖެ މުޅި އާބާދީ 3.5 ލައްކަ މީހުންނަށް އެއްކޮށް މާލެއިން ބިން ދޫކުރިކަމަށް ލިސްޓުގައި ޖަހާލިނަމަ ތާހިރުވީސް. ހުޅުމާލެ، ގިރާވަރު، ގުޅިފަޅު، ތިލަފުށި މީކީ މާލެއެއްނޫން. މާލޭ މީހުންނަށް އޮތްހާތަންތަނުން ހިލޭ ގޯތިނުދެވޭނެ! އަތުލާނަން! ވ ސާފުކޮށް މިބުނި ތި ޖަރީމާ ފޮލޮޕް ކޮށްލާނަން!!

    42
    17
    • ޙަހަ

      ޙަމަ ތިބެންޖެހޭނީ ވާނެ އެއްކަމެއްވެސް ނޯންނާނެ… ކަލޭމެން ރާއްޖެތެރޭ މީހުނަށް ނުގަވައިދުން ދީފަހުރި ބަންޑާރަ ގޯތިތަކާ ފުލެޓުތައްވެސް އަތުލާނަން… ވަރަށްސާފުކޮށް މިބުނަނީ…..ބަލަންތިބޭތި މާލެސަރަހައްދުން ހޯދާފަހުރި ހުރިހާ ފުލެޓެއް އަތުލާނަން…

  2. ޟާހީން ޙަސަން

    އުސްތާޛް މުޢިއްޒު ގެ ޤާނޫނީ ލަފާ ފުޅު ވަރަށް ރަނގަޅެވެ.ޤާނޫނާއި ޚިލާފަށް ސިޔާސީބޭނުމަށް ކުރާވކޮންމެކަމެއްގެ ޒިންމާ އެކަމެއްކުރިބަޔަކު އުފުލަންޖެހޭނެ.

    52
    10
  3. ޢަބްދުﷲ

    ކީރިތި ވަންތަ މާތް ﷲގެ އެންވުމާއި ހިލާފަށް ކުރާ ކަންކަމާއި ބެހިގެން ވާހަކަ ނުދައްކާ ބޭފުޅުން ގާނޫނާ ޚިލާފު ކަންކަމާއި ބެހޭގޮތުން ވާހަކަ ދެއްކުން އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ސިޔާސަތު ދީނަށް ވުރެ އުސް ކުރުން އެ ވެސް ގޯސް ދީން ސިޔާސަތަށް ވުރެ އިސް ވާނެ އިސްކުރަންޖެހޭ

    21
    11
    • މުރުތަ

      ކަލޭ ނިންކަން ފާޅުގައި ނިކުމެ އެކަން ކުރަން ވީނުން. ތިކަހަލަގެ މުނާފިގުން ގިނަވެގެން ގައުމު މިޔޮށް ފަނާވަނީ.

      13
      16
  4. Anonymous

    ވަރަށް ރަނގަޅު ވާހަކައެއް. މިނިސްޓްރީ ތަކަށް ލިބިފައި އޮންނަ ބާރުތަކުގެ ގިނަކަމުން އެރި އޮޅުމެއް ކަމަށް ބެލެވެނީ.

    33
    2
    • ބުރޯ

      ނޫނޭ ހަމަ އަހަރުމެން ދިވެހިން ގަމާރީ.

      21
  5. ހިލޭ ގޯޓި

    ހިލޭ ގޯތި ދީފައި ފްލެޓު ދިން މީހުން އަތުން ފައިސާނަގަނީ ކޮން ހަމަޔަކުން.

    38
    6
    • އަަޝްރަފް

      ހުރިހާ ރަށެއްގައިވެސް ގޯތި ދެނީހިލޭ. އެކަމަކު ފްލެޓަކީ ފައިސާ ޚަރަދުކޮށްގެން ހަދާ ތަންތަން. އެ ތަންތަނަށް ވަންނަނީ ކުލި ދައްކަން އެއްބަސްވެގެން. އެހެންވީމަ ކުލި ޖެހޭނީ ދައްކަން.

      26
      15
      • ނަން

        މާލޭ ސަރަހައްދުގެ ބިން ހިއްކީ ހިލޭތޯ؟

        14
        6
        • ޙެލޯ

          ސަރުކާރު ފެށެނީ މާލެއިން އިނގޭތޯ …

      • މަކނު

        ތިބުނީ ބިން ހިއްކަނީ ހިލެއޭ. އެހެންވީމާ ގުޅިފަޅު ހިއްކަން 240 މިލިޔަން ޑޮލަރު ޚަރަދުވަނީ ކީއްވެގެންބާ

  6. ޢަލީ

    މުއިއްޒު އަށް މި ޤާނޫނު އެކަނި ދޯ ފެންނަނީ!

    11
    22
  7. ދިވެހި ބިން

    ސަރުކާރުން ސުޕޮންސަރކުރާ ނޫސްތަކުގަ މިޚަބަރު ޖަހާލާކަށްނުކުރޭނެ. އަދި ދިޔާނާ މެން އެދައްކާ ހުތްޖަތްތަކެއްވެސް ޖަހާލާކަށް ނުކެރޭނެ. ޝުކުރިއްޔާ ވަގުތު ޓީމު!

    17
    4
  8. ހެހޭ

    މިއަތޮޅުމީހުން ނާރާފޯރި އެބައަރައޭ އެހެން އަތޮޅުމީހުން މިމީހުނާބެހޭވެސް ކަމެއްނޫނޭ . ދެންބުނާނެ ޓެކްއޭ މަވެސް ޓެކްސް ދައްކަމޭ އޭގެމާނަޔަކީ މަށައް ހައްގުވާނޭ ހުރިހާ ރަށަކުން ބިން ވެސް ފުލެޓުވެސް ހަމަނުޖެހޭވާހަކަނުދައްކާ ހިނިއާދެ…

    10
    11
  9. ގުދުގުދާބެއްޔާ

    ސަރުކާރުން ބޭނުން ގޮތެއް ހަދާނެ! މުއިޒް މޮޔަފުޅު ވެގެން ނޫޅޭ!

    7
    9
  10. ިރާއްޖެތެރޭ ދެރަސޮރު

    ރާއްޖެތެރޭ މީހަކު މިކަހަލަ ވާހަކައެއް ބުނެފިއްޔާ އެއީ އެމީހާގެ ކުޅަނދު މަދުކަމުން ބުނި އެއްޗަކަށް ވާނީ. މިފަހަރު މާލޭ މީހާ މިވާހަކަ ބުނީމާ ބުނާނީ ކީކޭބާ! މާލޭ މީހުން މިއަށް ކޮމެންޓް ކުރާނީ ކީކޭ ކިޔައިގެންބާ!

    10
    4
    • ޙެލޯ

      ފޯޔޯ އިންފޮ ، ވީއާ ނޮޓް މާލެ މީހުން ވީއާ މާލެ ބޭފުޅުން … ކީޕްދެޓް އިން މައިންޑް… އޯކޭ… ކިޔެއްވެގެން ތިޔަ އުޅެނޫ؟ ޜަށުގައި އޮހިބެލެ…

  11. ރަށްވެހި

    ބަލަ މާލޭސިޓީއާ ކޮން ބެހޭ ކަމެއް ހުރިތަނެއް ހުޅުމާލެއަކީ މުޅިދުނިޔެ މާލެސިޓީގެ ދަށަށް ޖަމާ ކޮށްލަންވީނު ހަމަޖެހޭ ވާހަކަ ދައްކަބަލަ ހިސާބަށް ވުރެ ހަސަދަވެރިކަން ބޮޑުވީމަ ދެްކޭނުދެއްކޭ ވާހަކަވެސް ނޭނގޭ

    5
    11
    • އަސާސީ

      ގާނޫނު އަސާސީގެ ޖަދުވަލު 2 އިހަށް ކިޔާލާ! މާލެއަކީ ކޮބައިކަން ސާފުވެދާނެ.

    • ޢަލީ

      ހުޅުމާލޭގެ މިސްކިތްތައް ބަލަހައްޓަނީ ސިޓީކައުންސިލުން، އެއީ ނުބެހޭތީތޯ

  12. މެކޭ

    ގުޅީފަޅު، ގިރާވަރު ފަޅު އަދި ހުޅުމާލެ އަކީ މާލޭ ސިޓީ ކައުންސިލްގެ އިހްތިޞާސްގެ ތެރޭ ހިމެނޭ ތަންތަނެއް ނޫން. އެހެން ވީމަ ތިޔަ ޤާނޫނަކުން ގޯތި ދިމުކަށް ހުރަހެއް ނޭޅޭ.

    7
    8
    • އިޚްތިޞާޞް

      އިޚްތިޞާޞްއިން ބޭރުގައިވާ ތަނެއް ކަމަށްވެއްޖެނަމަ، އެތަނުން ގޯތި ދިނީމާ ގޯތީގެ ރަޖިސްޓަރީ ހަދައިދީ، އިމާރާތުގެ ރަޖިސްޓަރީ ހަދައިދީ، ދިރިއުޅޭ މީހުންގެ ރަޖިސްޓަރީ ހަދައިދިނުމުގެ ޒިންމާ އޮންނާނީ ކޮން ފަރާތެއްގައިބާ! މިތަންތަނުގެ ވިހާ، މަރުވާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ކޮންތާކުންބާ! އިމާރާތުގައި ހަދާ ތަންތަން ހިންގުމަށް ދޭންޖެހޭ ހުއްދަތައް ދޭނީ ކޮންތާކުންބާ! ގޯއްޗެއް ދިނުމަކުން ނުނިމޭނެ. ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް ކިތަންމެ ގާނޫނަކުން އެކި އިދާރާތަކާ ވަނީ ހަވާލުކުރެވިފައި. އެކަންކަން ކުރެވޭނެ ނިޒާމެއްވެސް އޮންނާންވާނެ.

    • ޚަދީޖާ

      އެހެންވިއްޔާ އެތަންތަނުން މާލޭ މީހުނަށް އެކަނި ދޫކުރަނީ ކީއްވެބާ؟

    • ތަރި ހަނދު

      ތީ ޕޮއިންޓް އެއް

  13. މަހޭ

    އަސްލަމައް ގާނޫނު އަރާ ހަމަކުރާނެ

    13
    4
  14. ދިވެއްސެއް

    ގޯތި ދިނުމުގެ މަސައްކަތް މިހާ ހިސާބައް ދިޔަ އިރުވެސް ، ބިމާބެހޭ ގާނޫނުގައި މިހާ ސާފުކޮށް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކޭ ލިޔެފައި އޮތް އިރު ކީއްވެ ބަހެއް ނުބުނެ ތިބީ؟
    ނިދިފަތޯ ތިބީ؟؟

  15. ކާލާ ކާލާ ކާލާ

    ކުރިން އަތޮޅުވެރިންވެސް ގޯތިދޭ!
    ދެން ކީއްވެ މިނިސްޓްރީއަށް ގޯތި ނުދެވެންވީ!!
    އަޖައިބެއްތީ!!!

  16. މޫސަ

    އުސްތާޛު މުއިޒު ޤާނޫނީ ގޮތުން ކިތައްމެ ފުންނާބު އުސްވިޔަސް މިފަހަރު ޤާނޫނު މާނަކުރުން ރަގަޅު ކަމަކަށް ނުދެން. ގުޅީފަޅު' ހުޅުމާލެ'ގިރާވަރު ފަޅަކީ އަދި މާލޭ ސިޓީގެ އިޚުތިސޯސް ތެރޭގައި އޮތްތަނެއްނޫން. އެބިންތަކުން މީހުންނަށް ރަޖިސްޓްރީ ހަދާދިނުމުން އެރަޖިސްޓްރީގައި އޮތް ބިންކޮޅު ސިޓީ ކައުންސިލްގެ އިޚުތިސޯސްގެ ތެރެއަށް ވަންނާނީ. އޭގެ މިސާރެއް ހުޅުމާލެއަކީ. ކޯޓުތަކުން ނިންމާފައިހުރި ހުކުންތަކުން މިކަން ވަރަށް ސާފުވާނެ.

  17. ނާރަ

    މުއިޒު މެންބޭ ނުން ވަނީ އަބަދުވެސް ކޮންމެވެސް ފިތުނަ އެއް އުފެއްދުން

  18. ގ ވިސްނުން

    ގާނޫނީ ދާއިރާގެ ބޭފުޅުންނާއި ނޫސްވެރިން ގުޅިގެން
    ސަރުކާރު ހަމަމަގަށް އަޅުވައި އުސޫލްތަކާއި ހަމަތައް ހިފެހެއްޓުމަށް ސަރުކާރަށް އެއްބާރުލުން ދެވިއްޖެނަމަ
    އުސޫލުގެ ތެރެއިން ކަންކަން ކުރަން ސަރުކާރަށް ފަސޭހަ
    ވާނެއެވެ.

  19. ދިވެހި ބަދަވިން

    ބިންދޭން ސިޓީކައުންސިލުން މިފަހަރު އެއްބަސްވާނެ! މުއިއްޒުގެ އާޢިލާއަށް އެތައްބިމެއްވަނީ ލިބިފަ!

  20. ރާއްޖެއެތެރެވަރި

    އިބޫއަކީ ސޮހޮލެއް! ސިކުނޑިއެއް ބުއްދިއެއް ހުރިމީހެއްނޫން! މިފަހަރުވޯޓުން ރާއްޖެތެރޭގެ ބާރު ދައްކާލާނަން!

  21. ރާފިޔު

    ވެރިފިކޭސަން މޮޅުކަން ވިނަރެސް އެގްރިމެންޓް ގަ ސޮއި ކުރި މީހުންނަށްވެސް ބިން ލިބިފަ އެބަހުރި.

  22. މުހައްމަދު

    ވަކިބަޔަކަށް ގޯތިދިނުމަށްޓަކާ ގާނޫނީ ހަމަޔަކުން މާލޭގެ ރައްވެހިންކަމުގައި ވެފައިވާ މީހުން ރައްވެހިކަމުން ބޭރުކޮށް ބިދޭސީންނަށް ގޯތިދޭން ނިންމާއިފި.

  23. ހަސަނު

    ޖަޒީރާ ރާއްޖެއެއް ހޯދާދޭން ވެރިކަން ހޯދި ބައެއް. މިހާރު އެންމެންނަށް ރީދޫހުންޖެހިފަ.

  24. ގުދުގުދާބެއްޔާ

    މުއިޒްއަށް އޮޅިފަ ވަނީ! ގޯތި ދޭބިން ނިންނި ބިންތައް އެއީ ސިޓީކައުންސިލްގެ ދަށުގައި އޮތް ބިންތަކެއް ނޫން!

  25. ވިޔާދު

    ގާނޫނުގައި ގޯތިދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް އެރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަމުގައި އޮތީ ވަރަށް ސާފުކޮށެވެ. ނަމަވެސް ބޮޑު ސުވާލަކީ ހުޅުމާލެ އަކީ ކޮންބައެއްގެ ދަށުގައިއޮތް ތަނެއް ހެއްޔެވެ. ހުޅުމާލެއެއީ ރަށެއް ހެއްޔެވެ ނޫނީ ސިޓީއެއް ހެއްޔެވެ. ހުޅުމާލެ އޮތީ މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހެއްޔެވެ. އަދި އިތުރަށް ގޯތި ދިނުމަށް ހިއްކާ ގުޅީފަޅާ ފަރުކޮޅުފަޅުވެސް ވެގެންދާނީ ކޮންބައެއްގެ ދަށަށް ހެއްޔެވެ. މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރެވޭ ރަށެއް ނުވަތަ ސިޓީއެއް މިގާނޫނުގެ ދަށުން އެއްކިބާވެގެން މިދަނީ ކޮންގޮތަކުން ހެއްޔެވެ.