ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދު ހޯދުމުގެ ގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރުގެ ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި އޭނާގެ ޓީމުން ވަރަށް ފޯރިގަދަ ކެމްޕެއިނެއް ރ. އަތޮޅުގެ އެކިއެކި ރަށްތަކުގައި ކުރަން ފަށައިފިއެވެ.

އަމީނާއި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އިސްވެ ހުންނަވައި ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރު ފެއްޓެވީ އިއްޔެއެވެ. މި ދަތުރުގައި މިރޭ ރ. ދުވާފަރުގައި އެ ޕާޓީގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފައެވެ.

އަމީންގެ ޓީމު ރ. ދުވާފަރުގައި. --- ފޮޓޯ: ޖޭޕީ

ޖޭޕީން ބުނީ މޫސުން ގޯސް ނަމަވެސް ގަދަ ކަނޑުގައި ދަތުރުކޮށް ގާސިމްގެ ރިޔާސީ ކެމްޕެއިނަށް ރަށްރަށުގެ ޓީމުތައް ރުކުރުވާލައި ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަށް އުތުރުގެ ކެމްޕެއިންގެ ފަރާތުން ފަށާފައިވާ ދަތުރުގެ ތެރެއިން ޓީމު މިހާރު ތިބީ އުނގޫފާރުގައި ކަމަށެވެ.

ރ. އަތޮޅަށް ކުރާ ދަތުރު ފެށުމުގެ ކުރިން މި ޓީމުން ބ. އަތޮޅުގެ ރަށްތަކަށް ވެސް ވަޑައިގަތެވެ.

އަމީން ވިދާޅުވީ އެއަތޮޅުން ވަރަށް ގިނަ ރައްޔިތުންނާ ވާހަކަދެއްކުނު ކަމަށާއި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ. އަދި ލީޑަރު ގާސިމަށް އެ ރަށްތަކުގެ ތާއީދާއި އުންމީދު ބޮޑު ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަތޮޅުތަކަށް ދަތުރުކުރަމުންދާއިރު، އެބޭފުޅުން ރަށްތަކުގައި ދޮރުންދޮރަށް ހިންގަވައެވެ.

ގާސިމްގެ އަތޮޅުތެރޭގެ ކެމްޕެއިން ފަށައި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މި ޓީމު ބ. އަދި ރ.އަތޮޅަށް ދަތުރު ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. މި ދަތުރުގައި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެ ކަމަށް ޖޭޕީން ބުނެއެވެ. އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި ރައްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މި ޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކޮށް ގާސިމަށް ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ޖޭޕީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންތިރި

    އަދިތިވަރަކުން ނުވާނެ 3ލައްކަ ކޮންމެ ރަށަކަބަހާނުލަނީސް ގުޑާވެސް ނުލާނެ ބޮލަކަށް 1000މަދު

  2. ޖަމަލު

    މާދަމާ ބުނާނެ މުޅި އުތުރު އޮތީ ސޭޓަށް ފެންބޮވާގަނެފައޭ. ވޯޓްލިމަބުނާނެ ކުރީބުނިއެތި ކެންސަލްއޭ. މިމީހުންހޯދަނީ ދެއަތްބަށް އިންނާނެ މީހުން ނަމުގަ ކެންޕެއިން ގޮއްސާއަހާލިނީ ހުސްތޯ؟؟ ކީއްވެތޯ މީހަކާ ނުއިދެ ތިއުޅެނީ، ދެން މާލެދާން އެއްކޮޅު ޓިކެޓް އެހިސްބުން ނިމުނީ

  3. ބަރުހެލި

    އަމީނު މެން ނަގާފަ ބާކީ ހުރިއްޔާ ލިބޭނީ ވަކިލާރިކޮޅެއްވެސް. ދޯ އަމީނޫ