ޖުމްހޫރީ ޕާޓީ (ޖޭޕީ) ވެރިކަމެއްގައި އަންހެން މުވައްޒަފުން ވިހެއުމުންދޭ ޗުއްޓީ ހާއްސަ އުސޫލެއްގެ ތެރެއިން އެއް އަަހަރަށް ބަދަލުކޮށް، އަލަށް އުފަންވާ ކޮންމެ ކުއްޖަަކަށް 5،000ރގެ އެލަވެންސްއެއް ހަމަޖެހިގެންދާނެ ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރަހިމްގެ ރަނިންގްމޭޓް ޑރ. އަމީން އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ތ.ގުރައިދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިހާބަށް ވަރަށް ގިނަ ވައުދުތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ވިހައިގެން ލިބޭ ޗުއްޓީ މިހާރު އިން ހަ މަހުގެ އިތުރުން، އިތުރު ހަ މަސް ގޭތެރެގައި ހައިބްރިޑްކޮށް މަސައްކަތް ކުރެވޭނެ ގޮތަށް އިތުރު ހަ މަސް ލިބިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"އެހެންވީމަ އެ މުއްދަތު އިތުރުކޮށްލެވެނީ އިތުރު ހަ މަހަށް، އެހެންވީމަ ގޭތެރޭގައި ކުދިން ބެލުމުގައި އެއް އަހަރު ވަންދެން ގޭތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ، ގޭގައި ތިބުމުގެ ފުރުސަތު ފަހިކޮށްދެވެނީ"،

މީގެ އިތުރުން އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ޖޭޕީގެ ވެރިކަމެއްގައި ފަސް ހާސް ރުފިޔާގެ އެލަވެންސްއެއް ހަމަޖައްސާ ދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ވަޒީފާ ލިބުމުގައި އަންހެން ބޭކަނބަލުންނާއި ފިރިހެން ބޭކަނބަލުންނާއި އޮތް ތަފާތުކަން ނައްތާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތައް ފާހަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއްވެސް ތަފާތެއް ނެތި، އަންހެނެކޭ ފިރިހެނެކޭ އެއްވެސް ތަފާތެއް ނެތި ސިޔާސީ ދާއިރާގައި ކުރިއަށް ދެވޭނެ ފުރުސަތު ހުރިހާ އަންހެން ބޭފުޅުންނަށް ވެސް ފަހިކޮށްދޭނެ.".

އަދި އެކަމުގައި އިތުރު އިނާޔަތްތައް ފޯރުކޮށްދެވޭ ނަމަ އެ އިނާޔަތްތައްވެސް ވެރިކަމެއްގައި އަންހެން ބޭފުޅުންނަަށް ހަމަޖެހިގެން ދާނެ ކަަމަށް އަމީން ވިދާޅުވިއެވެ.

އޭގެ އިތުރުން އަންހެން ބޭކަނބަލުންނަށް ހާއްސަ ރައްކާތެރިކަމުގެ ވާހަކަ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"މިއަދުވެސް ވަރަށް ބައިވަރު އަންހެން ބޭފުޅުން އެބަތިއްބެވި އެކިއެކި އާއިލީ މައްސަލަތަކުގައި ކުރިއަށްދާނެ މަގެއް ނުފެނިފައި، އެއީ ކުދިންގެ މައްސަލަަ ކަމަށް ވެދާނެ، އާއިލީ އެހެން މައްސަލައެއް ކަަމަށް ވެދާނެ، ދެން އެންމެ ބޮޑު ކަމަކަށް މި އޮތީ ރައްކާތެރިކަން،.".

ގެވެށި އަނިޔާގެ މައްސަލަތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ މައްސަލަތަކެއް ނޫން ކަމަށާއި އެފަދަ ހާލަތެއްގައި ދިމާވާ މީހަކަށް ނޫނީ ކުއްޖަކަށް އެ ޕާޓީގެ ވެރިކަމެއްގައި ހާއްސަ ރައްކާތެރިކަމެއް ލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

"އެ ހާއްސަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި، ފުލުހުންގެ އިންސްޓިޓުއުޝަން ތެރޭގައި އެކަމަށް ހާއްސަ ޔުނިޓެއް ގާއިމް ކުރެވިގެން ކުރިއަށްގެންދެވޭނެ ވާހަކަ، އަދި އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރައްކާތެރިކަން ދެވޭނެ ވާހަކަ.".

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަންތިރި

    ކަލޯ ސޭޓްކައިރީގަ ބުނެބަލަ ވިލާކުންފުނީގަ އުޅޭ އުމުރުން50އަހަރު ވެފަތިބި ކޮންމެ މުވައްޒިފަކަށް 5000ރއެލަވަސެދޭން

    23
  2. Anonymous

    ހަހަހަ. ވައުދުވާން ވެަސް ނޭގޭބަޔެއް. ބުނޭ ފަރުޝް ފަސްނާމަދު ގަވައިދުން ކުރާ ކޮއްމެ މީހަކަށް 5000 ދޭނަމޭ. ކަލޭ ކޮންތާކުން މި ފައިސާ ހޯދާނީ. ކޮއްމެ ދޮގެއް ހަދައިގެން ވެސް ރައްޔިތުންގެ ވޯޓް ހޯދަން ދޯ ތިއިުޅެނީ. ނުވާނެ ތިކަމެއް. ރައްޔިތުން އެހާހ ބޯގަޅިއެއް ނޫން.

    19
    1
  3. ރައްޔިތުމީހާ

    އަނެއްފަހަރު ދެބޯގެރި ދުއްވާންފެށީދޯ އިބޫގެ ސަރުކާރުން އަލަށް އުފަންވާ ކުދިންނަށް ހަދިޔާފޮށި ދޭންވަޢުދުވީއިރި މަހްޖަނުކަލޭގެހުރީ އިބޫއަށް ބައިއަތުހިފައިގެން އެމަކު ވޯޓުން ވައްކަން ކޮށްގެންނަމަވެސް ވެރިކަން ލިބުނީމާ ފެނުނީ ކޯލިޝަން ޕާޓުނަރުންނާއި ގާތް އައުވާނުންގެ ޖީބުތައް ބޮޑުކުރާމަންޒަރު އިބޫގެ ސަރުކާރު ދީނާއި، ގައުމަށް ޤައްދާރުވީއިރުވެސް ޤާސިމްބެ އަމިއްލަ ޖީބަށްޓަކައި ހަނުހުރީ މަންޒަރު ދިވެހު ރައްޔިތުންނަށްފެނުނީ

    14
    1
  4. Anonymous

    ދެން އެންމެން ކުދިން ހޯދަންވީ. ބުރުމާގެ ދީލަތީ އެހީގައި މުޅި ރާއްޖެ ބަނޑުއަޅާމެ . ވޯޓް ނުދޭނަނަން ކޮއްމެ އިނގިޔަކަށް 5000 ދިނަސް. ތީ ޗޯރަށް ޓަކައި ތިޔަ ވަނީ ގްރުބާން.

    18
    2
  5. ޒާ

    މެޓާނިޓީއެއް ޕެޓާނިޓީއެއް ކިޔާނެ ކަމެއްނެތް. އަޅުގަނޑުގެ މުސާރައަކީ އެލަވަންސާއެކު 15 ހާސް. ގޭކުލި ދައްކައި ކައިބޮއި ހަދަނީ މިދެންނެވި ފައިސާއިން. ސިވިލްސާވިސް ވަޒީފާގެ ޑިއުޓީ އޮންނަގޮތުން އިތުރު ވަޒީފާއެއް އަދާކުރާނެ އެއްވެސް ވަގުތެއް ނުލިބޭ. މިހެން އޮއްވައި އަންހެނުން ވިހެއީ. ވިހޭމާ ސަރުކާރުގެ ހެޔޮފުޅުކަމުން ލިބޭ ޕެޓާނިޓީ ޗުއްޓީ ނަގައިގެން އަނބިމީހާއާއި ދަރިފުޅުގެ ޚިދުމަތުގައި ހުރީ ގޭގަ. އެހެން ހުއްޓާ މަސްނިމި މުސާރަ ލިބުމުން ޖެހުނީ ގަނަތެޅެން. މުސާރަ ކުޑަކޮށްފައި އެލަވަންސް ބޮޑުކޮށްފައި އޮތުމުން ޗުއްޓީ ހުރިމަސްދުވަހަށް މުސާރަ ފިޔަވައި އެއްވެސް އެލަވަންސެއް ނުލިބުމުން ހެޔޮފުޅުކަމުން ދެއްވި ޗުއްޓީ އަޅުގަނޑަށް ވީ ބޮޑު އަނިޔާއަކަށް. މިހިރީ ދޭކެހިވެރިކަން. އެމަހު ލިބުނީ އެންމެ 7 ހާސް ރުފިޔާ. ދެންބުނެދީބަލަ ތިބުނީ ޗުއްޓީ ދީފައި ތި ދެނީ އަނިޔާނޫން ކޮން އެއްޗެއްތޯ؟

  6. ޗަބީ

    ޖުމުހީރީ ޕާޓީމިގައުމުގެ ވެރިކަމެއްނުކުރާނެ އެމީހުންގެ ލީޑަރް ބޭނުންވީ ލާރިހުރީމަ ބައެއްގެއެހީތެރިކަމެއްނެތިއެކަންކުރަން އެމްޑީޕީ ނޫނީ ޕީޕީއެމާއެކު ހުރިނަމަ ތިކަންނިމިފައޮއް ނާނީވަގުތުފާއިތުވީ ބޮޑާކަމުން ތިމާއަތުގަލާރި ހުރީމަކޮއްމެކަމެއްވެސްވެދާނެކަކަތްގަބޫލުކޮއް ޖުމުހޫރީޕާޓީއެއްހަދާނިކުތީ ފެއްނަމަންޒަރަކީ ރައްޔިތުނައް ހިތާނުކުރާސީޒަނުގަ ލަވަޕާޓީ. ތައްނިކުމެއުޅޭހެން އުޅުން ހާބުރިމަޗޭމެން ގުރޫޕްހެން އޭގެސަބަބުން ގާސިމާ އެކްއުޅޭ މީހުންގެ ސިޔާސީކުރިއެރުންވެސް ނިމެނީ ބަޔަކުބަލާނުގަނެ މިސާލެއް އޭކޭ ހަސަންސައީދު އަލީވަހީދުމެން އަމީންމެން މިހެންގޮސްއެތައް ބައެއްގެ ތިޕާޓީގެ ލީޑަރެއްގެ ވަށާއެނބުރި ކޮއްމެފަސްއަހަރުން އެވިއްކަންއުޅެ ގާސިމް ނޫންމީހަކުވިއްކަންއުޅެފިނަމަކާމިޔާބުވެދާނެ

  7. ގަލަން

    ނުކުރެވޭ ކަންތަކުގެ ވާހަކަ ނުދައްކާ ވެރިކަމަށް ދަހިވެތި ވިޔަސް އެނެއްކާވެސް ބުނެލަންއޮތީ ގާސިމަކީ އޭނަގެސްޓާފުންނަށް ސާވިސްޗާގުވެސް ނުދޭބޭކަލެއް

  8. އަލީ ބުނީ

    ނުހޮވޭނެކަން ޔަގީން މީހުން ވީމަ ދެންކޮންމެ ވައުދެއް ވިޔަސް އޯކޭ އެއްނުން.

  9. ސަލްމާ

    މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސްއެއްވެސް ދިނުންއޮތް. ދިޔައީ ޗޮކުން. ކޮންމެ ދަރިވަރަކަށް ދޮންކެޔޮވަކަކާ ކިރުތައްޓެއްވެސް ދޭން އޮތް. ދިޔައީ ޗޮކުން. މިކަމަށްގެނައި ކިރިތައް މުއްދަތު ހަމަވެގެން އެސް.ޓީ.އޯއިން ބަހާވެސް ހުސްކުރި. މަސްވެރިންބާނާ މަސައް ހަމައަގުގައި ގަންނާނަމޭވިސް ބުނި. ދިޔައީ ޗޮކުން. ދެންހެޔޮ.

  10. Anonymous

    ތީރަނގަޅުކަމެއްކުރަން، ރައްޔިތުންގެ ފައިސާގެ ބޮޑުބައި މިކަނީ ސަރުކާރާ ސިޔާސީމީހުންވިއްޔަ

  11. ފަޒީލާ

    ސިވިލް ސަރވިސް އިދާރީ މުވައްޒަފަކަށް މިހާރުވެސް ލިބެނީ އެންމެ 7000ރ މީ ކޯއްޗެއް މިހާރު. ޢާއިލާއެއްބެލެހެއްޓުމަށް ކުޑަމިނުން އެންމެ އާދައިގެ އުޅުމެއް އުޅުނަސް މިހާރު 10000ރ ޚަރަދުވޭ. ސަރުކާރު ބައެއް މަޤާމުތަކަށް 20000ރ 25000ރ ދޭއިރު އަނެއްބައި މުވައްޒަފުން 15، 20، 30 އަހަރު އުޅޭއިރު 10000ރ ނުލިބޭ. ރިޓަޔަރ ކުރާއިރު ދިރިއުޅޭނެ ގެގަނޑެއް ނޭޅި ރައްޓެހިންނަށް ދަރާ ތިބީ ކިތައްމީހުންތޯ؟ މިފަހަރު ވޯޓުލާނީ އިދާރީ ސިވިލްސަރވިސް މަޤާމުތަކަށް މުސާރަ ބޮޑުކޮށްދޭ މީހަކަށް.

  12. ނަމަ

    އަމީން އޭނުން އުފަންވެފަ ތިބިކުދިން ވޯޓެއްނުދޭނު

  13. ޟެން

    އަބަދު ފައިސާ ދޭނަމޭ ތިކިޔަނީ ކަލޭމެނަށް ހީވަނީތަ ރައްޔިތުން ބޭނުންވަނީ ހަމައެކަނި ފައިސާހެން. ހުވަފެނުގައި ވެސް ކަލޭމެނަށް ކިޔޭނީ ފައިސާ ތޯއްޗެއް. ބޫތުކެޔަސް ތީ ބޮޑުވަރު.ބަލަ ކަލޭމެން ފައިސާ ދީގެނެއް ނޫނޭ އަހަރުމެން ކުދިން ބޮޑެތި ކުރަނީކީ އަމިއްލަ މަސައްކަތުން ބުރަ މަސައްކަތް ކޮށްގެން ހަލާލުގޮތުގައި. ކަލޭމެން ހެން ނާޖާއިޒް ވަޒީފާތަކާއި ދައުލަތުގެ ނުހައްގު ފައިސާއާއި ގެދޮރު އަހަރުމެންގެ ދަރިންނަށް ދޭކަށް ބޭނުމެއް ނޫން. ކަލޭމެނަށް ދުނިޔެ ލިބުނަސް އަހަރުން މެން ތިބޭނީ ޖަންނަތުގަ ﷲ އިރާދުކުރެވިއްޔާ.

  14. Anonymous

    މަރަށް ތެޅެނީ

  15. އަބްދޫ

    ޖޭޕީން އަބަދުވެސް މިކިޔަނީ ކޮންމެވެސް ނަމެއްގަ ރދަވްލަތުގެ ފައިސާއިން ރައޔިތުންނަށް ބައެއް ދޭނޭ ވާހަކަ

  16. އއ

    ހުރިހާ ރައްޔިތުންނަށް ( ވަށާޖެހޭ ފުދުންތެރި ) ރަނގަޅު އިޤްތިޞާދެއް ޤާއިމުވެ، ދެމެހެއްޓެނިވި ލުއިފަސޭހަ ތަނަވަސް ދިރިއުޅުމެއް ހޯދާދެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ؟ އަބަދުވެސް ތިޔަ ދެއްކެނީ ނިކަމެތިވެ ގޮތްހުސްވެފައި ތިބޭ ބަޔަކަށް ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދޭ ވާހަކަ. ތިމާމެންގެ ހުރި ތަނަވަސްކަމަކުން ފަޤީރު ރައްޔިތުންތަކަކަށް ބަނޑުފުރާނަ މުއްތި ކޮށްދޭ ވާހަކަ. ރައްޔިތުންނަށް ތަނަވަސްކަމެއް ލިބިއްޖެނަމަ، ކަލޭމެންގެ ބޭނުން ކެނޑި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންގެ ބޮލަށް ޗިޕެއްޖަހައިގެން ބޯ ކައިނުލެވިދާނެކަމުގެ ބިރުހީވަނީތޯ؟ ގޭގެ ބޮޑުފޮށިން ދަވްލަތެއް ހިންގޭނެ ހަމަ އެކަކުވެސް މި ދިވެހިރާއްޖެއަކު ނެތް. ތިމާގެ މުއްސަނދިކަން ދޭހަވާ މޭރުމުން އެކަކުވެސް ވާހަކަ ދައްކާނެކަމެއް ނެތް.