ޕީޕީއެމްގެ މެމްބަރުން މަގުމަތިކޮށްފައި އިންތިހާބަކަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެގޮތަށް ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ކުރީގެ ރައިސް ޔާމީން އަބްދުލް ގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ އިންތިހާބުގެ ކުރިން ރައީސް ޔާމީންގެ މައްސަލަ ނިންމެންވެސް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"އެއީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވީ. އެހެންވީމާ ޕީޕީއެމް މެމްބަރުން މަގުމަތިކޮށްފައި ބާއްވާ އިންތިހާބަކަށް ދެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް އިންސާފުވެރި އިންތިހާބެއް ލިބެންޖެހޭނެ ކަމަށް ވިދާޅުވި އިރު ރައީސް ޔާމިންގެ ވެރިކަމުގައި ނާޒިމް ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް ނާޒިމްގެ ގެކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ އޭނާ ޖަލަށް ލިއެވެ.

އަދި ނާޒިމް މިނިވަންވެވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ.

ރައީސް ޔާމީންއަށް 11 އަހަރުގެ ޖަލު ހުކުމެއް ފުރުއްވަމުން ގެންދަވާއިރު އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތް ދަނީ ވަަރަށް ލަހުންނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި އިއްވާފައިވާ އެހެން ދައުވާތައް ދަނީ ރާސްލާފައި ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާމިނަތު

    މީދެން ކާކުތަ ވެރިކަމައް އަންނަން މި މަރުފަލިޖަހަނީ ވެރިކަން ކުރުމުގެ ގާބިލީޔަތު ކަމެއް ނެތޭ

    5
    4
  2. މެޓުއޮފީސް

    މިފަހަރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގައި ފެނިގެން ދާނީ ޢުމަރު ނަސީރާއި ކާނަލް ނާޒިމްގެ ވާދަވެރިކަމެއް ކަމަށް ލަފާކުރެވޭ. އެއީ ރައިސްޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތެއް މެދުވެރިވެއްޖެނަމަ. ފަހަރެއްގައި މިވާހަކަ ޖޯކަކަށް ވުންވެސް އެކަށީގެންވޭ. ނަމަވެސް ގޮތް ނިންމާނީ ދިވެހި ރައްޔިތުން.

    2
    2
  3. އިބުން

    މިފަހަރު އިބްރާހީމަށް ކާމިޔާވުމަށްވުރެ ގާތީނުހޮވުން.ގައުމަށްބޭނުންވަނީ ތަންދޮރު އެނގޭ މީހެއް.ބުއްދިހުރި ބުއްދިކުރަންއެނގޭ މީހެއް

    10
    3