އަތޮޅުތަކުގައި ގެސްޓު ހައުސް އަޅައި ތަޅުދަނޑި އަޅާނެކަމަށް ވައުދު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމްގެ "އުޖާލާ ޒަމާން" މެނިފެސްޓޯގައި އެންމެ މުހިންމު ކަމަކަަށް އިސްކަންދީފައިވާ އެއް ކަމަކީ ބަދަހި އިގްތިސާދެވެ.

އެގޮތުން ރާއްޖޭގެ އިގުތިސާދު މިހާރު ވެއްޓިފައިވާ އަނދަވަޅުން ނަގާ، ދިވެހިންގެ ފުދުންތެރިކަމަށް މަސައްކަތް ކުރެވޭނެ ވަރުގެ އިގުތިސާދެއް ކޮޅަށް ޖަހާނެ ކަމަަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

އަދި އެ އަމާޒު ހާސިލު ކުރުމުގެ ގޮތުން ފަތުރުވެރިކަން ފުޅާކޮށް، ފަތުރުވެރިކަމުގެ ނަފާ އެންމެންނަށް ކަށަވަރުކުރަން ވަނީ ނިންމައިފައެވެ.

ހަމަ އެހެންމެ އަތޮޅުތަކުގެ އިގުތިސާދީ ހަރަކާތް ފުޅާކުރުމަށް، ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ޙަވާލުކުރާނެ ކަމަށް ނާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

ހަމަ އެހެންމެ ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކޮށް ރަށްރަށުގައި ފަތުރުވެރިން ކުރާ ހޭދަ އިތުރުކުރުމުގެ ގޮތުން، ރަށްރަށުގެ ކަލްޗުރަލް ސެންޓަރތައް ތަރައްގީކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ބަދަހި އިގްތިސާދުގެ ދަށުން ނާޒިމްގެ މެނިފެސްޓޯގައި ހިމެނޭ އިތުރު ކަންތައްތައް

  • ކޮންފަރެންސް އެންޑް ކޮންވެންޝަން ޓޫރިޒަމް ތަރައްގީ ކުރުން.
  • ޓުއަރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ތައާރަފް ކުރުން.
  • ޓުއަރިޒަމްގެ ވިޔަފާރީގައި ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ދައުރު ފުޅާކޮށް، ގިނަ ދިވެހިންނަށް ޓުއަރިޒަމްގެ ނަފާ ލިބޭނެ ގޮތްތައް ހޯދައިދިނުން.
  • ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމު ތަކުގައި ދިވެހިންނަށް ފުރުސަތު އިތުރުކުރުމާއި، ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ޢަދަދު އިތުރުކޮށް މަދުވެގެން 50 ޕަސެންޓް އަކީ ދިވެހިން ކަމުގައި ކަށަވަރުކުރުން.
  • ފެމިލީ ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ތީމް ޕާކްތައް ތަރައްގީ ކުރުން.
  • ޓުއަރިޒަމް ޓްރޭނިންގ ފަންޑެއްގެ ގޮތުގައި 50 މިލިއަން ރުފިޔާ ގާއިމުކޮށް، އެސިނާއަތުގެ މަސައްކަތްތެރިންގެ ކުރިއެރުމަށް އެފަންޑުން ހަރަދު ކުރުން.
  • ލޯކަލް ސުވެނިއަރ އުފެއްދުމަށް ބާރުއަޅާ، އޮތެންޓިސިޓީ އިއާދަކުރުން.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖުލައި

    އަތޮޅުތަކުގެ މީހުން ގެސްޓުންނާ ދެވާފަ ގެ އަޅައިދޭންވީނު

  2. ހުސޭނުބޭ

    ވާޒިމްގެ ވާހަކަތައް ރަގަޅު. އެކަކު އިތުބާރެއްނުކުރެވޭ! މީގެ 5 އަހަރު ކުރިން ސޯލިބޭ ތިއަށްވުރެ މާ ސަޅި ވާހަކަދެއްކި. އެކަމަކު ސޯލިބެޔަށް ވައްކަންކޮށްފައި ރައްޔިތުންނަށް ކަމެއް ކޮށްދެވޭނެ ވަގުތެއްނުވި. ވީމާ ތިކަހަލަ ވާހަކަތަކަށް އިތުބާރުނުކުރެވެނީ!

    1
    1
  3. އައްޑޫ މީހާ

    ގާސިމަށްވުރެން އެތައް ގުނައެއް ރަނގަޅުކަމަށް ނާޒިމު ފެންނަނީ.

  4. އާމިނަތު

    ތިގެސްޓު ހައުސް ތަކެއް އެޅީމަ ދޮންމީހުން އުޅޭގޮތްފެނި ޅަދަރިން ހަލާކުވަނީ އެހެންވީމަ ތިއައްވުރެ މުހިންމު ކަންކަން އެބަހުރި ނުކޮއްދެވެންޔާ މަޑުން ހުރުން ބުއްދިވެރިވާނީ

  5. ބޯހަލާކު

    މާތްކަލާކޯ! ދައުލަތުގެ ޚަރަދުގައި ކަންކަން ކޮށްނުދީ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެއުޅެވޭނެ ގޮތަކަށް ސިޔާސަތު ބައްޓަން ކޮށްދީބަލަ. މިދާވަރުން ދަންޏާ މާދަމާ ނޫހުގައި ސުރުޚީ އަޅާފާނެ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދައުލަތުން ރައްޔިތުންނަށް ބަތްކައްކާފައި ތަށިތަށްޓަށް އަޅާދޭނަމޭ ކިޔާފައި. ދެން ރައްޔިތުމީހާއަށް އޭގައި ލޮނުރަހަ ލިޔަސް ނުލިޔަސް ސަރުކާރު ޒިންމާއެއް ނުވާނެ. މީ ކޮމިޔުނިޒަމްތޯ؟

  6. ޔުނައިޓެޑް

    އަހަރެމެން ނޫޅެން ރަށަށް ވިޔާނުދާ ގެސްޓުން ނުގެނެވިގެނެއް. ތިޔައުޅެނީ މި ރަށްރަށުގައި ފިތުނަވެރި ނުކުރެވިގެންތަ؟