ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނައީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުން ދައްކައިފިއެވެ.

އީސީން ވަނީ މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މީހުން ތިބި އަދަދު ހާމަކޮށްފައެވެ. އެ ޕާޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ.

އެމްޑީޕީގައި 58،035 މީހުން އެބަތިބިއެވެ. ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބީ ޕީޕީއެމްގައެވެ. އެ ޕާޓީގައި ތިބީ 38،831 މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. އެ ޕާޓީގައި 22،705 މީހުން އެބަތިބިއެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުންނަށް ވުރެ އިތުރު ހަތަރު ޕާޓީއެއް އޮތް އިރު، ހަތަރު ވަނައިގައި އޮތީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ. އެ ޕާޓީގައި 10،227 މީހުން އެބަތިބިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް ދައުލަތުން ފައިސާ ލިބޭނީ އެ ހަތަރު ޕާޓީއަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީނު

    ނަޝީދަކީ މިހާރު އަމިއްލަ ޕާޓީގަވެސް ސަޕޯޓެއް އޮތް މީހެއް ނޫން

  2. ދަރަނި ދަންތުރަ

    އެމްޑީޕީގައި މެންބަރުން ގިނަވާނެތާ ސިޔާސީ މުވައްޒަފުންނާ ، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް އުތުރި އަރަނީ ކުންފުނި ތަކުގައި އިށިއިންނާނެ ގޮނޑި އެއްނެތިވެސް 6000 މުވައްޒަފުން އެބައުޅޭ ސްޓެލްކޯގައި ވެސް އީސީ ސަރީފު ދަބަސް ހިފަހައްޓަން 500 މުވައްޒަފުން އިށިއިންނާނެ ތަނެއް ނެތިގެން ކޮންޓެއިނަރު ތަކުގައި ވެސް މުވައްޒަފުން ތިބެންޖެހޭ ، ރަސްމީ ގަޑީގައި ބައެއް މުވައްޒަފުން ކައިރި ކެފޭތަކުގައި ވެސް މަޑުކޮށްގެން ތިބެންޖެހޭ ސްޓެލްކޯގައި އިށިއިންނާނެ ގޮނޑި ނެތީމައި

  3. ލޮލް

    އެމްޑީޕީގައި މެމްބަރުން ގިނަވުމަކުން މާބޮޑު ފައިދާއެއް އެމްޑީޕީއަކަށް މިހާރު ނުކުރާނެ. އަމަލީގޮތުން ޕާޓީކަންކަމުގައި އުޅެނީ ނިސްބަތުން ވަރަށް މަދު ބަޔަކު. މިހާރު ޖަލްސާއަކަށް ގޮވާލިޔަސް ހިތުން ރުހުމުން ދާމީހަކު ވަރަށް މަދުވާނެ. އެމްޑީޕީން ގިނަ ބަޔަކު އެއްކުރަންޏާ ޖެހޭނީ ސަރުކާރުން އަމުރެއް ނެރޭން.