ބޭރުން މުދާ ގެނެސްދޭނެ ކަމަށް ބުނެ މީހެއްގެ އަތުން 26،000 ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް ހަތަރުލައްކަ ރުފިޔާ) ހޯދައިގެން ފިލި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިބްރާހިމް ފަވާޒު ނަމަކަށް ކިޔާ މީހަކު ބުނާ ގޮތުގައި، އަހުމަދު ޝިފާނު ނަމަކަށް ކިޔާ މީހަކު ވަނީ ބޭރުން މުދާ ގެނެސްދޭނެ ކަމަށް ބުނެ ފަވާޒު އަތުން 26،000 ޑޮލަރު އަތުލައިގެން ފިލާފައެވެ.
ފަވާޒް "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ކުންފުނިން އަބަދުވެސް މުދާ ގެންނަނީ ޗައިނާއިން ކަމަށާއި، އާންމުކޮށް މުއާމަލާތް ކުރަނީ ބޮނިޓޯ ކާރގޯ އެންޑް ލޮޖިސްޓިކްސް އާ ކަމަށެވެ. ޝިފާން އަކީ މީގެ ކުރިން އެކުންފުނީގެ މުވައްޒަފެއް ކަމަށް ބުންޏެވެ.
"މިދިޔަ މެއި މަހު މުދާ ގެންނަން ވެގެން ވާހަކަ ދެއްކުމުން ޝިފާން އަޅުގަނޑުމެން ކައިރި ބުނީ އޭނާގެ އަމިއްލަ ކުންފުންޏެެއް ހެދި ވާހަކަ. އަދި އޭނަ މުދާ ގެނެސްދޭން އޮފާ ކުރީމަ އަޅުގަނޑުމްނެ ނިންމީ އެކުންފުނި މެދުވެރިކޮށް މުދާ ގެންނަން." ފަވާޒް ބުންޏެވެ.
ފަވާޒު ބުނިގޮތުގައި އެ ފައިސާ ދިނުމަށްފަހު، ފަހުން ޝިފާން ވަނީ އެ ފައިސާ ޗައިނާގެ ސަޕްލަޔަރަށް ނުދޭކަމަށް އެއްބަސްވެފައެވެ. އެފަހުން އެ ފައިސާ 6 ޖުލައި ގައި އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް މިހާރު އޭނާގެ ހަބަރެއް ނުވާކަމަށް ފަވާޒު ބުންޏެވެ.
"ޝިފާން އާއި ގުޅަން މަސައްކަތް ކޮށް މިމަހުގެ އެއްވަނަ ދުވަހު ވާހަކަ ދެއްކޭ ގޮތް ވީ. އެދުވަހު ފައިސާ ސަޕްލަޔާ އަށް ނުފޮނުވާ ކަމަށާއި މިމަހުގެ ހަ ވަނަ ދުވަހު ފައިސާ އަނބުރާ ދޭނެ ކަމަށް ބުނި. އޭގެ ފަހުން އެއްވެސް ގޮތަކަށް ކޮންޓެކްޓެއް ނުކުރެވޭ." ފަވާޒް ބުންޏެވެ.
ފަވާޒް ބުނި ގޮތުގައި މިމައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން ޝިފާންގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފައެވެ.
ޤައުމުގާ މިއޮތީ ހުސް ވަގުން. މިއީ މިހާރު މި ޤައުމުގެ ހާލަތަކީ. ބަންގްލަދޭސް މީހުންވެސް މިހާރު މި ޤައުމުގެ ފުޅުހުން ދެކެ ބިރެއް ނުގަނޭ. ލަފާކުރެވޭ ގޮތުގައި މި ޤައުމުގެ ރައްޔިތުން ވާނީ މި ބޭރުމީހުން މަސައްކަތު އަލުންނަށް. ވ ވެދުން.
މިހާރުމިއުޅޭމީހުންނަށް ލާރި އަކީ ހުރިހާވެސް އެއްޗަކީ ދީން މީ މިމީހުންނަށް ދަންނައެތްޗެންނޫން ނަމުން އިސްލާމުން މަރުވީމަ ހިސާބު ބައްލަވާދުވަހެއްވޭ
ފެނަކަ އިން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދޭ ވާހަކަ ވެސް ބުނެދީބަލަ