މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ މިނޫނަސް މީސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ހަދާ ޝެއަރ ކުރަމުންދާ ކަަމަށް ފުުލުހުން ވިދާޅުވެއްޖެއެެވެ.

ފުލުހުން ވިދާޅުވީ، އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް މިހާރަކަށް އައިސް ހުށަހެޅޭ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ.

އަދި އެކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއްކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ހީލަތްތެރިޔާގެ އަތުގައި ހުރީ، ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މިނޫނަސް އެކި ކަލަހަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ސުވާލަކީ ފުލުހުންނަ އެކަން އެނގޭއިރު އެބަޔަކު ނުހޯދެނީ ކީއްވެބާ؟

    12
    1
    • ކައިދާ

      ބައި އަޅާތި ކަމަށްވެސް ވެދާނެ ތޯއްޗެ

  2. ކޮރަލް

    އެއް ދޮރުން ވައްދާފަ އަނެއް ދޮރުން ނެރޭތީ ވާ ގޮތެކެވެ.

  3. މުޙައްމަދު

    މުޅި ޤައުމުގަ އޮތީ ތިކަން، ދޮގުހެދުމާއި، އޮޅުވާލުމާއި، ވައްކަން ކުރުމާއި، މަކަރާއި ހީލަތްތެރިކަން އަދި އަނިޔާވެރިކަން حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ