މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސަރުކާރެއްގައި ހއ. ދިއްދޫގައި އެއާޕޯޓެއްގެ އިތުރުން ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހއ. ގެ އަތޮޅުތަކަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްދޫގެ ރައްޔިތުންނާއި ބައްދަލުކޮށް މިރޭ ދެއްކެވި ވާހަކައިގައެވެ.

ނާޒިމްގެ ވާހަކައިގައި މި ސަރުކާރުން ދިއްދޫއަށް އިހުމާލުވެފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މަސްވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އައި އެރަށުގައި މިހާރު މަސްވެރިކަން ނެތް ކަމާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ މިސަރުކާރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިސަރުކާރުން ދިއްދޫއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި އެރަށުގައި އެއްވެސް ކަހަލަ ޕްރޮޖެކްޓެއް ވެސް ނުހިނގާ ކަމަށެވެ. އެހެން ކަމުން މިސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިއްދޫގެ ރައްޔިތުންނަށް ލިބުނު އުފަލެއް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ދިއްދޫގެ ސިއްހީ ހިދުމަތް ދޭ ތަނަކީ ވެސް ވަރަށް ދަށް ފެންވަރެއްގައި ހުރި ތަނެއް ކަމަށާއި އަންހެން ބޭފުޅުން ޑޮކްޓަރަށް ދައްކަން ޖެހިއްޖެނަމަ، ދާން ޖެހެނީ ކައިރީގެ ރަށްތަކަށް ކަމަށެވެ.

"މިރަށުގައި ބޮޑު އިމާރާތެއް ހުރުމަކުން ނުފުދޭ އިނގޭތޯ. އެއިމާރާތުން އެކަމަށް ބޭނުންވާ ހިދުމަތް ލިބެން އެބަ ޖެހޭ. އެ ރިސޯސް ހުންނަން އެބަ ޖެހޭ. ގައިނޮކޮލޮޖިސްޓުން ތިބެން އެބަ ޖެހޭ. ކުޑަކުދިންގެ ޑޮކްޓަރުން ތިބެން އެބަ ޖެހޭ. ސްކޭން ކުރެވެން ޖެހޭ. އެކްސްރޭ ނެގެން ޖެހޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެފަދަ ހިދުމަތް ނުލިބޭނެމަ، ހޮސްޕިޓަލެއްގެ ބޭނުން ނެތް ކަމަށެވެ. އެހެން ކަމުން އެމްއެންޕީގެ ސަރުކާރެއްގައި ދިއްދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައި، މީހުން ހަމަކޮށް ހުރިހާ ވަސީލަތެއް ހަމަ ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޓާޝަރީ ހޮސްޕިޓަލުގެ އިތުރުން ވެސް، ދިއްދޫގައި އެއާޕޯޓަކާއި 200 ފްލެޓް ވެސް އެމްއެންޕީގެ ސަރުކާރެއްގައި އަޅާނެ ކަމަށް ނާޒިމް ވަނީ މިރޭ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޮލް

    އިހަވަންދޫ ސްޕީޗް ކޮޕީ ޕޭސްޓް ކޮށްލީދޯ. ގޯހެއްނޫން. ގޮތްނިންމާނީ ދިއްދޫ ރައްޔިތުން.

  2. ހުސޭނުބޭ

    މިހާރު ދެން ކޮންމެ މީހެއްގެ ދެފއދގޯޅީގައި އެއަރޕޯޓެއް އަޅަންތި ދިމާކުރީ. މިހާރު ދެން އެއްފަހަރަކަށް ތިކަން ހުއްޓާލާފައި އަނގަހިމޭނުންލައިގެން ހުންނަންވެއްޖެއްނު@!

    1
    4
    • މުހައްމަދު

      އެއާޕޯޓްގެ ވާހަކަ ދެއްކީމަ ބައެއްމީހުންނަށް ހާދަ ވަރުތަކެއް އެބަވޭ. އެއާޕޯޓްގެ މުހިންމުކަން ނޭގޭނެ ނުކިޔަވާ ތިބޭ މީހުންނަކަށް.

      2
      2
      • ލޮލް

        ކޮންމެ ރަށެއްގައި އެއާޕޯޓެއް އަޅަންވެއްޖެނަމަ ކޮބާ ސަލާމަތެެއް. އަހަރެމެން މިއުޅެނީ އެއާޕޯޓުތަކާއި ހޮސްޕިޓަލުތައް ނޭޅިގެންނެއްނޫން. އެތަންތަނުން އެކަށީގެންވާ ޚިދުމަތްތައް ނުދެވިގެން. ކޮންމެ މީހަކުވެސް ވޯޓު ހޯދަންވީމާ އެތަނެއްގައި ތިބޭ ބައެއްގެ ވިންދުތަކާއި ޝުޢޫރުތަކުގައި ކޮށްޓާނެ. ހަރާމޭ އެއްކަމެއްވެސް ފުރިހަމައަށް ކޮށްދޭނެނަމަ.

        • މުހައްމަދު

          ބަލަގަ ރައްޔިތުން ބޭނުންވާ ބައިވަރު ކަންކަން އެބަހުރި.. އެއިން އެވެސް ކަމެއް މިހާަތަނަށް އެބަހުރިތަ ކޮށްދީފަ.. އެހެން ވީމަ ކޮންމެ ސިޔާސީ ލީޑަރެއްވެސް ރަށަކައް ގެންނަން ބުނާ ތަރައްގީއައް ނޫނެކޭ ބުނާނަމަ އޭގަ ދެރަ ލިބޭނީ ހަމަ ރަށު ރައްޔިތުންނަށް.. މިސާލަކަށް ބަލާ ހޯރަފުށީ އެރަށުމީހުން ރަށައް ލިބެންހުރި ތަރައްގީ އެއީ މަމެންގެ ޕާޓީ މީހެއް ގެނެސްދޭ ގެނެސްދޭ ތަރައްގީއެއް ނޫނޭކިޔާ ރަށަށް ލިބެންހުރި ތަރައްގީ ބޮލާލާ ނުޖަހާ.. ދެބަސްވުން އޮތަސް ރަށަށް ލިބޭ ތަރައްގީ ބަލައިގަތުމުގެ ނަތީޖާ އެރަށައް އަރާލި ކޮންމެ މީހަކައްވެސް ފެންނާނެ..

  3. ވައުދު

    ނެކްސްޓް ޕްލީޒް

  4. ޖަމަލު

    ކަލޯ ތިވަރަރައް ވައުދުވާއިރު ހަދާންކުރައްޗޭ މިނޫންދުވަހެތް އޮތްކަން ވެރިކަމައް އައިސްސަ ވައުދުތައް ނުފުއްދިއްގެއްޖާ އެދުވަހަކުން ސުވާލުކުރާނެ

  5. ދާންދޫ

    ރާއްޖެ ކަހަލަ ޤައުމެއްގައި މަދުވެގެން ކޮއްމެ 10 މިނިޓެއްގެ ދެމެދު އެއަރ ޕޯރޓެއް އޮތުމަކީ އެއްމެ މުހިއްމު ކަންތައް . ނާޒިމަށް ސާބަސް ވައުދުތައް ވެފަ ބަހައްޓަވާ . ރައްޔިތުން ވޯޓްދެއްވާނީ މެނިފެސްޓޯ ގައި ހުންނަ ވަޢުދުތަކަށް ބަލާފައި ކަން ޔަޤީން .

    1
    1