ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ބޮޑު ތިލަދުންމައްޗަށް ކުރެއްވި ކާމިޔާބު ކެމްޕޭން ދަތުރު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ނާޒިމްގެ ދަތުރުފުޅުގައި ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްރަށަށް ވަނީ ވަޑައިގެންފައެވެ.

ނާޒިމް ވަޑައިގަތް ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި،ހދ. ނެއްލައިދޫ، ހދ. މަނުކުދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހއ. އުތީމް، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހއ. ކެލާ، ހއ. ފިއްލަދޫ، ހއ. ދިއްދޫ، ށ، މުރައިދޫ، ހއ. ބާރަށް، ށ. ފޯކައިދޫ، ށ. ފީވައް، ށ. ނޫމަރާ ހިމެނެއެވެ.

ނާޒިމް ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާއި ބައްްދަލު ކުރަނީ - ފޮޓޯ: އެމްއެންޕީ

ނާޒިމްގެ ދަތުރުގައި ކުޅުދުއްފުށީގެ އެމްއެންޕީ ޖަގަހައިގައި ރައްޔިތުންނާއި ބައްދަލުކުރައްވައި އަދި އެ ރަށުގައި ޑޯޓުޑޭ ކެމްޕޭން ވަނީ ހިންގައިފައެވެ.

އަދި އެކި ރަށްރަށުން އެމްއެންޕީއާ ގުޅުނު ފަރާތްތަކުގެ ފޯމްތައް ނާޒިމްއާ ވަނީ ހަވާލުކޮށްފައެެވެ.

ނާޒިމް ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާއި ބައްްދަލު ކުރަނީ - ފޮޓޯ: އެމްއެންޕީ

އޭގެ އިތުރުން، ނާޒިމް ވަޑައިގެންނެވި ރަށްތަކުން، އޭނާއާ ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކާއި ބައްދަލު ކޮށްފައިވާއިރު، ރައްޔިތުންގެ ގާތަށްވެސް ވަޑައިގެންނެވިއެވެ. އަދި ބައެއް ރަށްރަށުގައި ކަންމަތީ ޖަލްސާތައްވެސް ބާއްވާފައި ވެއެވެ.

ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމްގެ މެނިފެސްޓޯ މައިގަނޑު ގޮތެއްގައި ހިމެނެނީ ނުވަ ދާއިރާއެއްގެ މައްޗަށެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ވަހުދަތު، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު، އަދުލު އިންސާފު، ނަޒާހަތްތެރި ވެރިކަމެވެ.

އޭގެ ތެރޭގައި ހިމެނޭ ބާއްޖަވެރި އާއިލާއަކަށް ގެންދިއުމުގެ ގޮތުން ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކޮށް ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރަން ވަނީ ނިންމައިފައެވެ.

ނާޒިމް ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާއި ބައްްދަލު ކުރަނީ - ފޮޓޯ: އެމްއެންޕީ

އަދި ރަށްރަށުގެ ކަރަންޓު ވިޔުގައަށް އިއާދަކުރަނިވި ހަކަތަ ގުޅާލައި، ކަރަންޓް އުފެއްދުމަށް ތެޔޮ ބޭނުންކުރާ ނިސްބަތް ދަށްކޮށް، ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކުރަން ވެސް ހިމަނާފައި ވެއެވެ.

ނާޒިމްގެ މެނިފެސްޓޯގައި އަލަށް އުފަންވާ ކޮންމެ ކުއްޖެއްގެ ބޭނުމަށް ސަރުކާރުން 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވެސް ހިމަނާފައި ވެއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢ

    ހދ ގެ 16 ރަށުގެތެރެއިން އެންމެ 5 ރަށަށް ދިޔައީމަ އެއީ ވަރަށް ކާމިޔާބު ދަތުރެެއް

  2. ބޭބެ

    ކުޅުދުއްފުށި ނާޒިމް ތިކައިރި ކޮއްގެން އުޅޭ މީހުން އެހާ އެހާއެއް އެއްނޫން..ހަމަ ބުނެލީ

  3. ގުރަިއޝާ

    5 ރަށުން 5 ކުދިންނާ ރައްޓެހިވެފަ ރުޅިވެގެން އައިމަ އެހެން ކިޔަނީ