ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ސިންގަޕޫރާއި އެއްފެންވަރަށް ގެންދަވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ޕާޓީގެ ރަައީށް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ނުއިވޭ އަޑު" ޕްރޮގްރާމްގައި "ދިވެހި ރާއްޖެ ކޮރަޕްޝަންގެ ވިލާގަނޑެއްގެ ދަށުގައި". މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދައުލަތު ކުންފުނިތައް ހިންގަނީ ވަކި މެއިންޑޭޓެއްގެ ތެރޭގައި ކަމަށެވެ. އެ ކުންފުނި އުފައްދާއިރު ކުންފުނީގެ މަގުސަދު ލިޔެފައި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"މިސާލަކަށް ސްޓެލްކޯ އެ ކުންފުނި އުފައްދާފައިވަނީ ކަރަންޓު ދިނުމަށް. އެމްޑަބްލިއުއެސްސީ އުފައްދާފައިވަނީ ފެންދިނުމަށް. ފެނަކަ އުފައްދާފައިވަނީ ފެނާއި ނަރުދަމާއެޅުމަށް . އެކަމު މިއަދު މި ފެންނަނީ ސަރުކާރައްވާ ބޭނުންވާ ކޮންމެފަދަ ކަމެއް އެމީހުންލައްވާ ކުރުއްވާކަން. ފްލެޓް ވެސް އަޅާފާނެ، މަގުވެސް ހަދާފާނެ، ނޫސް މަޖައްލާތަކަށް ތިއްލައްކަ ރުފިޔާ މަހަކު ވެސް ދީފާނެ. ހަމަ ހުރަސްކޮށްލީ ދެން ފެންނަނީ އެތަނަކަށް ސްޕޮންސާ ދޭ މަންޒަރު. މިއީ ކަނޑައެޅިގެން ކޮރަޕްޝަން.". ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފެނަކަ މިއަދު މި އޮތީ 2.2 ބިލިއަން ރުފިޔާއަށް ދަރާފައި ކަމަށެވެ. އެހާ ބޮޑު އަދަދަކުން ދަރާފައި އޮތުމަކީ ކުންފުންޏެއް ހަލާކުވެގެން ދިއުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެތައް ބައިވަރު ކުދި ކުންފުނިތަކަށް ފެނަކަ ދަރާ ވިކިފައިވާ ކަމަށް ވިދާޅުވިއެވެ.

" ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމް ދުނިޔާގެ ފެންވަރުގައި ކުރިއަރުވާނަން. ސިންގަޕޫރަށް ބަލާއިރު އެމީހުންނަކީ ދުނިޔޭގައި މިހާތަނަށް ސާބިތުކޮށްދީފައިވާ ބައެއް. އަޅުގަނޑުގެ ސަރުކާރެއްގައި ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމް ސިންގަޕޫރާއި އެއްފެންވަރަށް ގެންދާނަން.". ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުންފުނިތަކުގެ މެނޭޖަރުންނާއި ބޯޑުތައް ޒިންމާދާރު ކުރުވާނެ ކަމަށެވެ. މިއަދު ފެންނަނީ ބޯޑުތަކަށް ތަފާތު ބޭފުޅުންލާތަން ކަމަށާއި ސަރުކާރުން ބުނިހާ ގޮތަކަށް އެ ބޭފުޅުން ކަންތައްކުރައްވާތަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ނާޒިމްގެ ވެރިކަމެއްގައި އެތަންތަނަށް އައްޔަން ކުރެވޭ ބޭފުޅުންނަކީ ތައުލީމީ ގައުމާ ދޭތެރޭ ވިސްނާ ޖަވާބުދާރީވާން ކެރޭ ބޭފުޅުންގެ ގޮތުގައި ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ަހެލޯ

    އަބަދުވެސް ތިކިޔަނީ އެކަށްޗެއް . . ހަދާނަށް 'ކުރާނަށް' ( ކުރާނެ ގޮތެއް ' ޕުލޭނެއް ދައްކަބަލަ ) މިކަން ކުރާނީ މިހެންނޭ ' ތި މަންނަ ފައިނޭންސް މެނޭޖް ކުރާނީ މިހެންނޭ )

    • ލޮލް

      ޕާޓީ ތަސައްރަފު ނުފުދެނީސް ގަދަބާރުން ރިޔާސީ ޓިކެޓެއްހޯދައިގެން ވެރިކަމަށް ފައިނަގައިގެން އާންމުން ގުނބޯހައްދަނީ. ސަމާލު. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.

  2. Anonymous

    ނާޒިމު ކަލޭތިހަދާ ބުހުތާން ދޮގު ކަލޭގެ ނަފުސުވެސް ގަބޫލު ނުކުރާނެ

    3
    1
  3. ސދފސފ

    ނާޒިމްގެ ގާބިލް ކަމާްއި މެދު ޝައްކެއް ނުކުރަން.
    ނަމަވެސް މިވަގުތު ގިނަ ރައްޔިތުން ބޭނުންވަނީ ވަގުތީ އުފަލެއް. ޑްރަގް ބޯމީހުން، ވިއްކާ މީހުންނާއި ، އަދި ކަރަޕްޓް މީހުން ބޭނުންވާނީ އެގޮތް.
    އެނޫން ގޮތެއް ގެންނަން ވާހަކަ ދައްކާ ބަޔަކު ބަލައެއް ނުގަންނާނެ.

  4. ހުސޭނުބޭ

    ކަލެއަކީ ބޮޑު ވިޔަފާރިވެރިއެއ! ވީމާ ކަލޭގެ ވެރިކަމެއްގައި ސިންގަޕޫޜާ އެއްފަދަކުރާން ސަްއުލަތުގެ ކުންފުނިތައް އޮންނާނީ ކަލޭގެ އަމިއްލަ ތަރިކަ މުދަލަށް ހަދާފައި.

    3
    1
  5. ވައުދު މެޝިން

    ނެކްސްޓް ވައުދް ޕްލީޒް.