މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ) ސަރުކާރެއްގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ޕްރައިވަޓައިޒް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ "ނުއިވޭ އަޑު" ޕްރޮގްރާމްގައި "ދިވެހި ރާއްޖެ ކޮރަޕްޝަންގެ ވިލާގަނޑެއްގެ ދަށުގައި". މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވިޔަފާރީގެ މޮޑަލްއަށް ބައެއް ކަންކަން ކުރުމަށް މިއަދު ވިސްނުމަށް އެބަ ގެންނަންޖެހޭ ކަމަށެވެ.

އެމްއެންޕީގެ ސަރުކާރެއްގައި ވިސްނުން ހުރީ ބައެއް ތަންތަން ޕްރިވަޓައިޒް ކުރަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތަށް ކަންތައް ނުކުރުމުން، ސަރުކާރުން އެ ކުންފުނިތަކަށް ލާ މެނޭޖިންގ ޑިރެކްޓަރަކާއި ސަރުކާރުގެ ބޯޑަކުން އެތަންތަން ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާ ކަމަށާއި ފުށްގަނޑެއްހެން އެތަންތަން މޮޑެލަ މޮޑެލާ ތިބޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ބައްލަވާ މިސާލަކަށް ދިރާގު ޕްރައިވަޓައިޒްކޮށްފައި އެ ހުރީ. މިއަދު އެތަންތަނުގެ މެނޭޖްމެންޓް ދާލެއް ރަނގަޅު. ބޭންކުން އެ އޮތީ ޕްރައިވަޓައިޒްކޮށްފައި ބަރާބަރު އެތަންތަން ދާލެއް. ސުވާލެއް ނެތް ކުރާކަށް. އެތަން އެތަނުން ނަގާ ޗާޖުގެ ވާހަކަނެތް ދައްކާކަށް. ނަމަވެސް މެނޭޖްމަންޓް އެ ދަނީ ރަނގަޅަށް. އެމްޑަބްލިއުއެސްސީވެސް ރަނގަޅަށްދަނީ ހަރުދަނާކޮށް ހިނގާ. އެހެންވީމަ އަޅުގަނޑު މި ހުރީ ތަންތަން ޕްރައިވަޓައިޒްކުރުމުގެ ވިސްނުމެއްގައި.". ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މީޑިއާ ޕްރައިވަޓައިޒް ކުރައްވާނެ ކަމަށެވެ. މިހާރު ސަރުކާރުން މިޑީއާ ހިސޯރުކޮށްގެން ތިބޭ މަންޒަރު ފެނުމުން ހިތާމަކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީޑިއާތައް ޕްރައިވަޓައިޒް ކުރުމުން ސަރުކާރުގެ ނުފޫޒު ބޭރުވީ ކަމަށާއި އަދި ހަރުދަނާކޮށް މެނޭޖްމެންޓް ހިނގަމުންދާނެ ކަމަށް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ޕީއެސްއެމް ޕްރައިވަޓައިޒް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލި ބެއްޔާ

    މަގޭ ސަރުކާރެއްގައި އެތަން ވިއްކާލާނީ

  2. ކޭފޯވަޓް

    ކަލެއަށް ވެރިކަމަށް އާދެވޭނެ ގޮތެއް އަދި މިގައުމުގައި ނެތްކަން ވަރަށް ރަގަޅަށް އެގޭނެ. ބޭނުންވެގެން ތިއުޅެނީ ފައިސާ. ފައިސާ ހޯދަނީ އިންތިހާބުގައި ވާދަކުރާ މީހެއްގެ ނަމުގައި ސިންގަޕޫރ އަދި މެލޭސިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުގެ މަހުޖަނުން އަތުން. ކަލޭގެ ވަށައިގެންތިބި އެންމެންނަށް އެގޭނެ ކަލޭ މިގައުމުގެ ރައީސަކަށް ނުހޮވޭނެކަން. މިއަދު ކަލޭ ހިނިތުންވެފައިވާ މޫނެއް މީހުންނަށް ދެއްކިޔަސް ކަލޭގެ ބޮޑާ ކިބުރުވެރިކަން ގިނަމީހުން ދަނޭ.