ބައިބައިކުރުމާއި ރޫޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިބައިކުރުމާއި ރޫޅާލުމާއި ފުރައްސާރަ ކުރުމާއި ހަނގާކުރުމަކީ ރައީސް ސޯލިހްގެ ސިޔާސަތެއްނޫން ކަމަށެވެ.

ރައީސް ސޯލިހަކީ އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ދެއްވާ، ކެތްތެރިކަން އިސްކުރައްވައިގެން ހައްލު ހޯއްދަވާ ބޭފުޅެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗުބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ "ފޫވައް ވެއްޓި ގެއްލިއްޖެ" ކަމަށާއި އެ ޕާޓީ ދެން ދާނީ "ރޫޅެމުން" ކަމަށެވެ.

"ކަށިކެޔޮ ގަނޑަށް ވާގޮތް، ފޫވައް ދިޔައިމަ ގަނޑު ރޫޅޭނެ. އެމްޑީޕީ އެދަނީ ރޫޅެމުން. ފޫވެއް ވެއްޓިއްޖެ. ފޫވައް ގެއްލިއްޖެ.،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ގްރޫޕެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީ ރޫޅާލުމަކީ ޑިމޮކްރެޓްސްގެ އަސާސީ ގަވައިދު ނަމަ އެއީ ހުވަފެނެއް ކަމަށެވެ. އަދި އެ ޕާޓީ ރޫޅާލިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ނަޝީދު އާއި އެމަނިކުފާޏުގެ އާއިލާއަށް އުފައްދައިދިން ޕާޓީއެއް ނޫން. ޕާޓީތަކުގެ ލީޑަޝިޕަކީ ބަދަލުވާ އެއްޗެއް. ނަޝީދަށް އުޅުއްވަނީ އެކަން ގަބޫލުނުކުރެއްވިގެން. ޑިމޮކްރެޓްސްގައި ތިބޭނެ ކަމަށް ފާހަގަވަނީ ނަޝީދު ވިދާޅުވާ ގޮތަށް ކަންކަން ކުރައްވާނެ ބޭފުޅުންނާއި ސަރުކާރު ދެކެ ޒާތީވާ ބޭފުޅުން. އެއީ މައްސަލައެއް ނޫން.". ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ނާތަހުޒީރު އަމަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފޭކު އާދަމް

    ޙައްޖައް ގޮއްސަ އައިމަވެސް އަނގަ މައިތިރިއެއް ނުވެޔޭދޯ

    29
  2. ރަޔާން

    ތެދެއް ، އެހެންވެތާ ރާއްޖެ ދެބައި ކޮށްފަ އެއްބައި މޮރިޝަސް އައް ، ބާކީ އޮތްތަންކޮޅު އިންޑިއާ އަށް ބައި އެޅީ.

    17
  3. އހ

    ސިޔާސަތަކީ ގައުމު ވިއްކާލާ އަޅުވެތި ކުރުވުން ވަގު އެއްބަސް ވުން ހަދައިގެން

    16
  4. އަދުރޭ1

    އެއްކަލަ ފަގީރު ކޮއި. މާލޭގެ އެމްމެ ފަގީރުންގެ ލިސްޓްގާ އޮވެ. ގޯތި ހޯދި ކަމަނާ!!

    17
  5. މާޟީ

    ރިއާސީ އިންތިޚާބު ނިމުނީ މައިތިރި ވީ

    15
  6. 2000

    ނުހައްގު ކޯޓާގައި ހައްޖުވީމާ ހައްޖު ވެވުނުތަ . މަންޖޭ

    10
    0
  7. ސސސ

    2023 ރައީސް ޔާމީން..އިންޝާﷲ...

    13
  8. ޖާނޭ

    ރޮޒައިނާގެ ދެކަބަލުން ބޮޑީގާޑް ޓްރޭނިންގ ހަދައިގެން ނައިބުރައީސްގެ ބޮޑީގާޑުންގެ ނަމުގައި ހައްޖަށް ގޮސްފައި އައިސް ދައްކާ މޮޅުވާހަކަ ނިކަން ދެކިބަލަ.

    13
  9. ލުލު

    ބިން ލިބުނީމަ ސަނާ ކިޔަންފެށީ ހައްޖުން އައިސް މަހީކުރީ އިސްލާހު ވާނެކަމައް

  10. އަވަށުމީހުން

    ތިހުރީ ރަގަޅަށް އިބޫ ރޫޅައިލައިފަ.. ލިޔެފައި ކިޔަންދޭ އެއްޗެހިން އެފަކީރު ޙަލާކްވަނީ..

  11. ޒައިދު

    ޙައްޖަކީ މަބްރޫރް ހައްޖަކަށްވެއްޖެނަމަ އަގަތެޅުން ހުއްޓޭނެ .

  12. އިކުރާމު

    ރޮޒޭމެން ޑީއާރުޕީން އައިސް އެމުޑީޕީ ރޫޅާލާ އުފެއްދި މީހުން ބޭރުކޮއްފި

  13. މާމީ

    ގޯނިހައްޖައް ކަލޭމެން ތިޔަދިޔައީ