ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ކިތަންމެ ބާރަށް މުދަލުގެ އަގު ބޮޑުވެއޭ ވާދަވެރިން ބުންޏަސް، ސެންޓްރަލް ބޭންކުން ބުނަނީ ތަކެތީގެ އަގު ދަށަށް ދާ ވާހަކަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ މ. މުލަކުގައި ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި މުލަކުގައި ބޭއްވި ޖަލްސާގައި، ރައީސް ވިދާޅުވީ ރާއްޖޭގެ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ވާދަވެރިން ވަރަށް އަޑު ހަރުކޮށް އެ ދުވަހު ބުނަމުންދާ ކަމަށެވެ. އަދި އިންފްލޭޝަން %5.4 އަށް މައްޗަށް ދާނެ ކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ބުނެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން މި އަހަރު އަޅަން ފެށި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން %3.4 ގައި އިންފްލޭޝަން ހިފެހެއްޓިފައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔޫރަޕްގެ ގައުމުތަކުގައި މިއަދު އިންފްލޭޝަން ހުރީ %9 ގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"އެހެންވީމަ ރާއްޖޭގެ ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް މި ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ އެބަ ފެނޭ. ކިތަންމެ ބާރަށް ތަކެތީގެ އަގު ބޮޑުވެއޭ ބުންޏަސް އެމްއެމްއޭ، ރާއްޖޭގެ ސެންޓްރަލް ބޭންކުން ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ." ރައީސް ވިދާޅުވިއެވެ.

"އެއީ ތަފާސް ހިސާބުތަކާއި މައުލޫމާތުތައް އެއްކޮށްގެން އެބޭފުޅުން ވިދާޅުވާ ވާހަކައެއް. އެއީ އަޅުގަނޑު މިތާ ހުރެ ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެން އެޅީ ފިޔަވަޅުތައް. ކަންތައްތަކެއް ކުރީ. އެބޭފުޅުން ދިރާސާ ހެދީ. އޭގެ ނަތީޖާ އެބޭފުޅުން ވިދާޅުވަނީ. އެހެންވީމަ ކޮންމެ ބޭފުޅަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތް އޮތީ މިގޮތަށް. އޮޅުވާލަން ދެއްކިދާނެ ކޮންމެ ފަދަ ވާހަކައެއް ވެސް،"

ރައީސް ވިދާޅުވީ މި އުފާވެރި އަމާން ރާއްޖެ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބު ލިބޭނެ ކަމަށާއި އެކަމާ ޝައްކު ނުކުރައްވާ ކަމަށެވެ.

މުލަކުގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ހިންގަން އައި ނަމަވެސް، ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮންޖެހުންތަކަށް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މުލަކުގައި ފްރީޒިން ކެޕޭސިޓީ އަދި ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭ ވަރު ކުރާނެ ކަމަށެވެ. އެ މަސައްކަތް މިހާރު އޮތީ ޓެންޑާ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ. މިފްކޯ އަށް އަލަށް ގެންނަ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު ބާއްވާނީ މި ސަރަހައްދުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން މި އަހަރު އޭޓީއެމްގެ ހިދުމަތް ފެށުމާއި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ހަދައި ބޯހިޔާވަހިކަން ވެސް ހޯދައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަނަނަ

    ކަލޭ ވެރިކަމަށް އައިއިރު 13 ރުފިޔާއަށް ލިބުނު ޕާން މިހާރު ލިބެނީ 32 ރުފިޔާއަށް. 15.70ރ ޑޮލަރެއް ހުރި މިހާރު ލިބެނީ 17.50 އަށް.. މިކަލޭގެ އަނގައިން ހައްދަވައިގެން ހަމަ ތެދެއް ނުނުކުންނަނީއޭ އޮޅިގެންވެސް…

    27
  2. ކޮއްޔާ

    ތިބުނާ ފިޔަވްޅު އަޅަން ތިއެނގުނީ ދައުރު ނިމެން 3 މަހަށްވީމާތާ //
    ތަކެތީގެ އަގުތަށް ވަނީވެސް ބޮޑު // ދަނީ މައްޗަށް ،،،،،،،
    ރަޢްޔިތުން މޮޔަވާނެ ކަމަށް މިފަހަރު ނުދެކޭ ،،،،،،

    29
  3. ނިމެނީ

    ސޯލިހް ކަލޭ ވިޔަފާރި ކުރާ ފިހާރާގެ ނަން ބުނެބަލަ.މިއުޅެނި އަގުހެޔޮ ފިހާރެޔެއް ނުފެނިގެން

    31
  4. ޙިންނަބެ

    ބޮޑެއްނުވޭ ފުއް ކިލޯއެއް 7ރ އަށް ފިހާރަތަކުން ލިބެނީ 5ރ އަށް ދެނީ ޓައްޕް ހިފައިގެން ދިޔާމަޔޯ

    16
  5. ހަގީގަތް

    ދިވެހިންނަކީ ގަމާރުން ކަމަށް މިމީހުންނަށް ހީވަނީ ޖީއެސްޓީ ވެސް 6 ކުން 8 އަދި ނުވިތާކަށް ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނަގާ އަދި ޑޮލަރުވެސް މިއުޅެނީ އަގު ބޮޑު ކޮއްވެސް ނުލިބިގެން

    24
    • ޙަފޯ

      ކޮތަޅަކުން ނަގަނީ 6 ރުފިޔާ، އެވެސް ރައްޔިތުންނަށް އޮޅުންފިލުވާނުދޭ މި ބައިގަނޑު.
      ،* ގަނޑުކޮށްގަންނަވިޔަފާވެރިން (ހޯލްސޭލަރުން) ކޮތަޅު އިމްޕޯރޓްކުރާއިރު ބޮޑިޔަކުން 2ރުފިޔާ
      ،* ކުދިކޮށްގަންނަވިޔަފާރިވެރިން (ރީޓެލަރުން) ކޮތަޅު ހޯލްސޭލަރުން އަތުން ގަންނަ އިރު 2 ރުފިޔާ ބޮޑިޔަކަށް އިތުރަށް ދައްކާ
      ،* ރީޓެއިލަރުން (އަހަރެމެންން ތަކެތި ގަތުމުން ކޮތަޅަކަށް 2 ރުފިޔާ، އެހެންވީމަ ޖުމުލަ 6ރުފިޔާ އެބަ ނަގާ.

  6. އހ

    ތަކެތީގެ އަގު ބޮޑެއް ނުވޭ އެއްޖޮތަކަސް 1000 ރުފިޔާ އެއީ މިހާރު އެއްވެސް އެއްޗެއް ނޫން

    20
  7. ޕޮގުބާ

    އާނުވެ ތަކެތީގެ އަގުބޮޑެއް ތިޔަބުރާންތި މޮޔަޔަވެފަ ހުއްޓަސް އެހެންމީހުންނަށްވެސް އެނގެ ތަތީގެ އަގުކުޑަކަން ފެންނާނެ ވޯޓް ލާއިރު ތިކަން ޖަލަށްދާންޖެހޭތި 600 ބިލިޔަނަށް ވުރެވެސް ބޮޑެތި ނުފުއްދޭވަރުގެ ވައުދުތަށް ރާއްޖޭގެ ރަށްޔިތުންނަށް ތިވަނީ ނުލާނަން ވޯޓެއް

    22
  8. ބަދަވި

    ތަކެތީގެ އަގު ހެޔޮކުރަން ކުރެވުނު އެންމެ މުހިންމު ދެކަމަކީ ޖީއެސްޓީ ބޮޑު ކުރުމާ ކޮތަޅުން އަގުނެގުން އަދި ސަރުކާރު މުވައްޒަފުންގެ މުސާރަ ނަމުން ބޮޑުކުރުން

    22
  9. ނަމަ

    ރައީސް ނަތީޖާ އަކީ އަގަޔާ އަތާ ދިމާނުވުން

    23
  10. ޗަކަ މަރީނާ

    އެހެންވެތޯ ނިކަމެތީން މި އުޅެންޖެހެނީ އަގަޔާ އަތާދިމާނުވެ ތިކަހަލަ މޮޅުވާހަކަ ދެއްކުމުން މިހާރުު ރައްޔަތުން ވަލައެއް ނުގަންނާނެ

    16
  11. ހަސަދު

    ފިހާރަ އަކަށް ދުވަހަކި ނުވަންނަ މީހަކަސް ނޭގޭނެ އެއްޗެތީގެ އަގުތަކެއް.

  12. ބުރާންތި

    ތަންކޮޅެއް ވާނުވާ އިނގޭ މީހަކު އެމްޑީޕީންވެސް ވެރިކަމަށް ނެރުނުނަމަދޯ، މިމީހާއަކަށް ނޭންގޭ ރައްޔިތުންއުޅޭ ހާލެއް.

  13. އާދަނު

    ދިވެހިން ގަމާރު ހަމަ! މީގެ ފައިދާ ޞާލިޙް އެދަނީ ނަގަމުން! މަޝްރޫޢުތަކެއްގެ ދަޅަދައްކާލުމާއެކު ރައްޔުިތިން އެބަ ޅޮސްއެދޯއްޔަށް އަރާ! 3000 ރުފިޔާ ދިނުމާއެކު އެބަ ވޯޓުދޭ! ޓެކްސް ބޮޑުކޮށް ކޮތަޅުއަގު ނަގަންފެށިމާ އެއްޗެހިގޮވާފައޮއްވާ ގުރައިދޫ ގޮނޑިވެސް އެ ގަނެލީ! ކޮމަންޑޫ ގޮނޑިވެސް އެ ގަނެލީ! ދިވެހިން ހަމަ ގަމރ

  14. މާމީ

    ސޯލިހު ހަމަހުވާ މިބުނީ ތިޔަހުރިހާކަމެއް ނުބެލޭނެ ތަކެތީގެ އަގު ދެން ހެޔޮނުކުރޭ މިހާރުވެސް އަގު އޮތްހާލު މަނިކުފާނަކައް ނެއެނގޭނެ

  15. 😡😡😡

    ދޮގުނަހަދަބަލަ

  16. އަހްމަދު

    އެބޯޓުތައްބަންނައް ދަގަނޑުފިލާތައްޔާރުކުރުމަށް ފެކްޓަރީ އެޅުމުގެމަސައްކަތް ސެޕްޓެމްބަރުގަފަށާނެ އެފެކްޓަރީއަޅަނީ ރަތްމެންދޫގަ އެއީވެސް މުލަކާކައިރީގަ މުލަކުރަތްޔިތުންނައްފެންނަހިސާބުގަ އެމަސައްކަތްކުރަންވެގެން ސާބަހޭ ސޯލިބޭ