ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕެއިނަށް މ. މުލަކަށް ވަޑައިގަތުމުން އެ ރަށުގެ އެމްޑީޕީގެ ސަޕޯޓަރަކު ރުޅިގަދަވެ، ސަރުކާރުގެ އިސް ބޭފުޅުންނާ ދިމާލަށް "ވަގަށް" ގޮވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހް މ. މުލަކަށް ވަޑައިގަތުމުން ވަރަށް ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ގޮސްފައިވެއެވެ.

އޭގެ ތެރޭގައި ކުދި ބޮޑު، ހުރިހާ އުމުރުފުރާއެއްގެ ހެން މީހުން ތިބިއެވެ. އެތަނުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ރީނދޫ ބުރުގާއަކާއި ރީނދޫ މާފައްޗެއް ހިފައިގެން ގޮސް ހުރި އަންހެނަކަށެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އެއީ އެ ރަށުގެ އެމްޑީޕީ އިސް އެކްޓިވިސްޓެކެވެ.

އުމުރުން ދޮށި އެ އަންހެން މީހާގެ ކުރިމައްޗަށް ރައީސް ސޯލިހް އަރާ ހަމަވުމާއެކު، އެ އަންހެން މީހާ ވަނީ މާފަތި ބިންމައްޗަށް ވައްޓާލައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށައިފައެވެ. އޭނާ އެންމެ ބޮޑަށް އަޑު އުފުލީ މި ސަރުކާރުން "ވައްކަން ކުރާ" ކަމަށް ބުނެއެވެ.

"މި ސަރުކާރުގައި ތިބީ ވަގުންނާއި ސަރުކާރަށް ދަރާފައި ތިބި މީހުން." މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އަންހެން މީހާ ބުނާ އަޑު އިވެއެވެ.

އެ ވީޑިއޯގައި އަންހެން މީހާ ވަރަށް ގިނަ އިރު ރައީސްއާ ވާހަކަ ދައްކަން ހުރެއެވެ. އަދި ރައީސް ވެސް އެ ވާހަކަތައް އަޑު އެއްސެވި މަންޒަރު ފެނިފައިވެއެވެ.

ރައީސް ސޯލިހް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަގީގަތް

    ތެދެއްވިއްޔާ ވާނީ ތެދަކަށް ކާފަރަކު ބުންޏަސް ރާއްޖޭގަ މައްސަލައަކީ އެކަހަލަ މީހުން މަދުކަން

    29
    1
  2. އާޒިމާއްތަ

    ޔާމިނު ނަމަ އެ ދައިތަ އޮންނާނީ މިހާރު ގޮޅީގައި

    8
    40
  3. ބަރުގޮނު

    ފާހަގަ ކޮށްލެވޭ އެއްކަމަކީ މި ތަރުބިއްޔަތަކީ ހަމަ އެމް.ޑީ.ޕީ އިން ދިން ތަރުބިއްޔަތެއްކަން. އެމް.ޑީ.ޕީ ވުޖޫދަށް އައުމާއެކު ރައީސް މައުމޫނަށާ އޭރުގެ އިސްވެރިންނާ ދޭތެރޭ މިފަދަ ގޮތްތަކަށް މުޢާމަލާތު ކުރުމަށް އާދަކޮށްދީ މީހުންގެ ލަދުޙަޔާތް ކެޑުވީ ހަމަ އެމް.ޑީ.ޕީ.... އެމީހުން ތަރުބިއްޔަތު މީހުން ތަރުބިއްޔަތު ކުރިގޮތަށް މިއަދު އެމީހުންނަށް ބަދުބަސް ބުނާ ހިސާބަށް މިއަދު މިއޮތީ ގޮސްފައި.

    34
    1
  4. ބަދަވި

    ހިތްވަރުގަދަ ކަނބަލެއް

    38
    4
    • ކައިދާ

      ލާދީނީ ކަން އެއީ ދީނުގެ ކަނފުޅެއް ހުރި ނަމަވެސް އެނގެން ޖެހޭނެ
      ޙެއްކެއް ނެތި އެފަދަ ތުހުމަތެއް އަޅުވައިފިނަމަ ޤަޛްފް ކުރެވޭނެ ކަން
      ތިޔަމީހާ ހެކި ނުދެއްކިއްޖެ ނަމަ ފޫކޮޅުގަ ދުއްރައިން ތަޅަން ޖެހޭނެ.
      މީކީ ހިތްވަރެއް ނޫން އަޚްލާޤީ ފެންވަރު ދައްކަން.

      3
      1
  5. ާދަލޭކް

    ކޮބާ ހީވޭ ކަމެއްހެން އެހެންވީމާ މިފަހަރު މަގޭ ވޯޓް މަދޭނީ ނާޒިމް ނޫނީ އުމަރު އަށް ވަގުންނައް ނުދޭނަން

    18
    10
  6. މޯޑު

    ތިޔައީވާ ފިސާރި ކެރޭ ތިމާގެ ލޮބުވެތި ވަޠަނައް ވަފާ
    ތެރި ކަނބަލެއް، ތިޔައީ މިޖީލުގެ ބަޠޮލެއް، ތިޔައީ މުލަކު ރައްޔަތުން ކަމަނާއައްޓަކައި ފަހުރުވެރި ވާންޖެހޭ
    ކަބަލެއް،

    35
    5
    • ހަސަނުގެ ދަރި ލަތީފް

      ކޮންމެ ސަރުކާރެއް އޮތަސް އިދޮކޮޅު މީހުން ، ވެރިކަމާ ނުރުހޭ މީހުން އެއިރެއްގަ އޮންނަ ސަރުކާރަށާ ވެރިން ނަށް ވަގަށް ގޮވާ . މިކަން ފަށާ ދިނީ އެމްޑީޕީ ގެ އަންނި ފުރަތަމަ މައުމޫނަށް ގޮވީ އަންނިގެ ވެރިކަމުގަ އަންނިއަށް ޔާމީނުއަށް ވެސް ވަގަށް ގޮވި ދެން އިބޫއަށް ކޮބާބާ އެނޫން އެނޫން ވެރިޔަކީ .އަންނިގެ ވެރިކަމުގަ ވުޖޫދުގަ ނެތް އޭނާގެ އަޢުވާނނުންގެ ކުންފުނި ތަކަށް އެތައް މިލިއަން ރުފިޔާއެއް ދިން ބޭސް ގަނައުމުގެ ނަމުގަޔާ އެހެން ނަންނަމުގަ ބޭސް ނުލިބުނުތާ އަންބުރާ ފަައިސާވެސް ނުލިބޭ . ޢެގޮތަށް ބިލިއަން ރުފިޔާ ވަނީ ކަހާލާފަ ތިޔަބުނާ ލާދީނީ ނަޝީދުގެ ވެރި ކަމުގަ

  7. ސިމާ

    ކެއްތެރި ހިކުމަތްތެރި އޯގާތެރި ރައީސެއް.

    11
    38
    • އުމަރް

      ނެތް އެނޫން ޗޮއިސް އެއްވެސް އެންޑިޕީ ލޯގޯ ޖަހައިގެން ތެޅެންޔަ. އަންނި ތިޔަށް ވުރެ މާ ހާޑް އެއްޗިއްސާ ކުރިމަތިލި. އެހެންވީމަ ސޯލިހު ހޭވް ނޯ ޗޮއިސް މޭން

      4
      2
  8. ޗަކަ މަރީނާ

    އެއީ ހަމަ އިބޫމެއް ގެ ތަރިބިއްޔަތުގެ ދަށުން ފެޅިކުރިއެއް ދެއް ކުރާނެކަމެއްނެތް އަދި ކުރިޔަން އޮތްތާގައި ތިޔަންވުރެ ބޮޑެތިކަންތަކާ ކުރިމަތިލާން ޖެހޭނެ އިރާދަ ކުރެއްވިއްޔާ

  9. ޕެޓީ ކޭޝް

    "މި ސަރުކާރުގައި ތިބީ ވަގުންނާއި ސަރުކާރަށް ދަރާފައި ތިބި މީހުން." މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އަންހެން މީހާ ބުނާ އަޑު އިވެއެވެ."

    ލަދު ގަނޭބާ ސޯލިހު؟ ލަދު؟

    12
  10. ކަތްދައްތަ

    ދެން ފަޒުނާ ކޮނޑުގަ ބޯ އަޅައިގެން ރޯން އޮވޭ. ރައްޔިތުން އުޅޭ ހާލެއް އުފުލާ ބުރައެއް އިނގޭވަރުމީހެއްނޫން އެކަމަކު ދެވަނަ ދައުރެއް ދޭށޯ.

    11
    1
  11. ހަތަރެސްކަން

    ކަތުން އޮޅުވާލަން މިވަރެއްނެތް

  12. ޭމުސްކުޅި

    ތިތާ ރައީސްއާ ސަލާމް ކުރުމަށް ކުޑަ ކުދިންވެސް އެބަތިބި ރަށުގެ އިސް ރައްވެހިން މަދަމާގެ ޒުވާނުންނަށް ދިނީ ކޮންކަހަލަ މެސެޖެއްތޯ.

    2
    3
  13. ސަރަފަކައްދަ

    ކެރިގެން ކުރިމަތި ލައިގެން ނޫނީ އެހެރަ އެހަރަ ކަންކަން ރަގަލެއް ނުކުރެވޭނެ. ރަޢީސް މީހާ އަށްވެސް މިހާރު އެނގޭނެތާ ގާތުގާ ތިބޭ އައުވާނުން ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރާކަން. އަދި ފަޅުތަކާއި ރައްތަކާއި ގިރި ތައްވެސް ބަހާކަން. ގަޓު ހުރި ރައްޔިތުން ނުކުމެ ޤައުމު ހަމަ މަގަށް އެލުވޭނީ. އެއީ ކޮންމެ ވެރިއަކު ވެރިކަމުގައި ހުރި ކަމުގައި ވިއަސް.