މ. އަތޮޅު ކޮޅުފުށީގައި ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.
ކޮޅުފުށީ ކައުންސިލުން "ވަގުތު"އަށް މައުލޫމާތު ދިން ގޮތުގައި މިއަދު 11:30 އެހާއިރު ގެނބިގެން ނިޔާވެފައިވަނީ އުމުރުން 2 އަހަރު ނުފުރޭ ތުއްތު ފިރިހެން ކުއްޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެދުނުގެ ވަގުތެއްގައި ނިޔާވި ކުއްޖާ އާއި އެ އުމުރުފުރައިގެ އެހެން ކުއްޖަކު އަތިރިމައްޗަށް ދިޔައީ އެކަންޏެވެ. އެއީ އެއް ގެއެއްގެ ދެކުދިންނެވެ. ދެކުދިން ގެއްލިގެން ހޯދަމުން ދަނިކޮށް އެކުދިންގެ ކާފައަށް ކުދިން ފެނުނުއިރު އުމުރުން 2 އަހަރު ނުފުރޭ ކުއްޖާ އޮތީ ގެނބިފައެވެ. ވަގުތުން އެކުއްޖާ މަރުކަޒަށް ގެންދިޔައެވެ.
އެކުއްޖާ ނިޔާވެއްޖެ ކަން ކަޮޅުފުށީ ކައުންސިލުން ވަނީ ކަށަވަރުކޮށްފައެވެ.
އެރަށުން މައުލޫމާތްދިން މީހަކު ބުނިގޮތުގައި އެގެޔަކީ އަތިރިއާ ކައިރީގައި "ހުސޭނުބޭ ރުއްގަނޑު" ގައި ހުރި ގެއެކެވެ. އެކުދިން ކުޅެން ނުކުތީ އެ ރުއްގަނޑަށް ކަމަށާއި ދިޔަތާ 5 ވަރަކަށް މިނެޓްތެރޭ ދެކުދިން ގެއްލިގެން ހޯދަން ފެށިކަމަށް މައުލޫމާތު ދީފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، އެރަށު ސިއްހީ މަރުކަަޒަށް ގެންދިޔަ އެއް އަހަރުގެ ފިރިހެން ކުއްޖަކު މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު 11:38 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އަދި އެ ކުއްޖާއަކީ ގެއްލިގެން ހޯދަމުންދަނިކޮށް މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކުއްޖެއް ކަަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ފުލުހުން ބަލަންޖެހޭ ކަންތައްތައް..
إنالله وإناإليه راجعون.
އެކުއްޖާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާ އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް ދެދުނިޔޭގައިވެސް މިންވަރުކޮށް ދެއްވާށި! އަދި ޤިޔާމަތް ދުވަހުން އެކުއްޖާއާ ބައްދަލުވުމުގެ ހެޔޮ ތަފީޤު އެކުއްޖާގެ މައިން ބަފައިންނަށް ދެއްވާށި! އާމީން.
އިންނާ ލިއްލާހި ވައިންނާއިލާހި ރާޖިއޫން.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
މަތީގައި އެވަނީ ފުލުހުންގެ އަަތްމަތީބަސް.
ފަރުވާ ކުޑަކަން.. އެވަރު ކުދިން އެކަނި ގޭ ދޮރުމައްޗަށް ވެސް ދިޔަ ދީގެން ނުވާނެ.. ކަމެއް ވާނީ ބުނެފައެއް ނޫން.. ބޮޑުކަމެއްވާއިރު އަބަދުވެސް ތިބޭނީ ނިދިޖެހިފަ.. ނޫނީ ގޯސްވާނީ އަވައްޓެރިންނާ ރަށު ރައްޔިތުން..
ދަރިޔަކު ހުރިމީހެއްތަ ތިހެން ތި ބުނީ.... ކޮންމެ މީހަކު ވެސް އެމީހެއްގެ ދަރިޔަކު ބަލާނީ ބެލުނު އެންމެ ރަނގަޅަކަށް...