އެމްޑީޕީގެ ޗެއާޕާސަންއަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުއާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފެތުރުމަށް ރީކޯ އެދިވަޑައިގެންފިއެވެ.
ރީކޯ އެގޮތަށް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓަކަށްވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ފައްޔާޒް ހާމަ ކުރައްވައި އެފަދަ ވާހަކަތަކަކީ ރީކޯ ދައްކަވާ ވާހަކަތަކެއް ކަމަށް ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.
ފައްޔާޒްއަށް ރައްދު ދެއްވައި ރީކޯ ވިދާޅުވީ އެމްޑީޕީގެ ޗެއާ ޕާސަންއަކަށް ހުންނަވަން ވާނީ އާންމު މެމްބަރުންނާއި ޒާތީ ނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭނެ މީހެއް ކަމަށެވެ.
"ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާނުގައި އަޅުގަނޑާ ދިމާކުރުމަކީ ފަޔާވެސް ކޮށްގެން ވާނެ ކަމެއް ނޫން. ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރާ.". ރީކޯ ވިދާޅުވިއެވެ.
މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައި ވ. ފުލިދޫގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރަނިންމޭޓުގެ ކަންތައްތަކުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ވަކިވަކިން ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި "ކޮންމެ ދުވަހަކު، ކޮންމެ ރެއަކު" ކަހަލަ ގޮތަކަށް އެބޭފުޅުންގެ ވިސްނުން ހޯއްދަވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކި ނަންތައް އެބަ އާދޭ،" ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން.".
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި ކޯލިޝަން ހަދާފައިވާ އިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިންމޭޓެއް ކަނޑައެޅުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ވެސް އޮތް ފުރުސަތެއް ކަމަށެވެ.
ދެހާސްއަށާރަ ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމް އާއެކު ނުކުންނަވައިގެންނެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ނުހަދައި ވަކިން ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ރައީސްގެ ރަނިންމޭޓަކު ކަނޑަނޭޅި ނަމަވެސް ނައިބު ރައީސް ފައިސަލް ވަނީ ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
ރީކޯ އަކީ ހަމަ ކަތުރުފަންޖެއް ދާ ކޮންމެތަނެތް ފަސާދަ އިބޫ ޕާޓީ ހަލާކުތިވީ
އެކަތި އަނެކަތި ހިފައިގަތީ މިހާ އަވަހަށް. ދުވަސްކޮޅަކުން ވީދާކާނެ
މޫސައާ ޖާބިރުގެ ސަބަބުން ރައީސްސޯލިހުއަށް ކުރިޔައް އޮތްތަނުގައި އުނދަގޫތަކާ ކުރިމަތިވާނެ.
ރީކޯ މޫސާ އާއި ކުރާ ކެމްޕެއިން ވަނީ ފެއިލް.
މިފަހަރު ރ.ސޯލިހު އެންމެ ފުލަށް. އިންޝާﷲ
ރީކޯ ބުނަން ރަގަޅުވާހަކައެއް ތިބޭފުޅާ އަކީ ުޅުއްވާނެ ވަކި އަމާޒެއް ބެތި މިސުރާބު އޮޅި މިހާރު ދެވޭ ނުދެވޭ ދިމާލެއްވެސް ނޭގޭ ބޭފުޅެއް އަގަނާރުވާ މަޑުން ހުރެވޭތޯ ބަލާބެލަ ތީ މިހާރު އެއްވެސް ބުރަދަނެއް ހުރި މީހެއްނޫން
އަންނި އަށް ރައްޔިތުން ތާއީދު ކުރީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށް އަންނި ކުރި ލާމަސީލު މަސައްކަތަށާއި؛ އަދި ރާއްޖޭގެ ވެރިކަން ލިބުމަށްފަހު؛ ދަތި ހާލުގައި އުޅެމުންދިޔަ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް؛ ވަކިމީހަކަށް ސަލާން ނުޖަހާ؛ އަސާސީ ބޮޑެތި ކަންކަމާއި؛ މާލީ ޢިނާޔަތްތެރިކަން ދައުލަތުގެ ތެރެއިން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުން ރައްޔިތުން ކުރި ތާއީދެއް.