ނިމިދިޔަ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހއ. އުލިގަމުގައި ހަތިޔާރު ރައްކާކުރާ ތަނެއް ނުވަތަ އާމަރީއެއް ހެދުމަށް ބޭރުގެ ބަޔަކާ އެކު ހަދާފައި އޮތީ އަޑި ނޭގޭ އެއްބަސްވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނުގެ ޓީމުން ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ އުލިގަމަށް ވަޑައިގެން ރައްޔިތުންނާއި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވީ, އުލިގަމުގައި އާމަރީއެއް ހެދުމަށް ނިމުނު {ޔާމީން} ސަރުކާރުގައި ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދިނުމަށް އެއްބަސްވުމެއް ހަދާފައިވާ އޮތް ކަމަށެވެ. އެއެއްބަސްވުން ރައީސް ސިފަކުރެއްވީ "އަޑި ނޭނގޭ" އެއްބަސްވުމެއްގެ ގޮތުގައެވެ.
ރައީސް ވިދާޅުވީ, އެ އާމަރީއަކީ ރާއްޖޭގެ އެންމެ އުތުރުން އުލިގަމުގެ ކައިރިން ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެހީތެރިވެދިނުމަށް ތައްޔާރުކުރަން ނިންމި ތަނެއް ކަމަށެވެ.
ކުރީގެ ސަރުކާރުން ހެދި އެއް އެއްބަސްވުމުން އުވާލައި އެ ބިން ދައުލަތަށް ނަގައި ކައުންސިލަށް ދިނުމަށް ވަރަށް ދަތިތަކެއް ދިމާވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެ އެއްބަސްވުމުން ނިކުންނަން އަޅުގަނޑުމެންނަށް ވަރަށް ދަތި އުނދަގޫ ކަމަކަށްވި،" ރައީސް ވިދާޅުވިއެވެ.
އެމައްސަލަ ހައްލު ކުރެވުނު ނަމަވެސް ބޭރުގެ އެ ކުންފުނިން ބަދަލު ހޯދުމުގެ ގޮތުން މައްސަލަ ހިފައިގެން ކޯޓަށް ވެސް ދާ ހިސާބުގައި އޮތް ކަމަށާއި އެތަން އެޅުމަށް ސޮއި ކުރި އެއްބަސްވުން ވެސް އެ ކުންފުނިން ގެންގުޅޭ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި އެ އެއްބަސްވުން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, ބޭރުގެ ކުންފުނިން ގެންގުޅޭ އެއްބަސްވުމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ "އަސްލު މީހާ" ކަން ޔަގީންކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެބުނާ "އަސްލު މީހާ" އަކީ ކާކު ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު, މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހއ. އުލިގަމަށް އަންނަ ޔޮޓްތަކާއި އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން ރައީސް އަބްދުﷲ ޔާމީން ނިންމެވި ކަމަށް ވިދާޅުވެފައެވެ.
އޭރު ނަޝީދު ވިދާޅުވީ, ހއ. އުލިގަމުގައި ހަތިޔާރު ބަހައްޓައި ގުދަން ކުރަން ނިންމައި އެގްރިމެންްޓެއްގައި ސޮއި ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކަމަށެވެ.
ދެން މިހާރު މިހަދަނީ އަޑި އެނގޭ އެއްބަސްވުންބާ، ގުދޯ ގުދޯ ތިކިޔަނީ
ކަލޭގެ ހިތުހުރިހައި ދޮގެއް ތިހަދަނީ ބަލަގަ ބަޑި ގުދަން ހަދަން އުޅެނީ އިންޑިޔާ ސިފައިން، އެއީ ކަލޭ ގެންގުޅޭ ބައެއް!
ކަލޭ ސަރުކާރުން އަޑިނޭގޭ އެއްބަސްވުމެއް އިންޑިއާއާއިއެކު ހަދާފައޮތް ޑީލަށް ފަސްއަޅާ ފޮރުވާލުމަށް ރޮކެޓު ފޮނުވާލިޔަސް ކަލެއަށްވުރެ ނާމާން އަޑި ނުބައި ވެރިއެއް މިގައުމަކަށް އަދިނާދޭ .
މިސަރުކާރުން އިންޑިއާ އާއި ގުޅިގެން ރިހާކުރު ގުދަނެއް ހަދަން ށ މަރޮށީގަ އަޑިނޭނގޭ ކަންތަށްގަނޑެއް ވަނީ ހިންގާފަ އެނގިފައިގޮތުގަ އެގުދަނުގެ އެއްބައި ނުނިމެނީސް ވަނީ ފަޅާއަރާފަ އެކަންފަޅާއެރުމާގުޅިގެން 200 އަށްވުރެ ގިނަމީހުންވަނީ އެކަމުގަ އަމަލީގޮތުން ބައިވެރިވިކަން އެނގިފަ ފަޅާއަރުވާލުމުގެ މުގުލުގަހުރީ ބަނގުލަދޭސްގެ ރަށްޔިތެއް.
ކަލޭ ހަދައިގެން އުޅޭ އެއްބަސްވުންތައް އަހަރެމެން ރައްޔިތުންގެ ފަސްބައިގަ ލިޔެ ހާމަ ކޮއްފަތަ މިއޮތީ ހާދަ ދޮގުހަދާ ޗޯރެކޭމީ
ކަލޭ ބުނެބަލަ އުތުރު ތިލަފަޅު ކަލޭ ތިޔަވިއްކަލީ އިންޑިއާއައް ކަން އެނގުނީމަ ކޮންހާ ދޮގެއް ތިހަދަނީ
ތީ ދެއުޅިއެއްނުވާ ކަނޑުކޮސް ވާހަކައެއް. އިބުރާހިމު ޕޯޑިއަމަށް އަރާ ތިވާހަކައިގެ ބަދަލުގައި އަލިފުލައިލާ ވާހަކަ ކިޔާދިންނަމަ އާންމު ރައްޔިތުން ގަބޫލުކުރާނެ. ފެންނަންނެތް އެއްބަސްވުމެއް ބާތިލުކުރި ގޮތަކާމެދު ކަލޭމެން ކުދިން އަޅެ އަޖައިބު ހީނުވޭތަ؟
އަޖައިބެއް ނުވޭ...
ޙަލާލު ނޫން ފައިސާ މިރައީސް ގެ ގެއަށް ވެއްދިކަމަށް ވި އިޢުތިރާފު ހުރިހާ ކަމަކަށް ފުދޭ. އަދި މޮޅުކަމެކޭ ހިތާ އަތުންނޭ ޑޮލަރު ބޮނޑިތައް ގުނީވެސް ބަޔަކު ބުނި ބުނުން ފުދޭ!! ލޮލް
އެ ޙަލާލު ނޫން ފައިސާވެސް ނުދެއްކުނޭ. ރިސޯޓް އޯނަރުން، ފައިސާ ދިންމީހުން ބުނޭ މިއޮތީ ދިން ކަމުގެ ލިޔުމޭ!
ޕަކާސް
އެހެންނު ވާނީ، އިޚުލާސްތެރި ވަފާތެރިން އެއްކައިރި ކޮށްފަ ބޮޑެތި މާވަގުން އަރިހުގައި ގެންގުޅުނީމާ އާޚިރުގައި ރައީސްމީހާވެސްވީ ވަގަކަށް. ދެން މިއޮތީ ކުރީސަރުކާރުގެ ވައްކަންތައް ބަލައި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް އިސްލާހުކުރަން ރައްޔިތުން އިންތިޚާބުކުރި ސަރުކާރު. އަދިވެސް ކުރީސަރުކާރުން ނާރައިގެން އެއުޅެނީ. ފަސް އަހަރުގެ އެންމެ ދައުރެއް ފުރިހަމަކުރަންވެސް ފަންސާސް އަހަރު ބޭނުންވެގެން އެއުޅެނީ. އެހާވެސް ނާގާބިލު. ވައްކަމާ ކަރަޕްޝަން އިންތިހާ. އިންޑިޔާގެ ނުފޫޒު އެހާ ބޮޑު. ވެރިމީހާ ހީވަނީ ކާޓޫނެއްހެން. ކަމަކަށް ރިއެކްޓެއްކުރަން އެނގެނީއެއްނޫން. ބުނާކަހަލަ، ކަލޭމެން އުޅޭނެ ގޮތަކަށް ކަލޭމެން އުޅޭށޭ، ތިމަންނަ ހުންނާނީ ވެރިކަމުގައޭ.
ބަލަ ކޮޔަކަށް ނޭނގޭތަ އެއީ އެއްކަލަ ވެންޓިލޭޓަރ ގަންނަންނޭ ކިޔާ ދަވާލި ފައިސާ ކަމެއް.. ލޮލް
މިހާރު ކުރަނީ އަޑި އަންގައިންބާ //
ތިޔަ ވިދާލުވާ އަޑި ނޭނގޭ އެއްބަސްވުން ހެދީ ކޮންބަޔަކާއެކުގައި ކަން މަނިކުފާނަށް ބުނެދެވޭން ޖެހޭނެ. މިހާރު ތިހުންނެވީ އެ ހުރިހާ ކަމެއް ފަޅާއަރުވާލެވޭ ވަރުގެ ބާރުލިބިފައި. ވަލިއްޔުލް އަމްރުގެ މަޤާމުގައި. އަދި އޭގެ ކޮޕީތައްވެސް އާއްމުކޮށް ބަހާލެވިދާނެ ވަރުގެ މަޤާމެއްގައި. ތިހެން ހަމަ ދޮގެއް ހަދާންވެގެން އެއްޗެއް ބުންޏަކަސް ރައްޔިތުން ޤަބޫލެއް ނުކުރާނެ. އެހާ ބޯގަޅިއެއް ނޫން.
އެކަމަކު މަނިކުފާނުގެ ދެފުއް ފެންނަ ސަރުކާރުން ކުރާ އަޑި ނޭނގޭ ކަންތައް ތަކެއް ހުރިކަން ރައްޔިތުން ޤަބޫލުކުރޭ. އެއީ ތި ވާހަކައިގެ ވެސް އަޑިނޭނގޭ ފަދައިން މަނިކުވާނު ކުރާ ކަންކަން ހުންނާތީ.
ދެން ކަނޑުވިއްކީ ޑީލުގެ އަޑި ބުނެލަދީބަލަ