އިދިކޮޅު ކޯލިޝަނުން މިއަދު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މަޖިލީސް މެމްބަރުން ހައްޔަރު ކުރިކަން ފުލުހުން މަޖިލީހަށް އަންގައިފިއެވެ.

ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއެވެ.

އެބޭފުޅުން ހައްޔަރުކޮށް މަޖިލީހަށް އެކަން އަންގާފައިވާކަމަށް މަޖިލީހުގެ ތަރުޖަމާނު، ހަސަން ޒިޔާއު ވަނީ މިރޭ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޒިޔާއު ވިދާޅުވީ، އެހަރަކާތުގެ ތެރެއިން މަޖިލީހުގެ ހަތަރު މެމްބަރަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން މިރޭ މަޖިލީހަށް އަންގާފައިވާ ކަމަށެވެ. ޒިޔާއު ވިދާޅުވީ، ފުލުހުން އަންގާފައިވަނީ ހަމައެކަނި އެބޭފުޅުން ހައްޔަރު ކުރިކަން ކަމަށެވެ.

"އަދި އަންގާފަވަނީ ހައްޔަރު ކުރިކަން. ދެން މުއްދަތު ޖަހަންޏާ ވެސް އަންގާނެ. އެކަމަކު އަދި އެންގީ ހައްޔަރު ކުރިކަން" ޒިޔާއު ވިދާޅުވިއެވެ.

އެމެމްބަރުން ހައްޔަރުކޮށް ފުލުހުން ވިދާޅުވީ، މެމްބަރުން ހައްޔަރު ކޮށްފައިވަނީ އެއްވެ އުޅުން މަނާ ސަރަޙައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އިދިކޮޅުން ވަނީ އެބޭފުޅުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާމުހައްމަދު

    މެންބަރުންނަށް ވުމަކުން ހުރިހާ ކަމަކުން ބަރިއްޔަ ނުވާނެ ބޭނުންވައްތަރަކަށް އުޅެވިގެން ނުވާނެ

    4
    7
  2. ފިޔާ

    ތިތިބީ ރަނގަޅައް މޮޔަވެފައި. ހީވަނީ ކޭމެއްކާން ތިބިހެން.

    1
    5
  3. ޙިންނަބެ

    އިންޑިޔާ މީހުން އެތަން ފުރިޔަސް ކީއްކުރަނީތޯ ބަލާވެސް ނުލާނެ ބަލަ އެއީ ދިވެހިންެ ބިމެކޭ

    11
    2
  4. އަޙްމަދު

    ސިޔާމުގެ ޕާސްޕޯޓް ހިފެއޓުމުން ސަރުކާރުގެ ސިޓީ ވަރަށް ހަލުވިކޮށް ދިޔަ
    މެންބަރުން ދޫކޮށްލުމަށް ސަރުކާރުން ސިޓީ ފުލުސް އޮފީހަށް ފޮނުއްވަނީ ކޮންއިރަކުން ބާ

    11
    2
  5. މަހުދީ

    ހުރަސް އެޅިނަމަ އެމީހުން އެހާ ފަސޭހައިން ދާނެތަ. ބަލަ ތިޔައީ ލައިވް ފެނުނު ކަމެކޭ. އެތާކު ސީދާ މުޒާހަރާއެއްވެސް ނުކުރޭ.

    13
    1
  6. ރެފްރީ

    މަޖިލީހައްތޯއަންގަންޖެހެނީ ؟ އެމީހުންގެއަނބިދަރިންނަށް އެނގުންކަންނޭގޭ އެންމެރަނގަޅީ ؟ ހަމަޔަގީނުންވެސް މިސްކިތެއްގެމުދިމަކު ހައްޔަރުކޮށްފިއްޔާ އިސްލާމިކް މިނިސްޓްރީއަކަށް ނައަންގާނެ.. އަދި މަސްވެރިޔަކު ހައްޔަރުކޮށްފަ ފިޝަރީޒް މިނިސްޓަރަކަށް ނައަންގާ

    7
    2
  7. ދެރަ

    މަޖާ ދޯ