މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން އެއްގަމުގައި ޖަހަން ޖެހޭ ތަނބުތައް ނިންމައި ބްރިޖު ޑެކް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށީގައި އެފްކޮންސްގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަގުތަށް" މިއަދު ވިދާޅުވީ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ނިމި، ބްރިޖު ޑެކްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މާލެ ކޮޅުން ބްރިޖު ޑެކްގެ މަސައްކަތް ކުރަމުންދާ ތަން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ ބޮޑު މަންޒަރު، ތި ހީކުރެވެނީ ރަނގަޅަށް؟

"މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ދިޔައީމަ ފެންނާނެ ބްރިޖު. މިހާރު އެ ހަދަނީ ވެހިކަލްތައް ދުއްވާ ބައި. އަނެއް ހެން ބުނާ ނަމަ، ބްރިޖު ފެށޭ ހިސާބު އެއީ،" ޖިނާން ވިދާޅުވިއެވެ.

ބްރިޖު މަޝްރޫއުގެ ދަށުން މޫދާއި ކަނޑުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖިނާން ވިދާޅުވިއެވެ. އެގޮތުން މާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުގައި އެކަނިވެސް މައިގަނޑު ނުވަ ތަނބު ހުންނާނެއެވެ. ޖިނާން ވިދާޅުވީ މާލެ އާއި ވިލިމާލެއާ ދެމެދުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ކުރުމަށް ޖެކަޕެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. އެކަމަކު، އެ ޖެކަޕް ރާއްޖެ އަންނާނެ ވަކި ތަރީހެއް ދަންނަވަން ދަތި ކަމަށް ޖިނާން ވިދާޅުވިއެވެ.

ޖިނާން ވިދާޅުވީ ވިލިމާލެ ތިލަ ސަރަހައްދުތަކުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބްރިޖަށް ވިލިމާލެ އިން ބޭނުންވާ ސަރަހައްދު ހިއްކުމުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުގައި ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ދެއްވައި ޖިނާން ވިދާޅުވީ ގުޅިފަޅުގެ އިރުމަތިން އެއްގަމުގައި ހުރި ތަނބުތަކުގެ މަސައްކަތް ބްރިޖު ޑެކްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގުޅިފަޅުގައި ބްރިޖުގެ ޑެކް ސެގްމަންޓުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖަށް އަރާ ސަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބްރިޖުގެ ޑެކް ސެގްމަންޓުތައް ވެސް ކާސްޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ." ޖިނާން ވިދާޅުވިއެވެ.

އެފްކޮންސް އިން ދީފައިވާ ތާރީހަށް ބަލާއިރު، އަންނަ ޑިސެމްބަރަށް މާލެއިން ފެށިގެން ވިލިމާލެއަށް ބްރިޖުގައި ދަތުރުކޮށްލެވޭ ވަރު ވާނެއެވެ. އަދި އަންނަ އަހަރު ބްރިޖުގެ ބާކީ ހުރި މަސައްކަތްތައް ނިންމާލެވޭނެއެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.9 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ތިލަމާލެ ބުރިޖަށް އަރާ ސަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ އިރު، އިންޑިއާ ވަނީ ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދިނީ އިންޑިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޜައްޔިތުމީހާ

    ތިންއަހަރުން ތިޔަ މަސަތްކަތް ކުރެވުނީމަ ތިޔަ ބްރިޖްގެ ފެންވަރާ މަސައްކަތުސްޕީޑް އެނގިއްޖެ

    29
    4
  2. ޝްރެ

    ކީއްވެ ތޯ ސިނަމާލޭ ބްރިޖްގެ ފޭސްބައިފޭސް ހުރިހާ ނޫސްވެރިންނަށް ދައްކައި މަޢުލޫމާތު ދެއްވިގޮތަށް މިތަނުގައި ނުވަނީ،، ފޮޓޯތަކުން ފެންނަނީ ދުރުން ނުވަތަ ސިއްރިޔާތުގައި ނަންގަވާފައިވާ ފޮޓޯތަކެއްކަމަށް

    22
    3
  3. ކާސިމްބެ

    މާލެއިން ބޮޑުބައެއް ގެއްލޭގޮތަށް، ހިކިފަސްގަނޑު ގައި މިމީހުން ބުރިޖް މިއަޅަނީ...
    ބުރިޖް އަޅަން މޫދުން ފެށިނަމަ ގެއްލޭބައި މަދުވާނެދޯ
    ހުޅުމާލެ ބުރިޖުން މާލެ އެތެރެން ބުރިޖް ދަށަކައް ނުވަދެވޭ

    16
    1
  4. ކައުންސެލަރު

    މިހާރުވެސް މިބުނަނީ ނޭޅޭނެ ތިޔަބުރިޖެއް. މީހުން މޮޔަހައްދަންނޫޅެ އެހެން ކަމަކާ އުޅޭ.

    19
    5
    • އަސް

      އަޅައި ނިމުނީމަ ވެސް ހަމަ ތިހެން ބުނާތި. އޭރުން ދޯ ފަސާދަ ދެމެހެއްޓި ކަމަށް ވާނީ.

      5
      15
      • ގަމީސް

        ނޭޅޭނެ ތިޔެއް!!!

        3
        1
  5. Anonymous

    ތީ އެއްގަމުގައި އަޅާ ބުރިޖެއްތަ؟ އެއްމެން ބަލަންތިބޭ ކަނޑުގަ ތިބުރިޖް އަޅަން ޖެހުނީމަ ވާގޮތް ފެންނާނެ. ހީވާގޮތުން އެތައް ބަޔަކު ގެނބި އެތައް ވެހިކަލެއް އަޑިއަށް ގޮސް މިކަން ނުވެގެން އަދި އިތުރަށް 800 މިލިޔަން ދީގެންވެސް ތިޔަ ބުރިޖެއް ނޭޅޭނެ.

    16
    1
  6. ލަވް

    އަސްތާ މީ ފާލަމެއް ތަ؟
    ކީއްވެތަ އަހަންނަށް ނުފެންނަނީ ތިތަން؟

    8
    1
  7. މިިނިކާ ދައިތަ

    ނޭޅޭނެ ތިޔަ ބުރިޖެއް މިދައުރަކުއެއް

    14
    1
  8. އިބޫއަށް ނުވި ބުރިޖް

    ތިބުރިޖު މާފަންނުން ހެންވޭރަށް އަޅަންއުޅުންނަމަ ތިބައިމީހުންނަށް ކޮންމެސް ނަތީޖާއެއް ނެރެވުނީސްކަންނޭގެ

    13
    1
    • ލޮލް

      ތިޔަބުރިޖް އަޅަންވީ ޕީޕީއެމް ކޯލިޝަނުން ޑިމޮކްރެޓްސްއަށް ދެން ޑިމޮކްރެޓްސް އިން ޖޭޕީއަށް އަދި ޖޭޕީއިން އެމް އެންޕީއަށް. ޢަދި އެމްއާރުއެމް އަށްވެސް ގުޅާލާތި ދައުރު ނިމުމުގެކުރިން. ޢޭރުން މިސަރުކާރަށް ބުރިޖް އެޅޭނެކަމަށް މިބައިގަނޑު ގަބޫލުކުރާނީ.

  9. ކިޔު

    ވ ބިރުގަނޭ. އަދިވެސް މޫދުގަ ނެތްކަމެއް؟!

    14
  10. ފިނިހަކަ

    އެއީ ފްލޯޓިންގ ބުރިޖެއް އެހެންވީމާ ސަމާސާ ސަމާސާއައްއެތާކު ޑެގެއްނާޅާނެ ފެންނާނީ ކުއްލިއަކައް ބްރިޖް އެތާއޮއްވާ ފްލޯޓިންގ ހައުސް ފްލޯޓިންގ ބްރިޖް ފްލޯޓިންގ ހޮސްޕިޓަލް ސަރުކާރުވެސް ފްލޯޓިންގ

  11. ލޮލް

    މަ މިއަދުވެސް ތި ބްރިޖްގަ ވިލިނގިއްޔަށް ގޮސްފަ މިއައީ. ތަނބުތައް ވަރަށް ތިއްތި. ހަމަ އަސްލުހެން ހީވަނީ. ދެން ހީ ހީ

  12. Anonymous

    ތީ އިނޑިއާގަ ކޯރުތަށް މަތިން ދަތުރު ކުރަން ހަދާފަ ހުންނަ ކަހަލަ ކޮންކްރީޓް ގަނޑެއް. އިންޑިއާ މީހުން އެހެން ކަމަކާ އުޅުނީމަ މާ ތާހިރުވާނެ ދޯ..