ލ. ކުނަހަންދޫއާއި ހިތަދޫ ގުޅުވައިދޭ ކޯޒްވޭގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ސަރުކާރުން ފޮނުވި ޓީމު ހިތަދޫން ބާލައިފިއެވެ.

ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށްވާ އިރު ދައުރު ނިމެމުންދާ އިރު ވެސް އެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.

ހިތަދޫގެ ވަގުތަށް މައުލޫމާތު ދިން މީހަކު ބުނީ އެ މަސައްކަތް ކުރިއަށް ގެންދަން ހަތަރު ފަހަރު ޓީމުތައް ރަށަށް އައި ކަމަށެވެ.

އެހެންވެ މި ފަހަރު ޓީމު އައިސް ޕްރެޒެންޓޭޝަން ދީ ހެދުމާއެކު ރަށުގެ ރައްޔިތުން މާ ރުޅި ގަދަވީ ކަމަށް ބުންޏެވެ.

އަދި ރުޅި ގަދަވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެސް ވަރަށް ހުތުރުކޮށް އެއްޗެހި ގޮވާ ހެދި ކަމަށް ވެސް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަދި ކައުންސިލުން އެދިގެން ފުލުހުން އައިސް އެ ޓީމު ރަށުން ފުރުވާލީ ކަމަށް ވެސް އޭނާ ބުންޏެވެ.

ވަގުތަށް އެނގިފައިވާ ގޮތުގައި ކޯޒްވޭ ގުޅާލަން ހަދަަން ޖެހޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ވެސް އޮތީ ހަދާ ނިމިފައެވެ.

ނަމަވެސް އެ ކޯޒްވޭގެ މަސައްކަތެއް ނުފަށައެވެ.

ހިތަދޫ- ކުނަހަންދޫ ކޯޒްވޭ ގުޅާލަން ހިންގާ މަޝްރޫއުގެ އަގަކީ 75 މިލިއަން ރުފިޔާއެވެ. އެ ދެ ރަށް ގުޅާލަނީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަންދޫ ވެސް ގުޅުވާލައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހާ

    މުއްޔާ ނާލާފުއްޓާ ކޯޒުވޭއަކުން ގުޅާލުމަކީވެސް ރިޔާސީ ވަޢުދެއް، އެކަމަކު އަދިވެސް.މަސައްކަތް ނުފަށާ،
    މިފަހަރު ކެމްޕަޔަންގަވެސް ވީ ހަމަ އެ ވަޢުދު،

  2. ލޮލް

    ހިތަދޫއާއި ކުނަހަންދޫން އިބުރާހިމަށް މެޖޯރިޓީ ލިބޭނެ ކަމުގެ ފެހި ސިގުނަލް ތިފެންނަނީ.